ރާއްޖެއަށް އެތެރެކުރާ ބުއްފުޅިއާއި ބުއްފުޅީގެ ތުން ރަޖިސްޓަރީ ކުރުމަށް އަންގައިފި
ރާއްޖެއަށް އެތެރެކުރާ ބުއްފުޅިއާއި ބުއްފުޅީގެ ތުން ރަޖިސްޓަރީ ކުރުމަށް ރާއްޖެއަށް މުދާ އެތެރެކޮށް ވިއްކާ ފަރާތްތަކަށް (އިމްޕޯޓަރުންނަށް) އަންގައިފިއެވެ. އެމްއެފްޑީއޭ އިން މިއަދު ބުނީ ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުން ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގައި ބަޔާންކުރާ 'ކަނޑައެޅިފައިވާ އުފެއްދުންތައް' ދިވެހިރާއްޖެއަށް އެތެރެ ކުރުމަށް ހުއްދަ ދެމުންދަނީ އެ އޮތޯރިޓީގެ ދިރިތި ޕޯޓަލްގައި ރަޖިސްޓަރީ ކުރުމަށްފަހު ކަމަށެވެ. އެގޮތުން 2015 ވަނަ އަހަރުން ފެށިގެން މި ޤަވާޢިދުގައި […]