ސެޕްޓެމްބަރ 20, 2024 06:07

އަހަރުތަކަކަށްފަހު އަނެއްކާވެސް ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފަށަނީ

އެތަކެއް އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު ދިވެހިރާއްޖޭގައި އަނެއްކާވެސް ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމަށް ނިންމަވައި، އެކަމާ ގުޅޭގޮތުން ކުރަން ޖެހޭ މަސައްކަތްތައް ފައްޓަވާފައިވާކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ. ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ފައްޓަވަން ސަރުކާރުން ނިންމެވީ ހެލިކޮޕްޓަރު އުދުއްސުމުގެ ޚިދުމަތް ތައާރަފު ގުޅުމާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުނު ކަރުދާހާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހުއެވެ. މިކަން ހާމަކުރެއްވީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ޢަބްދުﷲ ނާޒިމެވެ. ނާޒީމް ވިދާޅުވީ […]

ރުހުން ނުދިނަސް އެވަޒީރުން އަލުން އައްޔަނު ކުރެވޭނެ، އެކަމެއް ނުހުއްޓުވޭނެ: އަބްދުއްރަހީމް

ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް މިއަދު ރުހުން ނުދިންނަމަވެސް, ހަމަ އެ ވަޒީރުން އެ މަގާމަށް އަލުން އައްޔަން ކުރުމުގެ ބާރު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަންނަވާ ކަމަށާއި އެކަން ނުހުއްޓުވޭނެ ކަމަށް ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ. ވަޒީރުންނަށް ރުހުން ނުދޭ މައްސަލައިގައި މަޖިލިސް ކުރިމަތީގައި ކުރަމުން އަންނަ މުޒާހަރާގައި ހުންނަވައިގެން އަބްދުއްރަހީމް ވިދާޅުވީ, އިދިކޮޅުން ކުރަމުން އަންނަނީ ވަރަށް ތާކުން ތާކު ނުޖެހޭ މަސައްކަތެއް ކަމަށެވެ. […]

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ފަސްމީހުން ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ފަސްމީހުން ހައްޔަރުކޮށްފިއެވެ. އެ ފަސްމީހުންގެ ތެރެއިން އެކަކު ހައްޔަރު ކޮށްފައިވަނީ މި ޖަނަވަރީ މަހުގެ 26 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ފ. ނިލަންދޫންނެވެ. ނިލަންދޫގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، ކޯޓުއަމުރެއްގެ ދަށުން ނިލަންދޫ ގެ އެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ […]

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ރަންވޭގެ މަސައްކަތް މާރިޗްމަހަށް ނިންމާލެވޭނެ

ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ކުރިއަށްދާނަމަ މާރޗްމަހުގެ ނިޔަލަށް ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ރަންވޭގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ރީޖަނަލް އެއަރޕޯޓްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު މުބީން ވިދާޅުވެއްޖެއެވެ. މުބީން މިހެން ވިދާޅުވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭގެ 1200 މީޓަރު ބޭނުންކުރަން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކައިގައެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ކުރަނީ 3 ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން މިއަދުވަނީ އެއަރޕޯޓުގެ 1200 މީޓަރު […]

މީހެއްގެ އެކައުންޓުން 39000 ރުފިޔާ ނަގާފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަނީ

މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުގައި ހުރި 39000 ރުފިޔާ ނަގާފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން ފަށައިފިއެވެ. ހޯދަމުންދަނީ އިންޑިއާ މީހެއް ކަމަށްވާ ސައި ތެޖާ މެދަރަމެޓްލާ އެވެ. ފުލުހުން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުގައި ހުރި 39000 ރުފިޔާ ނަގާފައިވާ މައްސަލައެއްގެ ތަހުގީގަށް އޭނާ ހާޒިރުކުރުމަށް ބޭނުންވެ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ. އެގޮތުން ޖިނާއީ މައްސަލަތައް […]

ފުލުހުންގެ ޚިދުމަތާމެދު އާންމުންގެ ޚިޔާލު ހޯދަން ދިރާސާއެއް ކުރަނީ

މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަމަކީ ކޮބައިތޯ ދެނެގަތުމަށް ފުލުހުންގެ ޚިދުމަތުން ދިރާސާއެއް ފަށައިފިއެވެ. މި ދިރާސާ ކުރިއަށްގެންދަނީ “ޕަބްލިކް ޕާސެކްޝަން ސާވޭ“ ގެ ނަމުގައެވެ. ފުލުހުން ބުނިގޮތުގައި މި ދިރާސާގެ މަގުސަދަކީ ފުލުހުންގެ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް, މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަމަކީ ކޮބައިތޯ ދެނެގަނެ, ފުލުހުންގެ ޚިދުމަތުގެ ކުރިއަށް އޮތް ފަސް އަހަރަށް އަމާޒުކޮށްގެން ތައްޔާރުކުރެވޭ ސްޓްރެޓެޖިކް ޕްލޭން ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމެވެ. ފުލުހުންގެ ސްޓްރެޓެޖީ ޕްލޭނިންގ […]

ފުވައްމުލަކުގައި މޫދަށް އެރި އުޅުނު ޒުވާނަކު ގެނބިގެން މަރުވެއްޖެ

ފުވައްމުލަކުގައި މޫދަށް އެރި އުޅުނު ޒުވާނަކު މިއަދު ގެނބިގެން މަރުވެއްޖެއެވެ. ފުލުހުން ބުނީ މިއަދު ހެނދުނު 7:30 ހާއިރު ފުވައްމުލަކުގައި މޫދަށް އެރި އުޅެނިކޮށް ގެނބިގެން މަރުވެފައި ވަނީ 23 އަހަރުގެ ދިވެއްސެއް ކަމަށެވެ. ފުވައްމުލަކު ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އޭނާ ހޮސްޕިޓަކަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މަރުވެ ކުނިވެފައި އޮތް މީހަކު މާލޭ ގެއެއްގެ ތެރެއިން ފެނިއްޖެ

މާލެއިން ގެއްލިގެން ހޯދަމުންދިޔަ މީހަކު މަރުވެފައި އޮތް ފެނިއްޖެއެވެ. ފުލުހުން ވިދާޅުވީ މަރުވެފައި އޮތް ފެނުނީ މާލެއަށް ޑޮކްޓަރަށް ދައްކަން އައިސް އުޅުނު 67 އަހަރު ދިވެހި ފިރިހެނެއް ކަމަށެވެ. އެ މީހާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ގެއްލިގެން ރިޕޯޓްކުރުމާއި ގުޅިގެން އެނާ ހުރި ގެއަށް ގޮސް ފުލުހުން ބެލިބެލުމުން ކަމަށެވެ. ފުލުހުން ބުބުނީ މި މީހާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 8:50 ހާއިރުކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮތް މީހާ […]

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy

Design By INCODE