ސެޕްޓެމްބަރ 20, 2024 00:04

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި މަދުވެގެން 62 ގޮނޑި ކާމިޔާބު ކުރާނަން: ރައީސް ޑރ މުއިއްޒު

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން މަދުވެގެން 62 ގޮނޑި ކާމިޔާބު ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޕީޕީއެމް/ޕީއެންސީ ގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާ ގޮތް ބެއްލެވުމަށް ހެންވޭރު ދަނޑަށް ވަޑައިގެން މީޑިއާތަކާ ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންގެ ތާއީދާއެކު ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ސުޕަރ މެޖޯރިޓީ ކާމިޔާބު ކުރައްވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ކޯލިޝަނުން މަސައްކަތް ކުރަނީ ގައުމާއި ރައްޔިތުންގެ ހައްގުތައް ކުރިއަށް ނެރެގެން، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ކަމަށެވެ. […]

މަޓާޓޯ ގެ ސީއީއޯގެ މަގާމަށް އާމިނަތު ސޫޒަން އައްޔަނު ކޮށްފި

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ސީއީއޯގެ މަގާމަށް އާމިނަތު ސޫޒަން އައްޔަންކޮށްފިއެވެ. މި މަގާމަށް އައްޔަނުވުމުގެ ކުރިން ސޫޒަން މީގެ ކުރިން ހުންނެވީ ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަައެވެ. ސޫޒަނަކީ ރާއްޖޭގެ ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) ގެ ފުރަތަމަ އަންހެން ބޯޑު މެންބަރުކަމުގެ ލަގަބުވެސް ހާސިލުކުރައްވާފައިވާ ފަރާތެއް ކަމަށެވެ. ހަމަމިއާއެކު، ނެޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވްސް އެމްޕްލޯޔާސް (އެފްއެފްއެމްއީ)ގެ […]

ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގެ ވޯޓުލާ ބައެއް މަރުކަޒުތަކުގައި ހަމަނުޖެހުންތަކެއް ހިނގައިފި

މިއަދު ކުރިއަށްދާ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ މަޖިލިސް އިންތިހާބުގެ ޕްރައިމަރީގައި ހެންވޭރުގެ ވޯޓުލާ މަރުކަޒުތަކުގައި ހަމަނުޖެހުން ހިނގައިފިއެވެ. ހެންވޭރު ދާއިރާގެ ފޮށިތަކުގައި މައްސަލަ ޖެހިފައިވަނީ ވޯޓުލާ ލިސްޓުގައި ނަން އޮތް ބައެއް މީހުންގެ ނަންތައް އެންމެ ފަހު ވަގުތު އުނިކޮށްފައިވާކަމަށް ބުނެއެވެ. ސޯޝަލް މީޑީއާގައި އާއްމުވެފައިވާ ވީޑިއޯތަކުން ފެން ގޮތުގައި، މައްސަލަ ހޫނުވެ، ޒުވާބުކޮށް އެކަކު އަނެކަކު ގަޔަށް ވަނީ އަތްލާފައެވެ. މި ހަމަނުޖެހުން ހައްލުކުރުމަށް ފުލުހުންވެސް ވަނީ ހަރަކާތްތެރިވެފައެވެ. މި ހަމަނުޖެހުމުގެ ތެރޭގައި ވޯޓު ފޮށްޓެއްވެސް ވަނީ […]

ހަށިވިއްކަމުންދިޔަ ބިދޭސީ އަންހެނަކު، ހައްޔަރުކޮށްފި

ހަށިވިއްކަމުން ދިޔަ ބިދޭސީ އަންހެނަކު މާލެއިން ހައްޔަރުކޮށްފިއެވެ. މިކަން ހާމަކޮށް ފުލުހުން ބުނީ ހަށި ވިއްކާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި މަހުގެ 25 ވަނަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ވިއެޓްނާމަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ އަންހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި އޭނާގެ ބަންދަށް އެ ކޯޓުން ވަނީ ފަސް […]

ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ އަމާންކަމާއެކު ގެންދިޔުމަށް އީސީ އިލްތިމާސްކޮށްފި

މިއަދު ކުުރިޔަށްދާ ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް، އިންތިހާބަކީ، މިނިވަންކަމާއި، އިންސާފުވެރިކަމާއެކު ބޭއްވޭ ދެފުށް ފެންނަ އިންތިޚާބަކަށް ހެއްދެވުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސް ކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބު ކުރެއްވި އެކްސް ޕޯސްޓިގައި ވިދާޅުވީ، މިއިން ތިޚާބުގައި ކެންޑިޑޭޓުންނާއި ވޯޓުލާމީހުންގެ ޙައްޤުތައް ރައްކާތެރިކޮށް، އަމާންކަމާއި އޮމާންކަމާއެކު އިންތިޚާބުގެ ހުރިހާ ކަމެއް ގެންދެވުމަށް އިލެކްޝަންސް ކޮމިޝަނުން އެދޭކަމުގައެވެ. މިއަދު ކުރިޔަށްދާ ޕްރައިމަރީއަކީ އޮމާންކަމާއެކު ކުރިޔަށްދާ ޕްރައިމަރީއަކަށް ހެދުމަށް އިލެކްޝަންސްއިން […]

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy

Design By INCODE