ސެޕްޓެމްބަރ 19, 2024 23:48

މާވަށު ޓީމްގެ ހިތްވަރަކަށް ބަދަލެއްނާދޭ، ދެން ނިކުންނާނީ ގަދަކޮށް!

މިމަހު 21 ވަނަ ދުވަހު ކުޅުނު ލ. މާވަށު ޓީމްގެ ދެވަނަ މެޗުގައި އެއަތޮޅު ގަމު ފުޓްސަލް ޓީމް އަތުން ވަނީ ބަލިވެފައެވެ. ނަމަވެސް މާވަށު ޓީމްގެ ދެވަނަ މެޗަށް ގަމާއި ދެކޮޅަށް ނިކުތްއިރު އެ ޓީމްގެ ފުރަތަމަ މެޗުން ވަނީ މޮޅުވެފައިއެވެ. ގަމާއި ދެކޮޅަށް ޓީމް ނިކުތްއިރު އެންމެ މުހިންމު އެއްކުޅުންތެރިޔާ ޓީމްގެ އެންމެ ތަޖުރިބާކާރު ފޯވަޑް ހުރީ އިންޖަރީގައިއެވެ. ގަމާއި ދެކޮޅަށް ނިކުތްއިރު ފުރަތަމަ މެޗުގެ ވަރުބަލިކަން ކުޅުންތެރިންގެ ކިބައިން ފެނިގެންދިޔަކަމަށް ކޯޗް އައްޔަ ފާހަގަކުރައްވާފައިވެއެވެ. ގަމުގެ […]

ޒަކާތު ހައުސް ވެބްސައިޓް ލޯންޗްކޮށްފި

ދިވެހިރާއްޖޭގެ ޒަކާތު ހައުސް ވެބްސައިޓް ލޯންޗްކޮށްފިއެވެ. މި ވެބްސައިޓް ލޯންޗްކޮށްދެއްވީ އިސްލާމީ މަރުކަޒުގެ އިސް އިމާމް ޝައިހް މުހައްމަދު ލަތީފްއެވެ. ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިފްތިތާހުކޮށްދެއްވީ މިމަހުގެ 2 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. "ދިވެހިރާއްޖޭގެ ޒަކާތު ހައުސް" އަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން އުފެއްދެވި އިދާރާއެކެވެ. އެމަނިކުފާނު މި އިދާރާ އުފެއްދެވީ 18 ޑިސެމްބަރު 2023 ގައެވެ. މިއީ އިސްލާމީ ކަންތައްތަކާ ބެހޭ […]

ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަނީ

ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި ފުލުހުން އިއުލާނު ކޮށްފިއެވެ. ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ޢަބްދުﷲ އަޝްރަފް، ތ. ތިމަރަފުށި / ގުލްބަކާވިލާ، (38އ) އައިޑީ ކާޑު ނަންބަރު: A266265 ހާޒިރުކުރެވޭ […]

މަކަރާއި ހީލަތުގެ މައްސަލައެއްގެ ދެމީހަކު ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފި

ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ދެމީހަކު ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާން ކޮށްފިއެވެ. ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ޢަބްދުލް ޤާދިރު، ށ. ފޭދޫ / ކަސްތޫރިމާގެ، (54އ) އައިޑީ ކާޑު ނަންބަރު: A069411 […]

އަހާ ގެ ނަމުގައި ވަޒީރުންގެ ފުރަތަމަ ފޯރަމް މިރޭ ބާއްވަނީ

ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވާ ވަޒީރުންގެ ފުރަތަމަ ޕަބްލިކް ފޯރަމް، މިރޭ ބޭއްވުމަށް ނިންމައިފިއެވެ. މި ފޯރަމް ކުރިއަށް ގެންދަނީ ރައީސްގެ އޮފީހާއި ޕަބްލިކް ސަވިސް މީޑިއާ، ޕީއެސްއެމް ގުޅިގެންނެވެ. ޕީއެސްއެމް ބުނީ އެ ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެރޭ 8:30 ގައި ފެށުމަށް ހަމަޖެހިފައިވާ އެ ފޯރަމްގެ ފުރަތަމަ ބައްދަލުވުމުގައި ފަސް ވަޒީރަކު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. "އަހާ"ގެ ނަމުގައި ދެ ގަޑިއިރަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނީ 1- […]

ކަނޑިންމަ ރިސޯޓުން ފެނުނު ކިނބޫ އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް

ދ.އަތޮޅު ކަނޑިންމަ ރިސޯޓުގެ ފުއްޓަރު ކައިރިން ފެނުނު 9 ފޫޓުގެ ދިގުމިން ހުރި ކިނބޫ އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް ލިބިފައިވަނީ ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން މިއަދު ހަވީރު 16:08 ހާއިރުކަމަށެވެ. އަދި މި ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން ހާބަރ ކްރާފްޓްގައި އެ ސަރަހަށްދަށް ގޮސް އެ ކިނބޫ ހިފައި، […]

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy

Design By INCODE