ސެޕްޓެމްބަރ 20, 2024 05:49

ހޯއްގޮވާކެއްސުމުން ރައްކާތެރިވުމަށް ވެކްސިން ޑޯޒްތައް ފުރިހަމަކުރަން އެޗްޕީއޭގެ އިލްތިމާސް

ހޯއްގޮވާ ކެއްސުން ނުވަތަ ޕަރޓޫސިސްގެ ކޭސްތަކެއް ފެނިފައިވާތީ ވީހާވެސް އަވަހަށް އެ ބައްޔަށް ދޭ ވެކްސިން ޑޯޒްތައް ފުރިހަމަކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކުރައްވައިފިއެވެ. ހޯއްގޮވާ ކެއްސުމަކީ ރާއްޖޭގައި ކޮންޓްރޯލް ކުރެވިފައިވާ ބައްޔެއްނަމަވެސް، މިމަހު 3 ކުޑަކުއްޖަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވީ ހޯއްގޮވާ ކެއްސުމުން ރައްކާތެރިކުރުމަށް ރާއްޖޭގައި ޤަވާއިދުން ވެކްސިން ދެމުންދާތީ މިއީ ކޮންޓްރޯލްކުރެވިފައިވާ ބައްޔެއްކަމަށް ރާއްޖެއިން ކަނޑައަޅާފައިވާކަމަށެވެ. ނަމަވެސް ބަލީގެ ކޭސްތައް ރާއްޖޭގައި މަދުންނަމަވެސް ފެންނަމުންދާކަމަށާއި، އެގޮތުން މިމަހު […]

ރާއްޖޭގައި ނައްތާލާފައިވާ ހޯއްގޮވާ ކެއްސުން ބައްޔަށް ތިން ކުއްޖަކު ޕޮޒިޓިވް ވެއްޖެ

ރާއްޖޭގައި ނައްތާލާފައިވާ ބައްްޔެއް ކަމަށް ވާ ހޯއްގޮވާ ކެއްސުން (ޕާޓޫސިސް) އަށް ރާއްޖޭގެ ދެކުނުން ތިން ކުއްޖަކު ޕޮޒިޓިވް ވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ބަލި ފެނިފައިވަނީ ގއ. ވިލިނގިލިން ކަމަށެވެ. މި ބައްޔަށް ޕޮޒިޓިވް ވި ކޭސްތަކާ ގުޅިގެން މިހާތަނަށް އައިޖީއެމްއެޗް އާއި ގއ. އަތޮޅު ހޮސްޕިޓަލުން ގުޅިގެން ޕޮޒިޓިވްވެފައިވާ ކޭސްތަކުގެ ކޮންތެކްޓް ޓްރޭސިން ހެދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ބައްޔަށް ޕޮޒިޓިވްވެފައިވާ ކުދިންގެ ކޮންޓެކްޓުންގެ ތެރޭގައި […]

ކަޅުއޮށްފުންމި މާލެގެނެސް ޒިޔާރާތް ކުރެވޭނެހެން ހުޅުވަން ނިންމައިފި

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން، ކަޅުއޮށްފުންމި މާލެ ގެނައުމުގެ މަސައްކަތްފަށާ އާންމުންނަށް ޒިޔާރާތް ކުރެވޭނެހެން ހުޅުވަން ނިންމައިފިއެވެ. އެ ވުޒާރާއިން ބުނި ގޮތުގައި ކަޅުއޮށްފުންމި ބާއްވާނެ އޮޑި ހަރުގެ އަޅަން ނިންމާފައިވަނީ މިހާރު ކަޅުވަކަރު މިސްކިތް ހުރި މައިދާނުގައެވެ. ކަޅުއޮށްފުންމިއަކީ މީލާދުން 1558ވަނަ އަހަރު ރާއްޖޭގައި ރަސްކަންކުރެއްވި އަލިރަސްގެފާނު ޝަހީދުކޮށްލުމަށް ފަހު، ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރުމުން އެމީހުންގެ އަތުން ރާއްޖެ މިނިވަންކުރެއްވުމަށް ޓަކައި އުތީމު މަހާރަދުން ބެންނެވި އޮޑިކޮޅެވެ. ކަޅުއޮށްފުންމީގެ ނަކަލު ބަނދެފައިވަނީ ދިވެހިރާއްޖޭގެ މިނިވަންކަމަށް […]

ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ރީ-ރެޖިސްޓްރޭޝަނަށް ފޯމު ގަނޑުކޮށް ނުލެވޭނެ، ބަލައިގަންނާނީ އޮންލައިންކޮށް!

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ރީ-ރެޖިސްޓްރޭޝަނަށް ފޯމު ގަނޑުކޮށް ހުށަހެމުގެ ފުރުސަތު ސިޔާސީ ޕާޓީތަކަށް ނުލިބޭނެކަމަށާއި، ފޯމު ބަލައިގަންނާނީ އޮންލައިން ކޮށް ކަމަށް އިލެކްޝަން ކޮމިޝަންސް (އީސީ) އިން ބުނެފިއެވެ. އީސީން މިއަދު ބޭއްވި ބައްދަލުވުމުގައި، ކޮމިޝަނުގެ މެންބަރު މުހައްމަދު ނަޝާތު ވިދާޅުވީ، ކޮމިޝަނުގެ އަމާޒު ހުރީ ކަރުދާސް ފޯމު ބޭނުންކުރުން ހުއްޓާލަން ކަމަށާއި އެހެންކަމުން މަޖިލީސް އިންތިހާބުގައި ރީ-ރަޖިސްޓްރީ ކުރަން ޖެހޭނީ އޮންލައިންކޮށް ކަމަށެވެ. އަދި މަޖިލިސް އިންތިޚާބުގައި ރީ-ރެޖިސްޓްރީ ވާނޭ އަދަދުކަމަށް ބެލެވެނީ […]

މާލޭގައި އެއްގަމު އުޅަނދު ދުއްވޭނެ މިންވަރު ކަނޑައަޅަން ނިންމައިފި

މާލޭގައި އެއްގަމު އުޅަނދު ދުއްވޭނެ މިންވަރު ކުރިޔަށް އޮތް 6 މަސް ތެރޭގައި ކަނޑައަޅާނެ ކަމުގައި މާލޭގެ އައު މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. މާލޭގެ މޭޔަރުކަމުގެ ގާނޫނީ ހުވާ ރޭ ކުރެއްވުމަށްފަހު، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާދަމް އާޒިމް ވިދާޅުވީ މާލޭގެ ޓްރެފިކްގެ މައްސަލަ ހައްކުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ މާލޭގެ ވެހިކަލް ޕޮޕިއުލޭޝަންއެއް ކުރިޔަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ކަނޑައަޅާނެ ކަމުގައެވެ. އަޅުގަނޑު ވިސްނާފައި […]

ހުޅުމާލޭގައި ސްކޫލެއް ތަރައްގީ ކުރުމަށް އަލް މަދީނާ އިންވެސްޓްމަންޓަށް!

އިސްލާމީ ތައުލީމު ދޭ ސްކޫލެއް ހުޅުމާލޭގައި ތަރައްގީ ކުރުމަށް މަދީނާ އިންވެސްޓްމަންޓާއި ހަވާލުކޮށްފިއެވެ. އަލް މަދީނާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްއާއިއެކު ހުޅުމާލޭގައި އިސްލާމީ ތައުލީމު ކިޔަވާދޭ ސްކޫލެއް ތަރައްގީކުރުމަށް އެއްބަސްވުމެއްގައި މިއަދު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ. އަދި އަލް މަދީނާ އިންވެސްޓްމެންޓް ގެ ފަރާތުންސޮއިކުރެއްވީއެ ކުންފުނީގެ ސީއީއޯ އަލީ އަހްސަނެވެ. މި އެއްބަސްވުމުގެ ދަށުން ސްކޫލުގެ ތަރައްގީ ކުރެވިގެންދާއިރު، ހުޅުމާލެ ރެޑްވޭވް ސިޓީ ސްކޮއަރ ކައިރީގައިހުންނަ ވަގުތީ މިސްކިތް ވެސް މަދީނާ އިންވެސްޓްމަންޓުން ތަރައްގީ […]

ޑިންގީއެއް ބަންޑުން ޖަހާލައި ކަނޑުވި ދެ މީހުން ސަލާމަތްކޮށްފި

ށ. މިލަންދޫން ފުރައިގެން ހދ. ކުޅުދުއްފުއްޓަށް ދަތުރު ކުރި ޑިންގީއެއް ބަންޑުން ޖަހާލައި ކަނޑުވި ދެ މީހުން ރޭ ސަލާމަތްކޮށްފިއެވެ. އެމްއެންޑީއެފުން ބުނީ މިލަންދޫން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރު ކުރަމުން ދިޔަ ޑިންގީއެއް ބަންޑުން ޖަހާލައިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށާފައި ވަނީ ރޭ 10:23 ގައި ކަމަށެވެ. ށ. ފޯކައިދޫ ކައިރިން ބަންޑުން ޖަހާލި ޑިންގީން ކަނޑުވި ދެ މީހުން ވެސް ފެނިފައިވާ ކަމަށާއި އެމީހުންގެ ހާލު […]

މާލެސިޓީގެ މޭޔަރާއި ކައުންސިލަށް އިންތިހާބުވި މެންބަރުން ހުވާ ކުރައްވައިފި

މާލޭގެ އިންތިހާބީމޭޔަރު އާދަމް އާޒިމާއި މާލެ ސިޓީ ކައުންސިލްގެ އިންތިހާބީ ތިން ކައުންސިލަރުން ހުވާ ކުރައްވައިފިއެވެ. ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި މޭޔަރާއި ތިން ކައުންސިލަރުންނަށް ހުވައިލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމާއި ސަރުކާރުގެ ބައެއް ވަޒީރުންނާއި އެކިއެކި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ބައެއް ސިޔާސީ ޕާޓީތަކުގެ ވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ދައުވަތު ދީގެން ގިނަ ބަޔަކު […]

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy

Design By INCODE