ސެޕްޓެމްބަރ 20, 2024 04:12

ފިޓްނަސް މެނޭޖްމަންޓް ޓްރެއިނިންގ ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހި ފުލުހުންގެ ޚިދުމަތާއި އިންޑިއާގެ ސަރުދާރު ވައްލަބައި ޕަޓެލް ނެޝަނަލް ޕޮލިސް އެކަޑަމީ ގުޅިގެން ކުރިއަށް ގެންދިޔަ ފިޓްނަސް މެނޭޖްމަންޓް ޓްރެއިނިންގ ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މިކަމަށްޓަކައި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ޖަނަވަރީ 19 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ޓްރެއިނިންގ އެންޑް އެޑިއުކޭޝަން ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ސަބާޙްއެވެ. މި ރަސްމިއްޔާތުގައި ނެޝަނަލް ކޮލެޖް […]

ރައީސް، އެމެރިކާގެ އިންޑޯ-ޕެސިފިކް ކޮމާންޑުގެ ކޮމާންޑަރާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެމެރިކާގެ އިންޑޯ-ޕެސިފިކް ކޮމާންޑުގެ ކޮމާންޑަރ އެޑްމިރަލް ޖޯން އެކުއިލީނޯއާ މިއަދު ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި އެމެރިކާގެ އިންޑޯ-ޕެސިފިކް ކޮމާންޑުގެ ކޮމާންޑަރ ވަނީ ރައީސުލްޖުމްހޫރިއްޔާ މަގާމާ ހަވާލުވެވަޑައިގެންނެވުމާ ގުޅިގެން އެކަމަށްޓަކައި މަރުޙަބާ ވިދާޅުވެ، ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު އޮންނަ ޒަމާންވީ ގާތްގުޅުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަސީލަތްތައް ބިނާކުރުމާއި އަދި ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ބޭފުޅުން ތަމްރީނުކުރުމަށް އެމެރިކާ ސަރުކާރުން ވެދެއްވާ އެހީތެރިކަން […]

ފުވައްމުލަކު ސިޓީ އެކްސިޑެންޓް: ހާލު ދެރަވި މީހާ ވެންޓިލޭޓަރުގައި

ފުވައްމުލަކު ސިޓީގައި ސައިކަލު އެކްސިޑެންޓުގައި ހާލުދެރަވި މީހާ މާލެ ގެނެސް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި ކަަމަށް އައިޖީއެމްއެޗް އިން ވިދާޅުވެއްޖެއެވެ. މިއެކްސިޑެންޓްވީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް، ފާރެއްގައި ޖެހިފައެވެ. މި އެކްސިޑެންޓްގައިި އަނިޔާވެފައި ވަނީ 30 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނައީ ރޭގެ ވަގުތެއްގައެވެ. ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗުގެ ވެންޓިލޭޓަރގައެވެ. މި އެކްސިޑެންޓް ހިނގީ، އެ […]

ނުހިއްކާ އޮތް ބިމުން ގޯތިލިބުނު މީހުންނަށް ރަޖިސްޓްރީ ލިބޭނެކަމުގެ ލިޔުމެއްދޭން ނިންމައިފި

މިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިއްކަން ފަށައި، ނުހިއްކި އޮތް ބިމުން ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ލިބޭނެ ކަމުގެ ލިޔުމެއް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. "މާލެ ބިންވެރިންގެ ސައްލާ" ނަމުގައި ރޭ ސަލްޓަން ޕާކްގައި ބޭއްވި ބައްދަލުވުމުގައި މާލެ ރަށްވެހިންގެ ޖަމިއްޔާ އާއި ހުޅުމާލޭ ރައްޔިތުންގެ ކޮމިޓީ އާއި ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަނާއި ގިރާވަރު މާލެ ސިޓިޒަން އެސޯސިއޭޝަނުން ކަނޑައަޅާފައިވާ މަންދޫބު ސުނާދު ލަތީފު ވަނީ ރައީސް މުއިއްޒާއެކު […]

ބަލިމީހަކު ގެންނަން ޖެހުމުން އާސަންދަފަދަ ކަންކަން ހަމަޖެހެންދެން މަޑުނުކުރަން ރައީސް އެދިވަޑައިގެންފި

ވައިގެ މަގުން ބަލި މީހަކު ގެނެސްދޭންޖެހޭ އެއްވެސް ޙާލަތެއްގައި، އާސަންދަ ފަދަ އިދާރާތަކުން ކަންކަން ހަމަޖެހެންދެން މަޑުނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ. ރައީސް މިކަމަށް އެދިވަޑައިގެންނެވީ ގއ. ވިލިނގިލިން ހާލު ދެރަވެގެން މާލެ ނުގެނެވި ލަސްވި ކުޑަ ކުއްޖަކު ނިޔާވި މައްސަލައާ ގުޅިގެންނެވެ. އުމުރުން 13 އަހަރުގެ މުޙައްމަދު ޖާހު ޚާލިދު ނިޔާވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އައިޖީއެމްއެޗް ހޮސްޕިޓަލަށެވެ. އެ ކުއްޖާގެ ހާލު ދެރަވެގެން މާލެ ގެންދަން ޑޮކްޓަރުން ލަފާދިން ނަމަވެސް ފުރުމުގެ […]

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy

Design By INCODE