ސެޕްޓެމްބަރ 20, 2024 00:02

ފައިޞަލް ނަސީމް ޖޭޕީން ވަކިވެވަޑައިގެންފި

ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފިއެވެ. ފައިޞަލް އެޕާޓީން ވަކިވުމަށް ސިޓީ ފޮނުވާފައިވާކަން ޖޭޕީން ވަނީ ކަށަވަރު ކޮށްދީފައެވެ. 2018 އަހަރުގެ ނޮވެމްބަރ 17 ގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ހުވައި ކުރެއްވި ފައިޞަލް އެ މަގާމަށް ވަޑައިގެންނެވީ ޖޭޕީގެ ޓިކެޓެއްގައެވެ. ނައިބުރައީސް ކަމުގައި ގިނަ ބައެއްގެ ތާއީދު ހޯއްދެވި ފައިޞަލް މީގެކުރިންވަނީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާފައެވެ. ފައިޞަލް ޖޭޕީއިން ވަކިވެވަޑައިގެންފައި މިވަނީ 16 އަހަރު އެ ޕާޓީގައި […]

ފަރުކޮޅުފުށީގައި ބުޅާ ފެސިލިޓީ ހަދަން ނިންމައިފި

ފަރުކޮޅުފުށީގައި ބުޅާ ފެސިލިޓީ ހެދުމަށް ސަރުކާރުން ނިންމައިފިއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމި ކަންކަމުގެ މައުލޫމާތު ހިއްސާކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ސިޓީސް، ލޯކަލް ގަވަމެންޓު އެންޑް ޕަބްލިކްސް ވޯކްސް މިނިސްޓްރީގެ ފަރާތުން ވަނީ މާލޭގެ މަގުތަކުގައި ބުޅާ ގިނަވަމުންދާތީ، އެކަން ހައްލު ކުރުމަށް، ޕެޓް ކެއާ ފެސިލިޓީއެއް ގާއިމުކުރުމަށް ކެބިނެޓަށް […]

ވެމްކޯ ޓްރާންސްފަރ ސްޓޭޝަންތަކުން ނަގާ ފީ ކުޑަކުރުމުގެ މަސައްކަތް ފަށައިފި

ވެމްކޯގެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުން ނަގަމުން އަންނަ ފީ ކުޑަކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ފައްޓަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުން މިހާރު ނަގަމުން އަންނަ ފީ ކުޑަކޮށް، މިއަށްވުރެ ހެޔޮ އަގެއްގައި މި ހިދުމަތް ލިބޭނެ ގޮތް ހެދުމަށްޓަކައި އިކޮނޮމިކް ކައުންސިލަށް ހުށަހަޅާފައިވާކަމަށެވެ. ނާޒިމް ވިދާޅުވީ މިހާރު ނަގަމުން އަންނަ ފީ މުރާޖައާކުރެއްވުމަށް އެންވަޔަރަމަންޓް މިނިސްޓްރީއާއި ވެމްކޯއިން […]

ދޮށީއުމުރުގެ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީދަފުތަރެއް އެކުލަވާލަނީ

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ދޮށީ އުމުރުގެ މީހުންގެ ގައުމީ ދަފްތަރެއް އެކުލަވާލުމަށް ހާއްސަ ދިރާސާއެއް ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލިހުން ނިންމަވައިފިއެވެ. މިނިންމުން އާންމުކޮށް ހާމަކޮށްދެއްވީ ވަޒީރުންގެ މަޖިލިހުގެ ނިންމެވުންތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި، ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް އިބްރާހީމެވެ. ނާޒިމް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ދޮށީ އުމުރުގެ މީހުންގެ ގައުމީ ދަފްތަރެއް އެކުލަވާލުމަށް ހާއްސަ ދިރާސާއެއް ކުރިއަށް […]

އެސްޓީއޯ ފިއުލްފާމް، ފުނަދޫއިން މާގިރިފަޅަށް ބަދަލުކުރަން ނިންމައިފި

މާލެ އަތޮޅު ފުނަދޫގައި ގާއިމުކޮށްފައިވާ، ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަންގެ ފިއުލް ފާމް ކ. މާގިރިފަޅަށް ބަދަލު ކުރަން ނިންމާފައިވާކަން ސަރުކާރުން އިއުލާން ކޮށްފިއެވެ. މިކަން ހާމަ ކުރައްވާފައިވަނީ ވަޒީރުންގެ މަޖިލީހުގެ އަދާހަމަ ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުالله ނާޒިމެވެ. އެގޮތުން ނާޒިމް ވިދާޅުވީ މާލެއަތޮޅު ފުނަދޫގައި ގާއިމުކޮށްފައިވާ ފިއުލް ފާރމް އެހެންތަނަކަށް ބަދަލު ކުރުމާ ގުޅޭގޮތުން، ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން ހުށަހަޅާފައިވާ ގޮތްތަކެއް ނިންމުމަށް، އިކޮނޮމިކް ކައުންސިލުން މަޝްވަރާ […]

އިއްޔެއިން ފެށިގެން ރާއްޖޭގެ ވައި ސާފުވެއްޖެ: މޫސުމާ ބެހޭ ގައުމީއިދާރާ

އިއްޔެއިން ފެށިގެން ރާއްޖޭގެ ވައި ސާފު ވެފައިވާ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ވިދާޅުވެއްޖެއެވެ. އެ އިދާރާ އިން "ވަގުތު" އަށް މައުލޫމާތުދެމުން ވިދާޅުވީ ރާއްޖޭގެ ވައި މިހާރު ސާފު ވެފައިވާ ކަމަށެވެ. ރާއްޖޭގެ އުތުރާއި މެދު ރާއްޖެ ތެރޭގައި ސިއްހަތަށް ގެއްލުންވާ ވަރަށް ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މީގެ ފަސް ދުވަސްކުރިން އިލްތިމާސް ކޮށްފައެވެ. ވައިގެ ކޮލިޓީ ބެލުމަށް ހަދާފައިވާ ވެބްސައިޓް […]

ރައީސް، "މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ" އުފައްދަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، "މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ" މިއަދު އުފައްދަވައިފިއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، އުފެއްދެވި މި އިދާރާއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ. ރައީސް އޮފީހުން މިއަދު ނެރުއްވި ދެންނެވުމުގައި ވާގޮތުން ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީއަށް ލިޔުއްވާ ސިޓީގައި […]

މާވަށު ޓީމްގެ ދެވަނަ މެޗް މިރޭ، ބައްދަލު ކުރަނީ ވަރުގަދަ ގަމާ!

މާވަށު ފުޓްސަލް ޓީމްގެ ދެވަނަ މެޗް މިރޭ 23:00 ގައި ފެށުމަށްވަނީ ހަމަޖެހިފައެވެ. މި މެޗް ކުޅުން ކުރިޔަށްދާނީ ރެހެންދީ ފުޓްސަލް ދަނޑުގެ ޓަރފް 1 ގައެވެ. މާވަށު ޓީމް މިރޭ ކުޅުމަށް ނިކުންނައިރު އެ ޓީމްގެ ފުރަތަމަ މެޗުން ވަނީ ކަޅައިދޫ ކައިރިން ކުރިހޯދާފައެވެ. މިރޭ މެޗް ކުޅުމަށް ނިކުންނައިރު ފުރަތަމަ މެޗުން މޮޅުވެ ލިބުނު ހިންހަމަޖެހުން އޮތްކަން ފާހަގަކޮށްލަމެވެ. ނަމަވެސް މިރޭ މާވަށު ޓީމް ކުޅެން ނިކުންނަނީ އެ ސަރަހައްދުގެ ގަދަ ބާރެއްކަމުގައިވާ ގަމު […]

ހުވަދޫ ސުކޫލުގައި ހަނގާ ކުރި މައްސަލަ އެޑިއުކޭޝަނުން ބަލަނީ، ކުއްޖާއަށް ރައްކާތެރިކަން ދީފި!

ގދ. ފަރެސްމާތޮޑާގައި ހުންނަ ހުވަދޫ ސްކޫލުގެ ދަރިވަރަކަށް މި ދިޔަ ބުރާސްފަތި ދުވަހު ހަނގާކުރިކަމުގެ މައްސަލައެއް ފެންމަތިވުމާ ގުޅިގެން އެ މައްސަލަ ބަލަމުން އަންނަކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން މިއަދު ބުނެފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަނިޔާގެ ޝިކާރައަކަށްވި ކުއްޖާއަށް މިހާރު ދޭންޖެހޭ ފުރިހަމަ ރައްކާތެރިކަން ދީފައި ވާކަމަށެވެ. މިދިޔަ ހޯމަ ދުވަހު މި ކުއްޖާގެ ގައިގައި ގޮނޑިންނާއި މޭޒުން ޖަހައި ވަރަށް ބޮޑަށް އަނިޔާކޮށްފައި ވުމުގެ ސަބަބުން ކަރާ ދިމާއިން ކަށިގަނޑެއް ބިނދިފައި ވާކަމަށްބުނެ ސޯޝަލް މީޑީއާގައި ދައުރުވާން […]

އިމަރޖެންސީގައި މާލެ ގެނައި ކުއްޖާ ނިޔާވި މައްސަލައިގައި އިންކުއަރީއެއް ހިންގަނީ: މަޖިލިސް

މިދިޔަ ބުރާސްފަތި ދުވަހު ގއ. ވިލިގިލިން އިތުރު ފަރުވާ އަށް މާލެ ގެނައުމަށް ގިނަ ވަގުތު ނެގި އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާ ނިޔާވި މައްސަލައިގައި ކަމާއި ގުޅުން ހުރި މުއައްސަސާތަކުގެ ވެރިން ހާޒިރުކޮށް، އިންކުއަރީއެއް ހިންގުމަށް ރައްޔިތުންގެ މަޖިލިހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމަކުން މިއަދު ނިންމައިފި އެވެ. ގއ. ވިލިގިލީގައި ހާލު ދެރަވެ، ބުދަ ދުވަހުގެ ރޭ ވިލިގިލި ހޮސްޕިޓަލުން ވެންޓިލޭޓަރަށް ލީ ކުއްޖާ މާލެ ގެނެވޭ ވަރުވީ ޖެހިގެން […]

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy

Design By INCODE