ސެޕްޓެމްބަރ 20, 2024 04:22

ޑައިވިނަށް ދިޔަ ފަތުރުވެރިއަކަށް ދޯންޏެއްގެ ބުރަފަތިން ޖެހި ސީރިއަސް އަނިޔާތަކެއް ވެއްޖެ

ހުޅުމާލެއާއި ދިމާލު ބޭރުގައި އޮންނަ ޑައިވިން ޕޮއިންޓަށް ގޮސް އުޅުނު ފަތުރުވެރިއަކަށް، ޑައިވުން މައްޗަށް އެރި ވަގުތު ޑައިވިން ދޯނީގެ ބުރަފަތީގައި ޖެހި ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ. ފުލުހުން ބުނީ އަނިޔާވެފައިވާކަމުގެ މަޢުލޫމާތު ހެނދުނު 08:30 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ އެމެރިކާގެ އުމުރުން 63 އަހަރުގެ އަންހެން ފަތުރުވެރިއަކަށް ކަމަށް ފުލުހުން ބުންޏެވެ. އެމީހާގެ ފައިގެ ކަކުލުން ތިރި ވަނީ އެއްކޮށް ބުރިވެފައިކަމަށާއި، ޓްރީޓޮޕް ހޮސްޕިޓަލުގައި އެ މީހާއަށް ފަރުވާދެމުން […]

ހާލުދެރަވެގެން، ގއ ވިލިނގިލިން މާލެ ނުގެނެވި ލަސްވި ކުއްޖާ ނިޔާވެއްޖެ

ގއ. ވިލިނގިލިން ހާލު ދެރަވެގެން މާލެ ނުގެނެވި ލަސްވި ކުޑަކުއްޖާ މަރުވެއްޖެއެވެ. މިދިޔަ ބުރާސްފަތި ދުވަހު އެ ކުއްޖާގެ ހާލު ދެރަވެގެން މާލެ ނުގެނެވި ގިނައިރުވުމާ ގުޅިގެން ގިނަ ބަޔަކު އެ ރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލު ކައިރީގައި އިހުތިޖާޖުވެސް ކޮށްފައި ވެއެވެ. އެގޮތުން ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތް ދިނުން ލަސްކަމަށް ބުނެ، އެރަށުގެ ރައްޔިތުން ނުކުމެ، މުޒާހިރާކޮށް، ގއ. އަތޮޅު ހޮސްޕިޓަލުގެ ނަން ބޯޑުގެ މަތީގައި ކަރުދާހުން އާ ނަން ބޯޑެއްވެސް […]

މަޖިލިސް އިންތިހާބު: ވޯޓާސް ލިސްޓަށް އިއްޔެގެ ނިޔަލަށް 325 ޝަކުވާ!

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ވޯޓާސް ލިސްޓަށް އިއްޔެގެ ނިޔަލަށް 325 ޝަކުވާ ހުށަހަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އިސްމާއީލް ހަބީބް މިއަދު ވިދާޅުވެއްޖެއެވެ. މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ މި އަހަރުގެ މާޗް 17 އެވެ. އަދި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓް އިލެކްޝަން ކޮމިޝަނުން އިއުލާން ކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. މި އިންތިހާބުގައި 284،337 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިގެންވާއިރު އެއީ […]

މަސްވެރިންނަށް އަމާޒުކޮށްގެން ރެސްކިއުޑައިވަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ރާއްޖޭގައި ދޮށީގެ މަސްވެރިކަން ކުރާ ފަރާތްތަކަށް އަމާޒުކޮށް ރެސްކިއު ޑައިވަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. އެންމެ ފުރަތަމަ މި ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދަނީ ގއ. އަދި ގދ އަތޮޅުގެ މަސްވެރިންނަށް އަމާޒުކޮށްގެންނެވެ. އެގޮތުން އެންމެ ފުރަތަމަ މި މަސައްކަތް ފަށްޓަވާފައިވަނީ ގދ. މަޑަވެލީގައެވެ. އެކަމަށްޓަކައި އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މޫސުމީ ބަދަލުތަކާ ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމެވެ. މަޑަވެލީގައި ބޭއްވުނު މި ޙާއްޞަ  ރަސްމިއްޔާތުގައި ޠާރިޤު ދެއްކެވި ވާހަކަފުޅުގައި މޫސުމީ ބަދަލު […]

އަންހެން ވިޔަފާރިވެރިންނަށް ހާއްސަކޮށްގެން 100މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ނިންމައިފި

އަން ކަނބަލުން ވިޔަފާރީގެ މައިދާނަށް ނެރުމަށް ޚާއްސަކޮށްގެން 100 މިލިއަން ރުފިޔާގެ ދޫކުރަން ނިންމާފައިވާ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް  ވިދާޅުވެއްޖެ އެވެ. އޭނާ މިކަން ހާމަ ކުރެއްވީ އަންހެން ވިޔަފާރިވެރިންގެ އުފެއްދުންތައް އެއް ތަނަކުން ލިބޭނެ މަގު ފަހިކުރުމަށް "ހިޔަލަ ވީކެންޑް މާކެޓް" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ރޭގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ އަންހެނުން ގޭގައި ތިބެގެން އުފައްދާ ތަކެތި ވިއްކުމަށް މަގު ފަހިކުރުމަށް ހުޅުމާލެއިން […]

އަންހެން ވިޔަފާރިވެރިންނަށް ހާއްސަ "ހިޔަލަވީކެންޑް" މާކެޓް ހުޅުވައިފި

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ 14 މަގުޗާޓުގައި ހިމެނޭ އަންހެން ވިޔަފާރިވެރިންނަށް ހާއްސަ "ހިޔަލަ" މާކެޓު ހުޅުމާލޭގައި ރޭ ހުޅުވައިފިއެވެ. ކޮންމެ ހަފްތާ ބަނދަކު ކުރިއަށް ގެންދަން ހަމަޖެހިފައިވާ މިމާކެޓު ހުޅުވައި ދެއްވީ، މިނިސްޓަރ އޮފް ފެމިލީ އެންޑް ސޯޝަލް ޑިވެލޮޕްމެންޓް އައިޝަތު ޝިހާމް އެވެ. މިމާކެޓަކީ އިކޮނޮމިކް މިނިސްޓްރީގެ އާއި ބީސީސީ އެކު ގުޅިގެން ހާއްސަ މާކެޓެވެ. ކޮންމެ ހަފްތާ ބަންދެއްގައިވެސް ކުރިއަށް ގެންދަން ރޭވިފައިވާ މި މާކެޓުގައި 10 ސްޓޯލް ހުރެއެވެ. ހިޔަލަ […]

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy

Design By INCODE