ސެޕްޓެމްބަރ 19, 2024 23:59

ވިލިމާލޭގައި އަޅާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް ތަރައްގީ ކުރަނީ ޗައިނާގެ ހިލޭއެހީގައި: ރައީސް ޑރ މުއިއްޒު

ވިލިމާލޭގައި އަޅާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް ތަރައްގީ ކުރަން ބޭނުންވާ ހިލޭ އެހީ ޗައިނާއާއެކު ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ އެމަނިކުފާނު މިއަދު ރައްޔިތުންނަށް ދެއްވި ހާއްސަ މެސެޖެއްގައެވެ. އޭގެ އިތުރުން މަގު ހެދުމާއި ހައުސިންގ އެތައް މަސައްކަތެއް ހުރިކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ވިލިމާލޭގެ ރައްޔިތުންނަށްޓަކައި ސަރުކާރުތަކުން ނުކޮށްދެވި، އަދި ނުކުރެވި ހުރި އެތައް ކަމެއް، ކައުންސިލުން ކުރަން އުޅެގެން ހުއްދަ ނުލިބި، ނުކުރެވިފައި ހުރި […]

އުއްމީދަކީ ވަށާޖެހޭ ޕްލޭންގެ ދަށުން ރާއްޖެ އައިޓީގެ ބޮޑު ހަބަކަށް ވެގެންދިއުން: ޔޫތުމިނިސްޓަރ

ވަށާޖެހޭ ޕްލޭންގެ ދަށުން ރާއްޖެ އައިޓީގެ ބޮޑު ހަބަކަށް ވެގެން ދިއުމަކީ ކުރައްވާ ވަރަށް ބޮޑު އުންމީދެއް ކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަޙީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ. ފަނިއްޔާތުގައި އަންހެނުންގެ ދައުރު ފުޅާ ކުރުމަށް ގައުމީ ހަރަކާތެއް ހިންގަން ފެށުމާއި، ކޯޑިން ދާއިރާއިން ދުނިޔޭގެ ބާޒާރުގައި ދިވެހި ޒުވާނުން ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުނަރު ތަރައްގީކޮށްދީ، ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ހާއްސަ ޕްލޭނެއް އެކުލަވާލުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ހަފްތާ […]

ވެލައްސަރު ރިސޯޓް ކައިރިން މަރުވެފައިއޮތް ދިވެއްސަކު ފެނިއްޖެ!

 ކ. ވެލައްސަރު ރިސޯޓް ކައިރިން ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނެފައިވަނީ  މަރުވެފައި އޮތް މީހަކު ފެނިގެން މިއަދު ހެނދުނު 09:11 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި މަރުވެފައި އޮށްވާ ފެނުނީ ކ. އަތޮޅު ރިސޯޓެއްގައި މަސައްކަތްކުރާ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އާބަންކޯ ނަން އަލުން އެޗްޑީސީގެ ނަމަށް ބަދަލުކޮށްފި

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީގެ ނަމާއި ލޯގޯ އަލުން ބޭނުންކުރަން ފަށައިފިއެވެ. އެޗްޑީސީގެ ނަމާއި ލޯގޯ އަލުން ބޭނުންކުރަން ފެށުން ފާހަގަކުރުމަށް، އެކުންފުނިން ވަނީ ޚާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ. އަދި ކުންފުނީގެ މައި ނަން ބޯޑު "އަރބަންކޯ"އިން "އެޗްޑީސީ"ގެ ނަމަށް ވަނީ ބަދަލުކޮށްފައެވެ. މިރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު  ވާހަކަފުޅުދައްކަވަމުން ވިދާޅުވީ މިގޮތަށް ބަދަލުކުރަން ނިންމީ، އެޗްޑީސީގެ ގޮތުގައި ރައްޔިތުންނަށް ޚިދުމަތް ދިނުމަށްކަމަށެވެ. އަދި އެ ކުންފުނީގެ ޢަމާޒަކީ ރައްޔިތުންނަށް ދޭ ޚިދުމަތްތައް […]

ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހަކު ނިޔާވެއްޖެ

ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ކޯވިޑް 19އަށް ފަރުވާ ހޯދަމުން ދިޔަ މީހަކު ނިޔާ ވެއްޖެއެވެ. ނިޔާވި މީހާ އަކީ ކޯވިޑަށް ފަރުވާ ހޯދަމުން ދިޔަ ފިރިހެނެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެހެންނަމަވެސް މިކަމާ ގުޅުން ހުރި އިތުރު މައުލޫމާތު އަދި ސާފު ވެފައެއް ނުވެއެވެ. ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ކޮވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންނަށް މިހާރުވެސް ދަނީ ފަރުވާ ދެމުންނެވެ. ކޮވިޑުގެ އާ ވޭރިއަންޓެއް ރާއްޖޭގައި ފެތުރެމުން ދާތީ އެކަމަށް ސަމާލުވެ ރައްކާތެރި ވުމަށް ހެލްތު […]

ގޯލްޑަން ފުޓްސަލް މުބާރާތުގައި މާވަށު ޓީމަށް ފުރަތަމަ މެޗުން މޮޅެއް!

ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި މިހާރު ކުރިޔަށްދާ ގޯލްޑަން ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު މާވަށު ފްޓްސަލް ޓީމުގެ ފުރަތަމަ މެޗު ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ. މާވަށު ޓީމު ކުޅުނު ފުރަތަމަ މެޗްގައި ރޭ ބައްދަލުކުރީ އެ އަތޮޅު ކަޅައިދޫ ފުޓްސަލް ޓީމާއެވެ. ރޭ 11 ޖެހިއިރު ކުޅުނު މި މެޗްގައި މި ދެޓީމުން ވެސް ވަރުގަދަ ވާން ހުރި މޮޅު ކުޅުމެއް ކުޅެފައިވެއެވެ. އެގޮތުން މިމެޗުގައި މޮޅަށް ކުޅެ ވަގުތު ހަމަވައިރު 3 ލަނޑު 2 ލަނޑުން […]

ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ ސިޔާސީ މަގާމަކަށް ފިލްމީތަރި އަލީސީޒަން އައްޔަނުކޮށްފި

ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި އަލީ ސީޒަން ސްރީ ލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ ހައި ކޮމިޝަންގެ ސިޔާސީ މަގާމަކަށް އައްޔަން ކުރައްވައިފިއެވެ. ސީޒަން އައްޔަން ކުރައްވާފައި ވަނީ ފަސްޓް ސެކްރެޓަރީގެ މަގާމަށްކަން މީޑިއާތަކުން ވަނީ ބުނެފައެވެ. އެހެންނަމަވެސް ސީދާ މިވެނި މަގާމެއް ކަމަށް ހާމަކުރައްވާފައެއް ނުވެއެވެ. ސީޒަން އަކީ ރާއްޖޭގެ ފިލްމި ދާއިރާގެ އެންމެ ގިނަ ދުވަސްވީ އެއް ފަންނާނެވެ. ސީޒަން ވަނީ މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ޓިކެޓުގައި ތުލުސްދޫ […]

ސިޓީކައުންސިލްގެ ބޮޑު އެގާރަ މަޝްރޫއެއްގެ މަސައްކަތް އަވަސްކުރުމަށް، ސަރުކާރުގެވުޒާރާތަކަކާ ހަވާލުކުރަނީ

މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދިއުމަށް ނިންމާފައިވާ 11 މަޝްރޫޢެއްގެ މަސައްކަތް އަވަސްކުރުމަށްޓަކައި، ސަރުކާރުގެ ބައެއް ވުޒާރާތަކާއި ހަވާލުކުރުމަށް ނިންމައިފިއެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި މުޅިން އަލަށް ފަށާ މަޝްރޫޢުތަކާއި، އަދި މިހާރު ޤާއިމުވެފައި ހުރި ބައެއް ޚިދުމަތްތައް އިތުރަށް ފުޅާކޮށް ތަރައްޤީކުރުމާއި ގުޅުންހުރި މަޝްރޫޢުތަކެވެ. ސިޓީ ކައުންސިލުން ސަރުކާރާއި ހަވާލުކުރި މަޝްރޫޢުތަކަކީ ބިން ހަމަޖައްސައި، އަދި ޕްރޮޖެކްޓްތައް ޕްލޭން ކުރުމުގެ މަރުހަލާގައިވާ މަޝްރޫޢުތަކެކެވެ. އަދި އެ މަޝްރޫޢުތައް ކަމާއި ގުޅުންހުރި ވުޒާރާތަކަށް ބަދަލުކުރުމަށް ނިންމާފައިވަނީ، މިއަދު ބޭއްވި […]

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy

Design By INCODE