ސެޕްޓެމްބަރ 19, 2024 23:55

ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ޔުގަންޑާއަށް ފުރާވަޑައިގެންފި!

ޔުގަންޑާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މިރޭ ފުރާވަޑައިގެންފިއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ޔުގަންޑާގެ ކަމްޕާލާގައި ބާއްވާ ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ 19 ވަނަ ސަމިޓުގެ ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައާއި "ގްރޫޕް އޮފް 77 އެންޑް ޗައިނާ" (ޖީ77) ގެ ދަށުން ބާއްވާ ތިންވަނަ ސައުތް ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި މި ދެސަމިޓުގައި ވެސް ނައިބު ރައީސްގެ ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. ޖުމްލަ 120 މެންބަރު ޤައުމު ހިމެނޭ ނާމްގެ މެންބަރު ޤައުމަކަށް […]

މާވަށު ފުޓްސަލްޓީމްގެ ފުރަތަމަ މެޗް މިރޭ!

  ގޯލްޑަން ފުޓްސަލް މުބާރާތުގައި ލ. މާވަށު ފުޓްސަލް ޓީމްގެ ފުރަތަމަ މެޗް މިރޭ 11:00 ކުޅޭނެ ކަމަށް އެ ޓީމުން ބުނެފިއެވެ. ޖަނަވަރީ 14 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ މި މުބާރާތުގައި އެ ޓީމާއެކު މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ  އެ އަތޮޅު ކަޅައިދޫ ޓީމެވެ. ''މިހެން'' އަށް މައުލޫމާތު ދެއްވަމުން އެ ޓީމްގެ މެނޭޖަރ ޔޫސުފް އިރުޝާދު (އިއްޓެ) ވިދާޅުވީ މި ފަހަރު މާވަށު ޓީމް މި މުބާރާތުގައި ބައިވެރިވެފައިވަނީ ވަރަށް ފޯރިއާ ޖޯޝާއި […]

ސިނަމަން ހަކުރާހުރާގެ މުވައްޒަފުންނަށް އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯހެއް ހިންގައިފި

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން، ސިނަމަން ހަކުރާހުރާގެ މުވައްޒަފުންނަށް އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯހެއް ހިންގައިފިއެވެ. ޖަނަވަރީ 6 އިން 15 އަށް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގައި ހިންގި މި ކޯސް، އެ ރިސޯޓުގައި މަސައްކަތްކުރާ 14 މުވައްޒަފަކު ފުރިހަމަކުރިއެވެ. މި ކޯހުގައި ބައިވެރިންނަށް އުނގަންނައިދެވުނު ބައިތަކުގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލު ކުރަން ޖެހޭނެ ގޮތްތަކާއި، އަލިފާން ނިއްވުމަށް ބޭނުންކުރާ އާލާތްތައް ބޭނުންކޮށްގެން އަލިފާން ނިއްވާނެ ގޮތްތައް ވަނީ […]

ޔޫއޭއީ އާއި ތައިލެންޑަށް އާސަންދަ ލިބޭގޮތް ހެދުމުގެ މަސައްކަތް ފަށައިފި

ތައިލޭންޑާއި ޔޫއޭއަށް އާދަންދަ ފުޅާ ކުރުމުގެ މަސައްކަތް ފަށައިފި އާސަންދައިގެ ދަށުން، ތައިލެންޑް އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އަށް ބޭސްފަރުވާއަށް ދިއުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް އާސަންދައިން މިއަދު ބުނެފިއެވެ. އާސަންދައިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އާސަންދައިގެ ދަށުން އިންޑިއާ އަދި ސްރިލަންކާގެ ނޫން އެހެން ގައުމަކުން، ބޭސްފަރުވާގެ ކަންކަން ހަމަޖެއްސުމަށް އާސަންދައިން ދެކޮޅު ކަމަށްބުނެ ފަތުރަނީ ދޮގު ހަބަރެއް ކަމަށެވެ. މީގެއިތުރުން އާސަންދަ ސްކީމުގެ ދަށުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް […]

"ސީޕީއާރު އޭއީޑީ" ކޯހެއް ހިންގައިފި

ކުޅިވަރު އެސޯސިއޭޝަންތަކުގައި ކުޅުންތެރިންނަށް ސިއްޙީީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އަމާޒުކޮށްގެން އެމްއެންޑީއެފް މެޑިކަލް ކޯރއިން "ސީޕީއާރު އޭއީޑީ" ކޯހެއް ހިންގައިފިއެވެ. އެމްއެންޑީއެފުން ބުނީ މިމަހު 12 އިން ފެށިގެން 10 ބައިވެރިންނާއެކު ތިން ދުވަހުގެ މުއްދަތަށް ޒުވާނުންގެ މަރުކަޒާއި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގައި ކުރިއަށް ގެންދިޔަ މި ކޯހަކީ، ކުޅިވަރުގެ މައިދާނުގައި ދިމާވާ ޞިއްޙީ މައްސަލަތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތައް އަންގައިދީ، އެފަދަ ހާލަތްތަކަށް ހޭލުންތެރިކޮށް، އަހުލުވެރިކުރުވުމުގެ ގޮތުން އެމްއެންޑީއެފް މެޑިކަލް ކޯރއިން ކުރިއަށް ގެންދިޔަ […]

މާލެސިޓީ ރެސްޓޯރެންޓެއްގައި ގޭސްއެކްސްޕްލޯޝަނެއް ހިނގައި 3 މީހަކަށް އަނިޔާވެއްޖެ

ހެންވޭރު ކިނބިގަސް މަގު "އެންޖީބީ ފާސްޓް ފުޑް އައުޓްލެޓް" ގައި ގޭސް ފުޅިއެއް ގޮވައިފިއެވެ. ގޭސް ފުޅީ ގޮވުމުގެ ސަބަބުން މަގުމަތީ ތީބީ 2 ދިވެހި އަންހެންނުނަށް އަނިޔާ ވެގެން ދަނީ އޭޑީކޭ ހޮސްޕިޓަލް ގައި ފަރުވާ ދެމުންނެވެ. މިހާދިސާގައި އަނިޔާވެފައި ވަނީ، އެ ރެސްޓޯރެންޓްގެ ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރާ މީހާއަށާއި، އިތުރު ދެމީހަކަށެވެ. އަނިޔާވި މީހުންނަށް އޭޑީކޭ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. އެނގިފައިވާ ގޮތުގައި އަނިޔާވި އަނެއް ދެމީހުންނަކީ ހާދިސާ ހިނގި ވަގުތު އެރެސްޓޯރެންޓްގެ ބޭރުން […]

ދޫނިދޫ ކަރަންޓު ނެޓްވޯކް އަޕްގްރޭޑު ކުރުމަށް ސްޓެލްކޯއިން ނިންމައިފި

ބައެއްކަހަލަ ކުށްތަކުގެ ހުކުމްތަކުގައި އެކަހެރިކޮށްފައިވާ ގައިދީންނާއި އެކި ކުށްތަކުގައި ތަހުގީގު ބަންދު މީހުން ބައިތިއްބާ އެއް ރަށް ކަމަށްވާ މާލެއަތޮޅު ދޫނިދޫ ކަރަންޓު ނެޓްވޯކް އަޕްގްރޭޑު ކުރުމަށް ސްޓެލްކޯއިން ނިންމައިފިއެވެ. މިކަމާއި ގުޅޭގޮތުން ސްޓެލްކޯގެ އިސްވެރިންނާއި ފުލުހުންގެ އިސްވެރިން ވަނީ ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ. މިބައްދަލުވުމާއި ގުޅެގޮތުން ސްޓެލްކޯއިން ބުނީ، ފުލުހުންގެ އިސްވެރިންނާއި އެކު ބޭއްވި ބައްދަލްވުމުގައި ދޫނިދޫގެ ޕަވަރ ސިސްޓަމް އެސެސްމަންޓެއް ހަދައި، އެ ސިސްޓަމް އަޕްގްރޭޑް ކުރުމާއި ބެހޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ. މި ބައްދަލްވުމުގައި ސްޓެލްކޯގެ ކްރިޓިކަލް […]

ރޯދަމަހަށް ހާއްސަކޮށްގެން، އެޗްޑީސީން ހުޅުމާލެ ފޭސްދޭއްގައި ވަގުތީ މިސްކިތެއް ބިނާ ކުރަން ފަށައިފި

ހުޅުމާލެ ފޭސް ދޭއްގައި 150 މީހުންގެ ޖާގައިގެ ވަގުތީ މިސްކިތެއް ބިނާ ކުރުމުގެ މަސައްކަތް ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ފަށައިފިއެވެ. މިއީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ތިން ވަނަ ވަގުތީ މިސްކިތެވެ. ހުޅުމާލެ ފޭސް ދޭއްގައި މިހާރު ވަގުތީ ދެ މިސްކިތް ތަރައްގީކޮށްފައި ވެއެވެ. ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް، ބިނާ ކުރަމުންދާ މިސްކިތެއް ކަމަށް އެޗްޑީސީން މައުލޫމާތު ދީފައިވެއެވެ. މި ވަގުތީ މިސްކިތެއް […]

ސިހުރުވެރިން އެކަންކުރަނީ ރުޤްޔާގެ ނަމުގައި، އެމީހުންގެ އެހީނުހޯދުމަށް ފިޤުހު އެކަޑަމީން އިލްތިމާސްކޮށްފި

ރުގްޔާ ކުރާ ނަމުގައި ސިހުރުހަދާ މީހުންގެ އެހީތެރިކަން ނުހޯދުމަށް ފިގުހު އެކަޑަމީން އިލްތިމާސްކޮށްފި އެވެ. މިކަން އިއުލާން ކޮށްފައި ވަނީ ފިގްހު އެކަޑަމީން، ނެރުނު އިއުލާނެއްގައެވެ. އެ އިއުލާނުގައި ބުނީ މި ފަހަކަށް އައިސް ދިވެހިރާއްޖޭގެ ބައެއް ހަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް ސިހުރު ހެދުމަށް ހިތްވަރު ލިބޭ ގޮތަށް ބަޔަކު މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެފަދަ މީހުންގެ ގާތަށް ގޮސް ހުއްދަ ރުގްޔާގެ ނަމުގައި ފަނޑިތައިގެ އެހީ ލިބިގަތުމަކީ ހަރާމް ކަމަކަށް ވާތީ އެފަދަ މީހުންގެ ގާތަށް […]

ސްޓެލްކޯގެ ޕަންޕް ސްޓޭޝަންތައް މަގުމަތިން ނަގަން އެމްޓީސީސީއާ ހަވާލުކޮށްފި!

ބޮޑުތަކުރުފާނު މަގުގެ ބަޔަކަށްވާ ގޮތަށް ބަހައްޓާފައިވާ ފިއުލް ޕަމްޕު ސްޓޭޝަން އެ ތަނުން ނަގައި، އެ ދިމާ ފަޅުން ބައެއް ހިއްކުމަށްފަހު، އެތަނުގައި އާ ފިއުލް ޕަމްޕު ސްޓޭޝަނެއް ގާއިމް ކުރުމަށް ސްޓެލްކޯ އާއި އެމްޓީސީސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވި މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔާދެވެ. […]

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy

Design By INCODE