ސެޕްޓެމްބަރ 20, 2024 06:32

ކާނި ހޮޓެލްސް އެންޓް ޓުއާސްގެ ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި 441 ޑޮލަރު؛ ރެކޯޑެއް ގާއިމުކޮށްފި!

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގެސްޓްހައުސްގެ ވިޔަފާރި ކުރަމުން އަންނަ ކާނި ހޮޓެލްސް އެންޑް ޓުއާސްގެ ކޮންމެ މުވައްޒަފަކަށް މިދިޔަ މަހުގެ ސާވިސް ޗާޖުގެ ގޮތުގައި 441 ޑޮލަރު ދީފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ. ރާއްޖޭގައި މިހާތަނަށް އައިއިރު، އެއްވެސް ގެސްޓްހައުސްއަކުން މިހާ ބޮޑު ސާވިސް ޗާޖެއް ދީފައެއް ނުވެއެވެ. އެހެންވެ މިއީ ގެސްޓްހައުސް އިންޑަސްޓްރީގައި ރިކޯޑެކެވެ. ކ. މާފުށީގައި ކާނި ހޮޓެލްސްގެ ފަސް ގެސްޓްހައުސެއް ހިންގަމުން އަންނަ އިރު، އެ ގެސްޓްހައުސްތަކުގައި 194 މުވައްޒަފުން […]

އިންފުލުއެންޒާ ފެތުރޭތީ ފްލޫ ވެކްސިން ޖެހުމަށް އެޗްޕީއޭ އިލްތިމާސް ކޮށްފި

ރާއްޖޭގައި އިންފްލުއެންޒާ ފެތުރޭތީ ފްލޫ ވެކްސިން ޖެހުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ. އިންފުލުއެންޒާ އަކީ އާންމުކޮށް ފެތުރޭ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ. އަދި ބައެއް ދުވަސްތަކުގައި މިބަލި ފެތުރޭ މިިންވަރު އިތުރުވެގެންދެ އެވެ. އިންފްލުއެންޒާ ފެތުރުމުގެ ފުރުސަތު އެންމެ ބޮޑީ ބަލި ޖެހިފައިވާ ނުވަތަ ބަލި ރަނގަޅުވާ މީހުންގެ ތެރެއިން ކުޑަކުދިންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންގެ ފަރާތުންނެވެ. އިންފްލުއެންޒާގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ހުން އައުން، ނޭފަތުން […]

ސީރިޔާއަށް ދިޔަ އެކާވީސް ދިވެއްސަކު ރާއްޖެ ގެނެސްފި، އޭގެ ތެރޭ ކުޑަކުދިންވެސް ހިމެނޭ

ސީރިއާގައި ކުރެވުނު އެގައުމުގެ ދާޚިލީ ހަނގުރާމާގައި ބައިވެރިވުމަށް އެގައުމަށްދިޔަ އަހުލީ ހަނގުރާމައަށްދިޔަ 21 ދިވެއްސަކު މިހާރު މާލެ ގެނެސްފައިވާ ކަމަށާއި، އެމީހުން މިހާރުތިބީ ހިންމަފުށީގައި ހުންނަ ރީއިންޓަގްރޭޝަން ސެންޓަރުގައި ކަމަށް ހޯމްލޭންޑް މިނިސްޓްރީ ވިދާޅުވެއްޖެއެވެ. އެ މިނިސްޓްރީން ބޭއްވިނޫސްވެރިން ބައްދަލުވުމުގައި މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އެ މީހުން ރާއްޖެ ގެނެސްފައިވަނީ ތުރުކީ މަގުން، ދިވެހި ސަރުކާރުން ޗާޓަރު ކުރި ފްލައިޓެއްގައި ކަމުގައެވެ. އޭނާ ވިދާޅުވީ ރާއްޖެ ގެނައި އާއިލާގެ ތެރޭގައި އަލަށް އުފަންވި ކުދިންވެސް އެބަތިބި […]

ރަސްމީޖަލްސާތަކުގައި ޤުރުއާން ކިޔަވާ ފަރާތްތަކުގެ ރަސްމީދަފްތަރެއް އެކުލަވާލަން ނިންމައިފި

ރަސްމީ ޖަލްސާތަކުގައު ޤުރުއާން ކިޔަވާދޭނެ ފަރާތްތަކުގެ ރަސްމީ ދަފްތަކެއް އެކުލަވާލުމަށް ނިންމާ، ޖަލްސާތަކުގައި ތަޖުވީދުމަގުން ރީތިކޮށް ގުރުއާން ކިޔެވުމަށް ޝައުގުވެރިވާ މީހުން ހޯދުމަށް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން އިއުލާން ކޮށްފިއެވެ. ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ކުރި އިއުލާނެއްގައި ވިދާޅުވެފައިވަނީ މިކަމަށް އެދޭ ފޯމު ފުރުމަށްފަހު އެ މަރުކަޒަށް ހުށަހެޅުމަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފޯމު އެ މަރުކަޒުގެ ވެބްސައިޓުންވެސް ލިބޭނެކަމަށް ވިދާޅުވެފައި ވެއެވެ. ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ވިދާޅުވެފައިވަނީ، ދަފްތަރު ކުރުމަށް ހަމަޖެހިފައިވަނީ […]

ފޮނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފި

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ލ. ފޮނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ފުލުހުން ނައްތާލައިފިއެވެ. ފުލުހުން ބުނެފައިވަނީ ބަނގުރާ ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރާ އާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމުގައެވެ. އެގޮތުން ޖަނަވަރީ 10 ވަނަ ދުވަހު ފޮނަދޫ ޕޮލިސް ސްޓޭޝަނުގެ ގޯތިތެރޭގައި ނައްތާލާފައިވަނީ 74 ފުޅި ބަނގުރާ […]

އެސްޑީއެފްސީ ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް ފާތިމަތު މީޒާ އާދަމް އައްޔަންކޮށްފި

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް ފާތިމަތު މީޒާ އާދަމް އައްޔަންކޮށްފިއެވެ. އޭނާ މި މަގާމަށް އައްޔަންކޮށްފައިވާކަން ހާމަކޮށް އެސްޑީއެފްސީން ވަނީ އޭނާއަށް މިއަދު މަރުހަބާ ކިޔައިފައެވެ. މީޒާ މީގެކުރިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީނިއާ ކްރެޑިޓް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާއިރު، އެންމެ ފަހުން އޭނާ ހުންނެވީ ދިވެހި އިންވެސްޓްމަންޓް ޕާޓްނާސްގެ ކޯޕަރޭޓް އެފެއާސް މެނޭޖަރެއްގެ ގޮތުގައެވެ. އޭނާ ވަނީ ޔުނިވާސިޓީ އޮފް ވެސްޓް އިންގްލޭންޑުން […]

ފީފާ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު، އާޖެންޓީނާގެ ތަރި ލަޔަނަލް މެސީ ހޯދައިފި

ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު، އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ހޯދައިފިއެވެ. އިންޓަ މަޔާމީ އަށް ކުޅެމުން އަންނަ ލައަނަލް މެސީ މި އެވޯޑު އުފުލާލީ މެންޗެސްޓާ ސިޓީގެ ތަރި އާލިންގް ހާލަންޑާއި ވާދަކޮށެވެ. ފީފާ އިން ހޮވާ މި އެވޯޑަކީ، މީޑިއާތަށް ތަމްސީލު ކުރާ ފަރާތްތަކާއި، ގައުމުތައް ތަމްސީލު ކުރާ ޓީމުގެ ކެޕްޓަނުންނާއި ކޯޗުންނާއި ސަޕޯޓަރުންގެ ވޯޓުން ހޮވާ އެވޯޑެކެވެ. މެސީ އަދި ހާލަންޑަށް ލިބިފައިވާ ވޯޓުގެ އަދަދު ވަނީ […]

އަހަރުގެ މިހާތަނަށް 19 މީހަކަށް އިންފުލުއެންޒާ ޖެހިއްޖެ: އެޗްޕީއޭ

މިއަހަރުގެ މިހާތަނަށް 19 މީހަކު އިންފުލުއެއްޒާއަށް ފައްސިވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ. އެޗްޕީއޭއިން އާންމުކުރައްވާފައިވާ ތަފާސްހިސާބުތައް ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް 19 މީހަކު ވަނީ އިންފުލުއެންޒާއަށް ފައްސިވެފައެެވެ. އޭގެ ތެރޭގައި ހިމެނެނީ އެޗް3އެން2 އަށް ޕޮޒިޓިވްވެފައިވާ 10 މީހަކާއި އެޗް1އެން1 އަށް ފައްސިވެފައިވާ 8 މީހުންނެވެ. އަދި މިހާތަނަށް އެކަކު އިންފްލުއެންޒާ ބީ އަށް ފައްސިވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެޗްޕީއޭ އިން ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު އަދި ޑިސެމްބަރު މަހާ […]

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy

Design By INCODE