އުތުރުތިލަފަޅުގައި ދަނޑުވެރިކަމުގެ ހާއްސަ މަޝްރޫއެއް: މަދުވެގެން ދެ ލައްކަ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ހެއްދޭނެ އެގްރިކަލްޗާ އެސްޓޭބްލިޝްމެންޓެއް!
މަދުވެގެން ދެލައްކަ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ހެއްދޭނެ އެގްރިކަލްޗާ އެސްޓޭބްލިޝްމެންޓެއް ގާއިމުކުރުމަށް އުތުރުތިލަފަޅުގައި ދަނޑުވެރިކަމަށް ހާއްސަ މަޝްރޫއެއް ކުރިއަށްގެންދަން ޗައިނާއާއި އެކު މަޝްވަރާކުރެއްވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ރާއްޖޭގައި ދަނޑުވެރިކަން އިތުރަށް ފުޅާކޮށް، ކާބޯތަކެތި ދަތިނުވެ ލިބޭނެކަން ކަށަވަރު ކުރުމުގެ ގޮތުން ފުޑް ސެކިއުރިޓީ ގާއިމްކުރުމަށްޓަކައި ޗައިނާ ސަރުކާރާއެކު އެއްބަސްވުމެއް ހަދާފައިވާކަމަށް ރައީސް […]