ސެޕްޓެމްބަރ 20, 2024 06:18

ތިން ރަށެއްގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތިން ރަށެއްގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ތިން މީހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ފ.ނިލަންދޫގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުން ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސައް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. އަދި މި މަހުގެ 13 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. ނިލަންދޫ މަގުމަތިން އެ ދެމީހުން ހުއްޓުވައި ބަލައިފާސްކުރިއިރު އެ […]

ޓެޓޫ ޖެހުން އިސްލާމް ދީނުގައި ހަރާމް- ފަތުވާ މަޖިލިސް

ހަށިގަނޑުގެ އެތަން މިތަނުގައި ޓެޓޫގެ ގޮތުގައި ލިޔުންތަކާއި، ދޫންޏާއި ހަޔަވާނުތަކުގެ ސޫރައާތަކާއި، އިންސާނުންގެ ސޫރަތަކާއި އެނޫންވެސް އެކިވައްތަރު ވައްތަރުހެ ނިޝާން ކުރަހާފައި ބެހެއްޓުމަކީ ހަރާމް ކަމެއް ކަމަށް އިސްލާމީ ފަތުވާ އެންމެ މަތީ މަޖިލީސްއިން ވިދާޅުވެއްޖެއެވެ. މިކަމާ ގުޅިގެން  ފަތުވާ މަޖިލީސް އިން 2019ގައި ނެރުނު ހުކުމެއް މިއަދު ފަތުވާ މަޖިލިހުން ވަނީ އެކްސްގައި ޕޯސްޓު ކޮށްފައެވެ. މި ހުކުމްގައި ބުނެފައިވަނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުން މި މައްސަލަ ކީރިތި ގުރްއާނާއި، ކީރިތިރަސޫލާގެ […]

އިންފްލެއެންޒާގެ ވައްތަރެއް ޖެހި ދިވެއްސަކު މަރުވެ، ތިން މީހަކު ވެންޓިލޭޓަރުގައި: ޑރ މުހައްމަދު އަލީ

އިންފްލެއެންޒާގެ ވައްތަރެއް ޖެހިގެން ރާއްޖެއިން މީހަކު މަރުވެ، ތިން މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށް ޑރ މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ. އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރެއް ކަމަށްވާ ޑރ. މުހައްމަދު އަލީ މިކަން ހާމަކޮށްފައި ވަނީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. ޑރ މުހައްމަދު އަލީ އެކްސްގައި މިއަދު ކުރެއްވި އެ ޕޯސްޓުގައި ވިދާޅުވީ ރާއްޖޭގައި "އޭ އެޗް1އެން1" ފެތުރޭތާ ހަފުތާތަކެއް ވެފައިވާ ކަމަށެވެ. އެ ބަލި ޖެހުމުގެ ސަބަބުން ނިއުމޯނިއާއަށް ހުށަހެޅުނު ތިން މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ […]

ވަކި މާއްދާއެއްގެ ގޮތުގައި "ދިވެހި ގައުމިއްޔަތު" ދިރާސީ އައު އަހަރު ކިޔަވައިދޭން ފަށާނެ

ވަކި މާއްދާއެއްގެ ގޮތުގައި "ދިވެހި ގައުމިއްޔަތު" ރާއްޖޭގެ ގައުމީ ތައުލީމީ މަންހަޖުގައި ހިމަނައިގެން، ކުރިޔަށް އޮތް ދިރާސީ އާ އަހަރު ފަށާއިރު ކިޔަވައިދޭން ފަށާގޮތަށް ހަމަޖައްސައިފިއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ހާމަކޮށްފައިވަނީ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ނާޒިމްއެވެ. އޭނާ ވިދާޅުވީ ދިވެހި ގައުމިއްޔަތު ކިޔަވައިދިނުމަށް ވަކި މާއްދާއެއް ތައުލީމީ ގައުމީ މަންހަޖުގައި ހިމެނުމަށް މި މަހުގެ ދިހަ ވަނަ ދުވަހު ބޭއްވި ސޯޝަލް ކައުންސިލް ބައްދަލުވުމުގައި ނިންމައިފައިވާ […]

އިސްލާމީ މުހިންމު މުނާސަބަތުތައް ހުރިހާ ރަށެއްގައި، ގައުމީ ފެންވަރެއްގައި ފާހަގަ ކުރަން ނިންމައިފި

އިސްލާމީ މުހިންމު މުނާސަބަތުތައް ގައުމީ ފެންވަރެއްގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފާހަގަ ކުރަން ސަރުކާރުން މަޝްވަރާ ކޮށްފިއެވެ. މި މަޝްވަރާތައް ކުރެވިފައިވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގައެވެ. މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގެ ތަފުސީލުތައް ދެއްވަމުން ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިދާޅުވީ, ރަށްރަށުގެ ކައުންސިލްތަކާއި ޖަމާއަތްތަކާއި ގުޅިގެން އިސްލާމީ މުހިންމު ދުވަސްތައް ކުލަ ގަދަކޮށް ފާހަގަ ކުރަން މިއަދުގެ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެވުނު […]

ޗާގޯސް މައްސަލަ: ކަނޑުން ގެއްލުނުބައި އިޓޮލްސްގައި އިސްތިއުނާފު ކުރަން ނިންމައިފި

ޗާގޯސް ކަނޑު ރާއްޖެއާ މޮރިޝަސްއާ ދެމެދު ބެހުމުން ގެއްލުނު ބައިގެ މައްސަލަ އިޓްލޮސްގައި އިސްތިއުނާފު ކުރަން ނިންމާ، އެ މައްސަލަގައި ރާއްޖެއިން ބޭރުގެ ކަމާއި ގުޅޭ މާހިރުން ހަރަކާތްތެރިވަމުންދާއިރު މޯލްޓާގެ ލޯ އޮފް ދަ ސީ ޕްރޮފެސަރު ހުށަހެޅި ކަރުދާހުގެ ފުރަތަމަ ކޮޕީ އެޓާނީ ޖެނެރަލްގެ އޮފީހަށް މިހާރު ވަނީ ލިބިފައިވާ ކަމަށް ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ […]

މާރޗް 15 ކުރިން އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ނިންމައިފި

މާރޗް 15 ކުރިން އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވާތީ، އިންޑިއާގެ ސިފައިން އަނބުރާ ޤައުމަށް ފޮނުވާލުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ރާއްޖެއާއި އިންޑިއާގެ އިސް އޮފިޝަލުން ހިމެނޭހެން އުފައްދަވާފައިވާ ހައި ލެވެލް ކޮމިޓީގެ މަޝްވަރާތައް ކުރަންފަށައިފިއެވެ. ރާއްޖޭގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ތިބެން ދިވެހި ރައްޔިތުން ބޭނުން ނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ވެރިކަމުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އިންޑިއާ […]

ދިވެހި ރައްޔިތުންގެ ކޮންމެ ކަންބޮޑުވުމަކީ އަދުގެ ސަރުކާރުގެ ކަންބޮޑުވުމެއް: ނާޒިމް

ދިވެހި ރައްޔިތުން ކަންބޮޑުވާ ކޮންމެ ކަމަކީ މިއަދުގެ ސަރުކާރު ކަންބޮޑުވާނެ ކަމެއް ކަމަށް ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިިދާޅުވެއްޖެއެވެ. ނާޒިމް މިހެންވިދާޅުވީ މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައިެވެ. އެބައްދަލު ވުމުގައި ދައުލަތް ހިއްސާވާ ކުންފުނިތަކަކީ ދައުލަތުން އެތަންތަނުގެ ހިންގުމަށް ހަރަދު ކުރަން ނުޖެހި ފައިދާ ގައި ހިންގާ ކުންފުނިތަކަކަށް ހެދުމަށް ސިޔާސަތުތަކެއް އެކަށައެޅުމާ ގުޅޭގޮތުން ހުށަހެޅި ކަރުދާހާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުގައި ނާޒިމް ވިދާޅުވީ […]

މަސައްކަތްތައް ގިނަވެ ފުނިޖެހޭތީ، އެމްޓީސީސީއަށް އިތުރު ކުންފުންޏެއް އުފެެއްދުމަށް ނިންމައިފި

ސަރުކާރުން ކުރިއަށްގެންދާ އިންފްރާސްޓްރަކްޗަރގެ ގިނަ މަސައްކަތްތައް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް އެމްޓީސީސީގެ އިތުރުން، އިތުރު ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެެ. މިކަން ހާމަ ކުރެއްވީ ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމެވެ. ނާޒިމް ވިދާޅުވީ، އެމްޓިސީސީގައި ވަަރަށް ގިނަ މަސައްކަތްތައް ފުނިޖެހިފައިވާ ކަމަށެވެ. ނާޒިމް ވިދާޅުވި ގޮތުގައި އެބޭފުޅުންނަށް ކުރެވޭ ވަރަށް ވުރެ މަސައްކަތްތަކުގެ އަދަދު ގިނަވެ، […]

މާމިގިލި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފި

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން އދ.މާމިގިލި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ. ފުލުހުން ބުނިގޮތުގައި ބަނގުރާ ނައްތާލާފައިވަނީ މި ހިނގާ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހު މާމިގިލި ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައެވެ. އަދި ނައްތާލިތަކެތީގެ ތެރޭގައި ހިމެނެނީ ބަނގުރަލާއި ބިޔަރު ދަޅު ކަމަށާއި މިތަކެއްޗަކީ  2023 ޖުލައި 11 އިން ފެށިގެން  2024 ޖަނަވަރީ  8 އަށް، ވިލާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން […]

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy

Design By INCODE