ސެޕްޓެމްބަރ 20, 2024 08:53

އިއްޔެ އެންމެ ގިނައިން ވާރެ ވެހުނީ މާލެއަށް، 159 މިލިމީޓަރުގެ ވާރެ ވެހިފައިވޭ: މެޓް އޮފީސް

އިއްޔެ އެންމެ ގިނައިން ވާރެ ވެހިފައިވަނީ މާލެއަށް ކަމަށާއި އެގޮތުން 159 މިލިމީޓަރުގެ ވާރެ ވެހިފައިވާ ކަމަށް މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް(މެޓް) އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މެޓް އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، އިއްޔެ ހެނދުނު 8:00 އިން މިއަދުގެ 8:00 އަށް މާލެ އަށް 159.3 މިލިލީޓަރުގެ ވާރޭ ވެހިފައިވެއެވެ. އަދި ހުޅުލެއަށް 143.4 މިލިމީޓަރު، ހުޅުމާލެއަށް 105.4 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް ރިކޯޑު ކުރެވިފައިވެއެވެ. މާލެ, ހުޅުލެ އަދި ހުޅުމާލޭގެ އިތުރުން އިއްޔެ […]

އަމީނީމަގުގެ މަސައްކަތް އެއްކޮށް ނިންމާ މަގު ހުޅުވާލައިފި

އަމީނީމަގު 12 ،13 ގެ ސެގްމެންޓު އެއްކޮށް ނިންމާ އާންމުންނަށް މަގު ހުޅުވާލައިފިއެވެ. ނުނިމި އޮތް އަމީނީމަގުގެ ސެގްމެންޓުގައި ތާރު އެޅުމުގެ މަސަައްކަތް ފަށާފައިވަނީ މީގެ އެއް މަސް ކުރިންނެވެ. އެ މަގު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވީ 28 ދުވަސް ތެރޭގައި އެ މަސައްކަތް ނިންމާލެވުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަމީނީ މަގު ނިންމަން ފުރަތަމަ ދީފައިވާ ތާރީހަކީ މިދިޔަ އަހަރުގެ ފެބްރުއަރީ […]

ވޯޓުލުން ފެށިތާ ގަޑިއެއްގެ އިރު، ވޯޓުލާފައި ވަނީ ދެ ޕަސެންޓު މީހުން: އީސީ

މިއަދު ކުރިޔަށްދާ ފަސް ބައި އިލެކްޝަނުގައި ވޯޓުލުން ފެށިތާ ގަޑިއެއްގެ އިރު ވެގެން ދިޔައިރު، ވޯޓުލާފައި ވަނީ ދެ ޕަސެންޓު މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. މިއަދު ކުރިޔަށް ދަނީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ބައި އިލެކްޝަނާއި އެ ކައުންސިލްގެ ހުސް ވެފައިވާ ތިން ދާއިރާއެއްގެ އިތުރުން މ.މުލަކު އަންހެނުން ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި އިލެކްޝަނެވެ. ހެނދުނު 8:00ގައި ވޯޓުލުން ފެށިއިރު 9:09އާ ހަމައަށް ވޯޓުލާފައި ވަނީ 1204 މީހުންނެވެ. […]

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy

Design By INCODE