ސެޕްޓެމްބަރ 20, 2024 06:38

ބޮޑު ތަފާތަކުން މާލޭގެ މޭޔަރ ކަމަށް އާދަމް އާޒިމް ހޮވިވަޑައިގެންފި

މާލޭގެ މޭޔަރު އިންތިޚާބު ކުރުމަށް މިއަދު ބޭއްވުނު ބައި-އިލެކްޝަން، ވެރިކަންކުރާ ޕީއެންސީގެ ކެނޑިޑޭޓް އާޒިމާ ޝަކޫރު ބަލިކޮށް، އިނދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓް އާދަމް އާޒިމް ކާމިޔާބު ކުރައްވައިފިއެވެ. އާދަޔާ ޚިލާފަށް މަދުން މީހުން ވޯޓުލާފައިވާކަމަށް ބެލެވޭ މިއިންތިޚާބުގައި މިހާތަނަށް ގުނުނު ވޯޓުގެ ނަތީޖައަށް ބަލާއިރި މިހާތަނަށް ގުނާފައިވާ 41 ފޮށިން އާޒިމްއަށް ލިބުނު ވޯޓި 5،000 އަށްވުރެ ގިނަ ވޯޓު ހޯއްދަވާފައެވެ. އާޒިމްއާއި އެންމެ ކައިރިން ވާދަކުރަމުންދާ، ސަރުކާރު ކެނޑިޑޭޓް އާޒިމާ ޝަކޫރު އަށް ލިބިފައިވަނީ 3،301 […]

ހިލޭއެހީގެ ގޮތުގައި ޗައިނާއިން ރާއްޖެއަށް، 130 މިލިއަން ޑޮލަރ ދޭން ނިންމައިފި

ހިލޭއެހީގެ ގޮތުގައި 130 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް، ޗައިނާއިން ދިވެހި ރާއްޖެއަށް ދޭން ނިންމާފައިވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުންނެވެ. ރައީސް މުޢިއްޒު ވިދާޅުވީ ހިލޭ އެހީގެ ގޮތުގައި ޗައިނާ އިން ދިން 130 މިލިއަން ޑޮލަރު ބޭނުން ކުރާނީ މާލެ ސިޓީގެ މަގުތައް ތަރައްޤީ ކުރުމަށް ކަމަށެވެ. "މިހާރު ޗައިނާއިން ރާއްޖެއަށް 920 […]

ތައިލެންޑާއި ޔޫއޭއީ ފަދަ ގައުމުތަކުން އާސަންދަ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަނީ

ޔުނައިޓެޑް އަރަބް އެމިރޭޓްސްއާއި ތައިލެންޑްފަދަ ކުރިއަރާފައިވާ ޤައުމުތަކުން، އެތަންތަނުގައި އެކޮމޮޑޭޝަންވެސް ލިބޭގޮތަށް އާސަންދަ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުއިއްޒު މިހެން ވިދާޅުވީޗައިނާއަށް އެމަނިކުފާނު ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެއަށް ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ހެލްތް ފެސިލިޓީތައް ރަނގަޅުވަންދެން ދިވެހިން ދެން ދާނީ ރާއްޖެއިން ބޭރުން ޚިދުމަތް ހޯދާ، މިހަރަށްވުރެ ރަނގަޅު […]

އިންޑިއާގެ އުޅަނދުތައް ބޭނުން ކުރުން ހުއްޓާލައި، ބަލިމީހުން މޯލްޑިވިއަން ބޯޓުތަކުން އުފުލަން ނިންމައިފި

އިންޑިއާގެ އުޅަނދުތައް ބޭނުން ކުރުން ހުއްޓާލާ، މާރޗް މަހުން ފެށިގެން ބަލިމީހުން އުފުލާނީ މޯލްޑިވިއަންގެ ބޯޓުތައް ބޭނުން ކޮށްގެންކަމުގައި ރައީސް މުއިއްޒު ވިދާޅު ވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެއަށް ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މާރިޗް މަހުން ފެށިގެން އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއާގެ ބޭނުން ކޮށްގެން ބަލިމީހުން އުފުން މަޑުޖައްސާލަން ނިންމާފައިވާ ކަމުގައެވެ. ބަލިމީހުން އުފުލަން އެއާ އެމްބިއުލާންސް މާޗުގައި އިރާދަކުރެއްވިއްޔާ އުދުހެން […]

މާލޭގެ މޭޔަރ ކަމުގެ އިންތިހާބު: މިހާތަނަށް ގުނި ވޯޓުން ބޮޑު ތަފާތަކުން ކުރީގައި އުޅުއްވަނީ އާޒިމް

މާލޭގެ މޭޔަރު ހޮވުމަށް މިއަދު ބޭއްވި ބައި -އިލެކްޝަންގައި މިހާތަނަށް ގުނުނު ވޯޓުން އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އާދަމް އާޒިމް ބޮޑު ތަފާތަކުން ކުރި ހޯއްދަވައިފި އެވެ. މިއަދު ހެނދުނު 8 އިން ހަވީރު 5 ޖެހުމާ ހަމައަށް ބޭއްވި އިންތިހާބުގައި މިހާތަނަށް ގުނުނު ފޮށިތަކުން އާޒިމް ވަނީ 2،395 ވޯޓު ކާމިޔާބުކުރައްވައިފަ އެވެ. މިއަދު ބޭއްވި އިންތިހާބުގެ ނަތީޖާ މިހާތަނަށް ގުނި ވޯޓުގެ ނަތީޖާ ދައްކާ ގޮތުން: ޕީއެންސީގެ ކެންޑިޑޭޓު އައިޝަތު އާޒިމާ ޝަކޫރު: 1،485 […]

ބައި އިލެކްޝަންތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ގުނަން ފަށައިފި

މިއަދު ކުރިއަށްގެންދިޔަ ބައި އިލެކްޝަންތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ގުނަން ފަށައިފިއެވެ. މާލެ ސިޓީ ކައުންސިލްގެ މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަދި މ. މުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ އިންތިހާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 8 ޖެހި އިރުއެވެ. އިސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 56,002 […]

ކާޑުގެ ބާވަތްތައް އިންޑިޔާއަށް ބަރޯސާވެފައި އޮތުން ނިމުމަކަށް ގެންނަނީ

ކާޑުގެ ބާވަތްތައް, ހަނޑޫ, ހަކުރު, ފުށަށް އިންޑިއާއަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނަން ތުރުކީއާއެކު އެއްބަސްވުނެއް ހަދާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ތުރުކީއާއެކު އެއްބަސްވުން ހެދިކަން ރައީސް ހާމަ ކުރައްވާފައިވަނީ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފު ނިންމަވާލެއްވުމަށްފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމުގައެވެ. "އަޅުގަނޑުމެންގެ ބޭސިކް ކޮމާޑެޓީސް, ހަނޑޫ, ހަކުރު, ފުށް . އެންމެ ދިމާޔަކަށް ބަރޯސާއެއް ނުވާނެ. އަޅުގަނޑުމެން ވާނީ މިހާރު ތުރުކީއާއެކު އެއްބަސްވެފައި. ހަނޑޫ ހަކުރު ފުށް ތުރުކީން މުޅި […]

ރައީސްގެ ދެކަނބަލުން ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދައުވަތަކަށް ކުރެއްވި ފުރަމާނަ ދަތުރުފުޅެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށް ފަހު އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ބައްދަލުކުރައްވައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ރަސްމީ […]

ރޯދަމަހު ކޮންމެ ގެޔަކަށް ހަނޑޫ ބަސްތާއަކާ ފުށް ބަސްތާއެއް ހިލޭ

އަންނަ އޮތް ރަމަޟާން މަހު ސަރުކާރުގެ ޚަރަދުގައި ކޮންމެ ގެއަކަށް ހަނޑޫ ބަސްތާއަކާއި ފުށްބަސްތާ އެއް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ޗައިނާއަށް ކުރެއްވި ފުރަތަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަސާސީ ކާބޯތަކެތި ހޯދުމަށް އެންމެ ގައުމަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ. މިހާރު ރާއްޖެއަށް ކާޑުގެ ބާވަތްތައް […]

ކުރީގެ ރައީސް ޔާމީން، ބައި އިލެކްޝަންގައި ވޯޓުލައްވައިފި

މާލެ ސިޓީގެ މޭޔަރަކު އިންތިހާބު ކުރުމަށް މިއަދު ކުރިޔަށްދާ ބައި އިލެކްޝަންގައި ކުރީގެ ރައީސް ޔާމީން ވޯޓުލައްވައިފި އެވެ. މާލޭގެ މޭޔަރާއި ކައުންސިލްގެ ތިން މެންބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަންގައި ޔާމީންގެ ތާއީދާ އެކު މާލޭގެ މޭޔަރަކަށް ވާދަކުރައްވަނީ ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދެވެ. ދެން މޭޔަރަކަށް ކުރިމަތިލައްވާފައި ވަނީ ޕީއެންސީގެ ފަރާތުން ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރާއި އެމްޑީޕީގެ ފަރާތުން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމާއި ދަ ޑިމޮކްރެޓްސްގެ […]

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy

Design By INCODE