ސެޕްޓެމްބަރ 19, 2024 23:46

ހުޅުމާލޭގައި "ޕެޓް ކެއަރ ފެސިލިޓީ"އެއް އެޅުމަށް ބިން ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

"ޕެޓް ކެއަރ ފެސިލިޓީ" އެއް އެޅުމަށް ހުޅުމާލެއިން ބިން ދޫކުރުމުގެ އެއްބަސްވުމެއްގައި، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި އެޗްޑީސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއެއްބަސްވުމުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މަރިޔަމް ވިޝާމާއެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ ލީގަލް ޑިރެކްޓަރ ފާތިމަތު ޝިއުނީއެވެ. ޕެޓް ކެއަރ ފެސިލިޓީ އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަރުކޮޅުފުށި ސަރަހައްދުގައެވެ. ޕެޓް ކެއަރ ފެސިލިޓީއަކީ އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތަކަށް ރައްކާތެރި މާޙައުލެއް ފޯރުކޮށްދިނުމަށް ހަދާ […]

މޫސުން ގޯސްވެ ކަނޑު ގަދަވެގެން، މަންޓާގެ ސީޕްލޭނަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

މޫސުން ގޯސްވެ ކަނޑު ގަދަވުމުގެ ސަބަބުން މަންޓާގެ ސީޕްލޭން އަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. "އެކްސިޑެންޓު އެމްވީ" ނަމުގައި ހިންގާ އެކްސް ޕޯސްޓަކުންވަނީ މަންޓާއެއަރގެ މި ބޯޓު ކޮންމެވެސް ރަށެއްގެ ރާޅުޖަފާށަށް އުރިފައިވާ ވީޑިއޯއެއް ޕޯސްޓު ކޮށްފައެވެ. އެ ވީޑިއޯއިން ފެނިގެން ދަނީ މަންތާ އެއާގެ ސީޕްލޭނަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ މަންޒަރު ފެނިފައި ވެއެވެ. އެގޮތުން ބޯޓުގެ ހަލްގެ އެންމެ ކުރީކޮޅަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވާއިރު، ފެންނަ ފެނުމަށް ކަނޑު ގަދަވުމުގެ ސަބަބުން […]

ބުއްދިއަށް ރައްކާތެރިވުމަކީ އިސްލާމީ ޝަރީއަތުގެ މުހިންމު މަގުސަދުތަކުގެ ތެރޭގައި ލައްވާފައިވާ ކަމެއް: ހުކުރުހުތުބާ

ރަނގަޅު ގޮތުގައި ބުއްދީގެ ބޭނުން ނުހިފާ މީހުންގެ ދަރަޖަ، މާތް اللهގެ ހަޟުރަތުގައި ހައިވާނުންނަށް ވުރެވެސް ދަށް ކަމަށާއި އިސްލާމީ ޝަރީޢަތުގެ މުހިންމު މަގުސަދު ތަކުގެ ތެރޭގައި ބުއްދިއަށް ރައްކާތެރިވުން ލައްވާފައިވާ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ. މަސްތުވާތަކެތީގެ ނުރައްކަލުގެ މައްޗަށް އަލިއަޅުވާލައި މިއަދު އިއްވި ޚުތުބާގައި ބުނީ، މާތް الله ސުބުޙާނަހޫ ވަތަޢާލާ ޚަލްގު ކުރެއްވި އެންމެހާއި މަޚްލޫޤުންގެ ތެރެއިން އެންމެ މާތް ކުރެއްވީ އިންސާނުން ކަމަށެވެ. އެއީ އެކަލާނގެ އެބައިމީހުންނަށް ދެއްވި ބުއްދި އާއި […]

ރައީސްގެ ދެކަނބަލުން ޗައިނާގެ ބޮޑުފާރު ހިމެނޭ ސަރަޙައްދަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޗައިނާގެ ބޮޑުފާރު ހިމެނޭ ސަރަޙައްދަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. ރައީސްގެ ދެކަނބަލުން އެ ސަރަޙައްދަށް ކުރެއްވި ޒިޔާރަތުގައި ދެބޭފުޅުންވެސް ވަނީ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. މެހުމާނުން ސޮއިކުރައްވާ ފޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ލިޔުއްވި ހަނދާނީ މެސެޖުގައި ޗައިނާގެ މި ބިނާއަކީ ހިތްވަރާ ކާމިޔާބީއާ އެކުވެރިކަމުގެ ތާރީޚީ ރަމްޒެއްކަމުގައި ސިފަކުރައްވާފައިވެއެވެ. އަދި ޗައިނާގެ ނަންހުރި ޙަޟާރަތަށް ތާރީފުކުރައްވާފައިވެއެވެ. ޗައިނާގެ ބޮޑުފާރަކީ ތާރީޚީ ގޮތުންނާއި، ސަގާފީ ގޮތުންނާއި، އެތަނުން […]

ދިގުރަށު ގޮނޑުން ފެނުނު ތުއްތު ކުއްޖާގެ ހަށިގަނޑު ވަޅުލައިފި

އދ. ދިގުރަށުގައި މި މަހުގެ ތެރޭގައި ކޮތަޅަކަށް ލައި އެއްލާލާފައި އޮއްވައި ފެނުނު ތުއްތު ކުއްޖާގެ ހަށިގަނޑު ރޭގައި ވަޅުލައިފިއެވެ. ތުއްތު ކުއްޖާގެ ހަށިގަޑު ވަޅުލާފައި މިވަނީ އދ. ދިގުރަށުގައި ވިހެއުމަށްފަހު އެއްލާލާފައި އޮއްވާ ތުއްތު ކުއްޖާ ފެނުނުތާ މަހަކަށްވުރެވެސް ގިނަ ދުވަސް ފަހުންނެވެ. އެކުއްޖާ އެއްލާލާފައި އޮއްވާ ފެނުނީ ފާއިތުވި ޑިސެމްބަރުމަހުގެ 4 ވަނަ ދުވަހުއެވެ. އެއަށްފަހު ތުއްތު ކުއްޖާގެ ހަށިގަނޑު ދެ ހަފުތާ ފަހުން ޕޯސްޓުމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވާލާފައިވަނީ ޑިސެމްބަރުމަހުގެ 16 ވަނަ ދުވަހުއެވެ. […]

މާލެއަށް ބޯކޮށް ވާރޭވެހެމުންދާތީ، ފެން ހިންދުމުގެ މަސައްކަތް ފަށައިފި: އެމްއެންޑީއެފް

މާލެއަށް ބޯކޮށް ވާރޭވެހެމުންދާތީ، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ފަށައިފިއެވެ. މިކަން ހާމަ ކޮށްފައިވަނީ އެމްއެންޑީއެފްއިން ކުރި އެކްސް ޕޯސްޓެއްގައެވެ. މެޓް އޮފީހުންވެސް ވަނީ ދާދިދެންމެއަކު ކ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ. މި އަތޮޅުތަކަށް ބޯކަށް ވާރޭވެހި ގުރުމުގެ އިތުރުން ވިލާގަޑުގައި 45މޭލަށް ވައިގަދަވެ އަދި ކަނޑުވެސް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި މިއަދު ހެނދުނު ވަނީ ރ. އަތޮޅުން ފެށިގެން ލ. އަތޮޅާއި […]

ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ހިންގައިފި

ޓެކްސީގެ ޚިދުމަތަށް އަލަށް ނުކުންނަ މީހުންނަށް އެއްގަމު ދަތުރު ފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރިކުރުވުމަށް ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމުގެ ފުރަތަމަ ބުރު ހިންގައިފިއެވެ. ފުލުހުން ބުނީ މި ހިނގާ ޖަނަވަރީ މަހުގެ 10 އަދި 11 ވަނަ ދުވަހު ތާޖުއްދީން ސްކޫލު ހޯލުގައި ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި، އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެކްސިޑެންޓްތަކާއި މަގުމަތީގައި ދިމާވާ އެކި މައްސަލަތައް ހައްލުކުރުމުގައި ޓެކްސީ ޑްރައިވަރުންގެ […]

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy

Design By INCODE