ސެޕްޓެމްބަރ 20, 2024 00:04

ޗައިނާގެ ބެއިޖިންގގައި ދިރިއުޅޭ ދިވެހިންނާ ރައީސް މިއަދު ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޗައިނާގެ ބެއިޖިންގގައި ދިރިއުޅޭ ދިވެހިންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަތުމުން އެކަމާ އުފާ ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި މިބައްދަލުކުރެއްވުމުގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ބައިވެރިވެފައިވާއިރު ރައީސް ވަނީ ދަރިވަރުން ބޭރު ޤައުމެއްގައި ކިޔަވަމުންދާއިރު ކުރިމަތިވާ […]

އަރިދަފުސް ރޯގާ ޖެހޭ މިންވަރު އިތުރުވެއްޖެ

ރާއްޖޭގައި އަރިދަފުސް ރޯގާ ޖެހޭ މިންވަރު އިތުރުވެފައިވާ ކަމަށް ޑިސެމްބަރު މަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިގޮތުން ނޮވެމްބަރު މަހު އަރިދަފުސް ރޯގާ ޖެހިގެން 30،410 ވޭދަނަ ރިޕޯޓްކޮށްފައިވާއިރު، ޑިސެންބަރު މަހު 31،225 ވޭދަނަ ރިޕޯޓްކޮށްފައި ވެއެވެ. ސިއްހަތާއި ބެހޭ ވުޒާރާއިން ބުނީ މި އަހަރުގެ ނޮވެންބަރު މަހާ އަޅާބަލާއިރު ޑިސެންބަރު މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކުރެވުނު އަދަދު މައްޗަށް ގޮސްފައިވާ ކަމަށެވެ. އެހެންކަމުން ކޮވިޑް އަދި އިންފްލުއެންޒާ ފަދަ ރޯގާ ތަކުން ރައްކާތެރިވުމަށް ފިޔަވަޅު […]

ކުށުގެ ރެކޯޑެއް ނެތުމުން، ކޯޓުން އަޒޭ ދޫކޮށްލައިފި

ފިލްމީ ދާއިރާގައި މަސައްކަތް ކުރާ އަހުމަދު އަޒްމީލް (އަޒޭ) މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން ކްރިމިނަލް ކޯޓުގެ މުއްދަތުކޮމިޓީން އޭނާ ދޫކޮށްލަން އަމުރުކޮށްފިއެވެ. ފުލުހުން އަޒޭ ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޑްރަގް އެންފޯސްޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އިއްޔެގެ ރޭ ކޯޓު އަމުރެއްގެ ދަށުން ވިލިމާލޭގެ ފުލެޓެއް ބަލައިފާސްކުރުމުގެ ތެރެއިންނެވެ. ފުލުހުން ބުނެފައިވަނީ އެ ފްލެޓް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް […]

ރައީސް ޑރ މުއިއްޒު، ވާވޭ ބެއިޖިންގ ކޮންވެންޝަން ސެންޓަރަށް ޒިޔާރަތެއް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވާވޭ ބެއިޖިންގ ކޮންވެންޝަން ސެންޓަރަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. ވާވޭ ބެއިޖިންގ ކޮންވެންޝަން ސެންޓަރަށް ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ވަފުދު ވަޑައިގަތުމުން، ވާވޭގެ އިސްވެރިން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ‎ވާވޭ ކުންފުނީގެ މަންދޫބުން ވަނީ ރައީސް ޑރ މުއިއްޒަށް އެ ކުންފުނީގެ އެންމެ ފަހުގެ އުފެއްދުންތަކާ ގުޅޭގޮތުން ތަފުސީލު މަޢުލޫމާތުތަކެއް ވަނީ ހިއްސާކޮށްފައެވެ. އީޖާދީ މިފަދަ ކުރިއެރުންތަކުގެ ސަބަބުން ސަރުކާރުތަކަށާއި އަމިއްލަ ފަރުދުންގެ އާންމު ދިރިއުޅުމަށް އިތުރު ފަސޭހަ ގެނުވާ ގޮތްތަކުގެ […]

އިސްރަށްވެހިންގެ ގައުމީ ސިޔާސަތު ކަށަވަރު ކުރުމަށް ވޯކްޝޮޕެއް ބާއްވައިފި

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއާއި، އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔޫއެން އެސްކެޕް) އާއި ގުޅިގެން، އިސްރަށްވެހިންނަށް ހާއްސަ ގައުމީ ސިޔާސަތެއް ކަށަވަރު ކުރުމަށް މަސައްކަތު ބައްދަލުވުމެއް ވަނީ ކުރިއަށް ގެންގޮސްފިއެވެ. މިއަދު ހެނދުނުން ފެށިގެން ހަވީރުގެ ނިޔަލަށް ސޮލައިޓް ރެސްޓޯރެންޓްގައި ކުރިއަށް ގެންދިޔަ މި މަސައްކަތުބައްދަލުވުން ޝަރަފުވެރި ކޮށްދެއްވީ ޑރ. އާއިޝަތު އިކްރާމެވެ. މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ އިސްރަށްވެހިންނަށް ހާއްސަ ކޮށްގެން މިހާރު […]

އާސަންދައިގެ ދަށުން ޑީއެންއޭ ޓެސްޓު ހެދޭގޮތައް ހަމަޖައްސައިފި

އާސަންދައިގެ ދަށުން ޑީއެންއޭ ޓެސްޓު މިހާރު ހެދޭ ގޮތަށް ހަމަޖައްސާފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ. އެކްސްގައި ކުރި ޕޯސްޓެއްގައި ހެލްތު މިނިސްޓްރީން ބުނެފައިވަނީ ޑީއެންއޭ ޓެސްޓް އާސަންދައިގެ ތެރެއިން ހެދޭނެ ގޮތް ހަމަޖެެއްސީ ރައްޔިތުންނަށް ދޭ ސިއްހީ ހިދުމަތް ހަރުދަނާ ކުރުމަށް ކަމަށެވެ. "ރައްޔިތުންނަށް ދެވޭ ސިއްހީ ޚިދުމަތް ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ޑީ.އެން.އޭ ޓެސްޓް އާސަންދައިގެ ތެރެއިން މިހާރު ހަމަޖެހިގެންދާނެ."- ހެލްތު މިނިސްޓްރީ އާސަންދައިގެ ދަށުން އަހަރަކު ދެފަހަރު ހިލޭ މެޑިކަލް ޗެކަޕް […]

ޗައިނާގެ އެހީގައި ރަސްމާލެ ތަރައްގީ ކުރަން 30،000 ހައުސިން ޔުނިޓު އަޅަނީ

މި ސަރުކާރުން ހިންގާ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ރަސްމާލޭގައި 30,000 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ޗައިނާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ޗައިނާއާއެކު 20 އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާއިރު، އޭގެ ތެރެއިން އެއް އެއްބަސްވުމަކީ ރަސްމާލޭގައި ހައުސިން ޔުނިޓް އިމާރާތްކުރުމުގެ އެއްބަސްވުމެވެ. […]

ސައްހަނޫން ޑޮލަރުގެ ނޫޓުތަކެއް ދައުރުވަމުންދާތީވެ ސަމާލުވުމަށް އެދިއްޖެ

މިހާރަކަށް އައިސް ސައްހަ ނޫން  ޔޫއެސް ޑޮލަރުގެ 100، 50 އަދި 20 ގެ ނޫޓުތަކެއް ދައުރުވަމުންދާކަން ދިވެހި ފުލުހުންގެ ހިދުމަތަށް ފާހަގަކުރެވިފައިވާތީ، އެކަމަށް އާންމު ރައްޔިތުން މިހާރަަށް ވުރެ ބޮޑަށް ސަމާލުކަން ދެއްވުމަށް  ފުލުހުން އިލްތިމާސްކޮށްފިއެވެ. މިކަމާ ގުޅިގެން ފުލުހުން ބުނީ ސައްހަނޫން ޑޮލަރު ބޭނުންކޮށްގެން އެކިތަންތަނުން ވިޔަފާރީގެ މުއާމަލާތްތައް ކޮށްފައިވާ މައްސަލަތަކެއްވެސް ފުލުހުންނަށް ހުށައަޅާފައިވާ ކަމަށާއި އަދި  އެ މައްސަލަތައް އެ ފަރާތުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ. އެގޮތުން ސައްހަނޫން ޑޮލަރު ބޭނުންކޮށްގެން […]

މާލޭސިޓީގެ ގެއަކުން މަސްތުވާތަކެއްޗާއެކު ދެމަފިރިއަކު ހައްޔަރުކޮށްފި: ފުލުހުން

މާލޭ ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު ދެމަފިރިއަކު ހައްޔަރުކޮށްފިއެވެ. މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ ނުވަވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ 25 އަހަރުގެ ދިވެހި ފިރިހެނަކާއި 32 އަހަރުގެ ދިވެހި އަންހެނެކެވެ. ފުލުހުން މިއަދު ބުނީ މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 11 ވޭޕް ކާޓްރިޖާއި ގިނަ އަދަދެއްގެ ދިވެހި ފައިސާ ފެނިފައިވާ ކަމަށެވެ. […]

ދޮންއަދަރާދަ މަގު ހުޅުވުމުގެ މަސައްކަތް ފަށައިފި

ދޮންއަދަރާދަ މަގުގައި ހުންނަ ސްޓެލްކޯގެ ޕަވާ ހައުސް އެ ތަނުން ނަގައި، އެ މަގު އާއްމުންނަށް އެއްކޮށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލުމުގެ މަސައްކަތްތައް ފަށައިފި އެވެ. މިކަން ހާމަކޮށްފައިވަނީ މި މަގު ހުޅުވާލުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ނޫސްވެރިންނަށް ދައްކާލުމަށް ފަހު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީއެވެ. އޭނާ ވިދާޅުވީ އެ މަސައްކަތް ކުރަމުންދަނީ އެމްޓީސީސީއިން ކަމަށާއި މިހާރު މަސައްކަތްތަކުގެ 40 އިންސައްތަ ނިމިފައިވާ ކަމަށެވެ. ފަހުމީ އިތުރަށް ވިދާޅުވި ގޮތުއި އެބޭފުޅުން މަސައްކަތް ކުރަމުން […]

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy

Design By INCODE