ސެޕްޓެމްބަރ 20, 2024 03:47

މާޗު މަހުގެ 17 ގައި މަޖިލީސް އިންތިހާބު ބާއްވަަން އީސީން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފިއެވެ. އީސީއިން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރޯދަ މަހަށްފަހު އިންތިހާބު ބޭއްވުމަށް ނިންމައިފިނަމަ އިދާރީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށާއި އިންތިހާބު އަވަސް ކުރަން ނިންމީ އެސަބަބަށްޓަކައި ކަމަށެވެ. މީގެއިތުރުން ފިތުރު އީދަށްފަހު އަންނަ ހަފުތާއަކީ މިހާރު އިސްލާހު ކޮށްފައިވާ ދިރާސީ ކަލަންޑަރުގައިވާ ގޮތުން ސްކޫލުތަކުގެ އިމްތިހާނު ދުވަސްތައް ކަމުން އެ ހަފުތާ، އިންތިހާބުގެ ބޭނުންތަކަށް ސްކޫލުތައް ނުލިބޭނެތީ […]

ސަރުކާރުން 4.2 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ހުޅުވާލައިފި

ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން 4.2 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފިއެވެ. އަންނަ އާދީއްތަ ދުވަހު 4.2 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކުމަށް ހަމަޖެހިފައިވާކަމަށް ފިނޭންސް މިނިސްޓްރީން އިއްޔެ ހާމަކޮށްފައިވާއިރު ޓީ-ބިލަކީ އިންޓަރެސްޓާ އެކު އަނބުރާ ދައްކާ ގޮތަށް ސަރުކާރުން ނަގާ ފައިސާއެކެވެ. މި ޓީ-ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިތުރުން އަމިއްލަ ބައެއް ކުންފުނި ތަކުންނެވެ. އެގޮތުން ވިއްކާ ޓީ-ބިލްތަކަކީ: 28 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ […]

ޖުވެނައިލް ކޯޓުގެ ވެބްސައިޓު އިންޑިއާއިން ހެކުކޮށް އިންޒާރެއް ދީފި

ދިވެހިރާއްޖޭގެ ޖުވެނައިލް ކޯޓުގެ ވެބްސައިޓު އިންޑިއާއިން ހެކުކޮށް އިންޒާރެއް ދީފިއެވެ. ބާރަތިޔާ ހެކަރުން ކިޔާ ގްރޫޕަކުން ޖުވެނައިލް ކޯޓުގެ ވެބްސައިޓު ހެކުކޮށް ލިޔެފައިވާ އިންޒާރުގައި ވަނީ ވެބްސައިޓް ހެކްކުރީ، ދިވެހި ސަރުކާރުގެ ބައެއް ބޭފުޅުން ދާދިފަހުން ދެއްކެވި ހަރުކަށި އަދި ހަޑިހުތުރު ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށެވެ. "މިއީ އިންޒާރެއް ކަމަށް ދެކޭ. އެފަދަ ނަފްރަތު އުފެދޭ ވާހަކަތަކާއި ނަސްލީ ތަފާތުކުރުން ދެމެހެއްޓުން ބަލައެއް ނުގަންނާނަން. ތިޔަބޭފުޅުންގެ ސައިބަރ ސްޕޭސްއަށް ވަރަށް ބޮޑަށް އަސަރުކޮށްފާނެ ފަދަ […]

ގައުމީ ވޮލީބޯޅަ މުބާރާތު: ދެ މުބާރާތުގެ ޗެމްޕިއަންކަންވެސް ވެމްކޯއާއެކު މާޖިދާ ހޯދައިފި

ޤައުމީ ވޮލީބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ވެމްކޯގެ އައިޝަތު މާޖިދާ ހޯދައިފިއެވެ. މާޖިދާ ވަނީ މި ނިމުނު ޑިސެމްބަރުމަހު ނިމުނު އެސޯސިއޭޝަން ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދާފައެވެ. އަދި ދެ މުބާާރާތުގައިވެސް މާޖިދާ ވަނީ ވެމްކޯއާއެކު ޗެމްޕިއަންކަން ހޯދާފައެވެ. މާޖިދާ އކީ އެސޯސިއޭޝަން ކަޕްގެ ސެކަންޑް ބެސްޓް އައުޓްސައިޑް އެޓޭކަރވެސްމެއެެވެ. ދެ މުބާރާތުގައިވެސް މާޖިދާ ވަނީ އެއް ފެންވަރެއްގައި މޮޅަށް ކުޅެ, ވެމްކޯ އަށް ތަށި ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. ޓީމްގެ ކެޕްޓަނަށް […]

ފައިތިލަ އޮމާންކޮށް ރީތިކޮށްލަން ބޭނުންތަ؟ ހިނގާ އަޖުމަ ބަލާލަމާ!

ރީތި ފައިތިލައަކީ މީހާގެ ސާފުތާހިރުކަމުގެ އެންމެ ބޮޑު ހެކިދޭ ތަނޭ ދުވަސްވީ މީހުން ބުނެ އުޅެއެވެ. ފައިތިލައިގެ ހަން ބޯ ވެ ފަޅަފަޅައިގެން ދިއުމަކީ މީހާގެ ސިއްހަތަށްވެސް އޭގެ އަސަރު ކުރާނެ ކަމެކެވެ. އެހެންނަމަވެސް ދިވެހިރާއްޖެ ފަދަ ހޫނު ގައުމެއްގައި މިއީ ވަރަށް އާންމުކޮށް ދިމާވާ މައްސަލައެއްވެސް މެއެވެ. ފައިތިލަ އޮމާންކޮށް ރީތިކޮށްލުމަށް ގިނަ ހަރަދުތަކެއް ކުރުމަށް ވުރެ ފަސޭހަ މޮޅު ގޮތެއް ހޯދުން ކިހިނެއްވާނެހެއްޔެވެ. ނިކަން ބަލާލަމާ ހިނގާށެވެ. ކޮކާކޯލާއަކީ ވަރަށް ގިނަ މީހުންނަށް ކަމުދާ […]

ރައީސްގެ ޗައިނާ ދަތުރުފުޅުގައި ބޭއްވި އިންވެސްޓްމެންޓު ފޯރަމުގައި ބޮޑެތި އިންވެސްޓަރުން ބައިވެރިވި: ސައީދު

ޗައިނާގައި މި ފަހަރު ރާއްޖެ އިން ބޭއްވި އިންވެސްޓްމަންޓް ފޯރަމަށް ކުރީގެ އަހަރުތަކާ އަޅާ ބަލާއިރު ބޮޑެތި އިންވެސްޓަރުން ބައިވެރިވިކަމަށާއި މިއީ ލިބުން ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުއިއްޒު ޗައިނާ އަށް ކުރައްވާ ދަތުރުފުޅުގައި ސައީދު ބައިވެރިވެވަޑައިގެންފައިވާއިރު، އޭނާ ވިދާޅުވީ ދިވެހިރާއްޖެއަކީ ޗައިނާއާ ގާތް ގުޅުން އޮތް ގައުމަކަށް ވާތީ ޗައިނާގެ ސަރުކާރާއި އެ ގައުމުގެ ބޮޑެތި އިންވެސްޓަރުންގެ އިތުބާރު ރައީސް ޑރ. މުއިއްޒާއި ދިވެހި […]

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy

Design By INCODE