ސެޕްޓެމްބަރ 19, 2024 23:47

ބޫޓާންގެ އިންތިޚާބީ ބޮޑުވަޒީރަށް ރައީސްގެ ތަހުނިޔާގެ މެސެޖެއް

ބޫޓާންގެ ބޮޑުވަޒީރުގެ މަގާމަށް ޝެރިންގ ތޮބްގޭ އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެން އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ. އެމަނިކުފާގެ މެސެޖުގައި، ބޫޓާންގެ ބޮޑުވަޒީރުގެ އައު ޒައާމަތުގައި، ބޫޓާން ތަރައްޤީގެ އައު އުސްމިންތަކަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެކަމުގެ ޔަޤީންކަން އޮތްކަމުގައި ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، މި ފެށިގެންދާ އައު ދައުރުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް ބޫޓާންގެ ބޮޑުވަޒީރާއެކު ގާތްކޮށް މަސައްކަތް ކުރެއްވުމަށް އުއްމީދު ކުރައްވާކަމުގައިވެސް މި މެސެޖުގައިވެއެވެ. އަަދި ދިވެހިރާއްޖެއާއި ބޫޓާންއާ ދެ […]

ރިޔާސީ އިންތިހާބާ އަޅާބަލާއިރު އިތުރު 1523 މީހަކަށް މަޖިލިސް އިންތިހާބުގައި ވޯޓު ލެވޭނެ: އީސީ

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ އަޅާ ބަލާއިރު، މި އަހަރުގެ މާޗު 17 ގައި އޮންނަ މަޖިލިސް އިންތިހާބުގައި އިތުރު 1523 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިގެންވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ބުނެފިއެވެ. މި އިންތިހާބުގައި ވޯޓު ލެވޭ މީހުންގެ ޖުމުލަ އަދަދު ހާމަކުރައްވަމުން އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަޖިލިސް އިންތިހާބުގައި ޖުމުލަ 284،327 ފަރާތަކަށް ވޯޓު ލެވޭނެކަމަށާއި އެއީ 145162 […]

ރައީސްގެ ދެކަނބަލުންގެ ޝަރަފުގައި ޗައިނާގެ ރައީސްގެ ދެކަނބަލުން ފުރަމާނަ ޖާފަތެއް ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ޕަންގ ލީއުޔަން، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި މިރޭ ފުރަމާނަ ޖާފަތެއް ދެއްވައިފިއެވެ. މިދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ކުރައްވާ ދަތުރުފުޅެކެވެ. އަދި މި ދަތުރުފުޅުގައި މިއަދު ވަނީ ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައެވެ. […]

މޫސުން ގޯސް- ޅ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ރީނދޫ ސަމާލު!

މޫސުން ގޯސްވެ ޅ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ނެރުނު އެލާޓުގައިވާ ގޮތުން މި ސަރަހައްދަށް ގަދަވަޔާއި ގުގުރާ ވިދުމާ އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށްފައިވެއެެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށްވެސް ލަފާކޮށްފައިވެއެވެ. މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާ ހަމައަށް ވައިޓް އެލާޓްވެސް ނެރެފައެވެ. އެހެންކަމުން ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަކޮށް ސަމާލުވުމަށް […]

ގިނަ ދާއިރާތަކުގައި ގުޅުން ބަދަހިކުރުމަށް، 20 އެއްބަސްވުމެއްގައި ސޮއިކޮށްފި

ރައީސް މުޢިއްޒު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރު ފުޅުގައި، ގިނަ ދާއިރާތަކާއި ގުޅުންހުރި 20 އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރައްވާފައިވަނީ، އެއްބަސްވުމުގެ ދާއިރާތަކާއި ގުޅުންހުރި ވަޒީރުންނެވެ. ޗައިނާގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނެވެ. އަދި މި ސްމިއްޔާތުގައި ރައީސް މުއިއްޒުއާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ރައީސް ޑރ.މުޢިއްޒުގެ ދެނކަބަލުން، ޗައިނާއަށް ކުރަށްވާ މި ރަސްމީ ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ […]

މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު، މިހާތަނަށް 276 މިލިއަން ރުފިޔާ މަސްވެރިންނަށް ވަނީ ދޫކޮށްފައި: ވަޒީރު ޝިޔާމް

މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 276 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. ޗައިނާގައި މިވަގުތު ހުންނަވައިގެން ދައުލަތުގެ މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ޝިޔާމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު މިހާތަނަށް މަސްވެރިންނަށް 276 މިލިއަން ރުފިޔާ ދޫކުރެވިފައިވާ ކަމަށާއި އަދިވެސް މަސްވެރިންނަށް ނުދެވި ފައިސާ އެބަހުރި ކަމަށެވެ. އެންމެފަހުން މަސްވެރިންނަށް ފައިސާ ދޫކުރެވުނު ފަހުން ފައިސާ ނުދެވި […]

ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް ހަވާލުކޮށްފައިވާ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނިން 125މިލިއަން ރުފިޔާ ދައްކައިފި: ވަޒީރު ރާފިއު

މިދިޔަ ސަރުކާރުން ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމަށް ހަވާލްކޮށްފައިވާ ފަރާތްތަކަށް ދައްކަންޖެހޭ އެތައް މިލިއަން ރުފިޔާގެ ދަރަނީގެ ތެރެއިން 125 މިލިއަން ރުފިޔާ ދެއްކިފައިވާކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ. ރާފިއު މިހެން ވިދާޅުވީ ނޫސްވެރިންނާ ބައްދަލު ކުރައްވައި މައުލޫމާތު ދެއްވަމުންނެވެ. މިދިޔަ ސަރުކާރުން ފަށާފައިވާ 232 މަޝްރޫއުގެ ތެރެއިން ފައިސާގެ މައްސަލަތަކުގެ ސަބަބުން ގިނަ ޕްރޮޖެކްްޓްތަކެއް ހުއްޓިފައިވާ ކަން ފާހަގަަކުރައްވައި ވަޒީރު ރާފިއު ވިދާޅުވީ, އެ މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ފައިސާކަމަށްވާ […]

ފުލުހުންގެ އެކި މަގާމުތަކުގެ ވަޒީފާތަކަށް ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް ޕޮލިސް ސާވިސްގެ އެކި މަގާމުތަކަށް އިއުލާން ކޮށްފިއެވެ. ފުލުހުންގެ އިދާރާއިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ ފުލުހުންގެ ކޮންސްޓަބަލް، ސާޖަންޓް ގްރޭޑް 1،2،3، ސީނިއަރ ސާޖަންޓް ގްރޭޑް 1 އަދި 2 ގެ މަގާމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި ކަމަށެވެ. އަދި ވަޒީފާއަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުގެ 16:00 އާ ހަމައަށް ވަނީ ހުޅުވާލާފައި ކަމަށްވެސް އެ އިއުލާނުގައި ހާމަކޮށްފައިވެއެވެ. މި މަގާމުތަކުގެ […]

ފިލްމީދާއިރާގައި މަޝްހޫރުއެކްޓަރ އަދި ނެށުންތެރިިޔާ، ޔާރާސީރީޒްގެ ކާމިޔާބު ބަތަލް "އަޒޭ" މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

ފިލްމީ ތަރި އަހްމަދު އަޒްމީލް (އަޒޭ) މަސްތުވާތަކެއްޗާއެކު ހައްޔަރު ކޮށްފިއެވެ. ޔާރާ ޕްރޮޑަކްޝަންގެ ގިނަ ލަވަތަކާއި ޑްރާމާ އަދި ފިލްމުތަކުގެ ލީޑް ބަތަލް އަދި ރާއްޖޭގެ އެންމެ ކުރީސަފުގައި ތިބި ފަންނާނުންނާ ފައި ހަމަކުރަމުން އަންނަ އަޒޭ ހައްޔަރުކޮށްފައި ވަނީ ވިލިމާލާގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓުގައި ހުއްޓާ ރޭގެ ވަގުތެއްގައި ކަމަށް "މިހެން" އަށް ވަނީ މައުލޫމާތު ލިބިފައެވެ. އަޒޭ އާއެކު އިތުރު މީހަކުވެސް ހައްޔަރު ކޮށްފައެވެ. "މިހެން" އަށް އެނގިފައިވާ ގޮތުގައި އަޒޭއާއެކު ހައްޔަރުކޮށްފައިވަނީ އޭނާގެ […]

ރައީީސް ޑރ މުއިއްޒު ޗައިނާގެ ރައީީސްއާ ބައްދަލު ކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޗައިނާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ރައީސް، ޝީ ޖިންޕިން، ރައީސް ޑރ. މުއިއްޒަށް މިއަދު ރަސްމީކޮށް މަރުޙަބާ ދަންނަވައިފިއެވެ. ރައީސް ދެކަނބަލުން ޗައިނާގެ ވެރިރަށް ބެއިޖިންގގައި ހުންނަ ގްރޭޓް ހޯލް އޮފް ދަ ޕީޕަލްއަށް ވަޑައިގަތުމުން، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދެކަނބަލުން ވަނީ ރަތްދޫލައިގެ ހޫނު މަރުޚަބާއެއް ދަންނަވައިފައެވެ. އަދި ރައީސް ޑރ. މުޢިއްޒުގެ ޝަރަފުގައި ބޭއްވި އޮނަގާޑެއް […]

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy

Design By INCODE