ސެޕްޓެމްބަރ 20, 2024 06:41

މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން ސަތޭކަ މިލިއަން ރުފިޔާ މާދަމާ ހަވާލުކުރަނީ

މިފްކޯ އިން މަސްވެރިންނަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ، މަދަމާ ހަވާލުކުރާނެ ކަމަށްބުނެފިއެވެ. މިފްކޯއިން މިކަން ހާމަކުރީ މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައެވެ. މިފްކޯއިން އެކްސްގައި ކޮށްފައިވާ ޕޯސްޓުގައި ވަނީ މަސްވެރިން އެ ކުންފުންޏަށް ދޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ. "މި ފުރުސަތުގައި މަސްވެރިންގެ ފަރާތުން މިފްކޯއަށް ދެއްވަމުން ގެންދަވާ އެއްބާރުލުމަށް ނިހާޔަތަށް ޝުކުރު ދަންނަވަން،" މިފްކޯއިން ބުންޏެވެ. އާ ސަރުކާރު ހަވާލުވީއިރު މަސްވެރިންނަށް 200 މިލިއަން ރުފިޔާ ނުދީ އޮތް ކަމަށް ފިޝަރީޒް […]

ތަމްރީނުތަކެއް ހެދުމަށް ދިވެހި ނަރުހުންތަކެއް އިންޑިޔާއަށް ފުރައިފި

އިންޑިޔާއިން ހާއްސަަ ތަމްރީނުތަކެއް ހެދުމަށް ދިވެހިން ނަރުހުންގެ ޓީމެއް ފުރައިފިއެވެ. މިޓީމުގައި އިންޑިޔާއަށް މިފަހަރު ފުރީ ނަވާރަ ނަރުހުންނެވެ. އެއީ ގއ. އަތޮޅު ހޮސްޕިޓަލާއި ގަމު ރީޖަނަލް ހޮސްޕިޓަލާއި އައްޑޫ ހޮސްޕިޓަލާއި ފުވައްމުލަކު ހޮސްޕިޓަލު އަދި ހުޅުމާލޭ ހޮސްޕިޓަލުގެ ނަރުހުންގެ ގޮތުގައި މަސައްކަތް ކުރަމުންދާ ފަރާތްތަކެކެވެ. މިކަން ހާމަކުރައްވާފައި ވަނީ ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުންނެވެ. މިއީ އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން (އައިޓީއީސީ) ގެ ފަރާތުން ކުރިއަށް ގެންދާ "ނާސިން ލީޑަޝިޕް އެންޑް […]

ރައީސް ޑރ މުއިއްޒުގެ ދެކަނބަލުން، ޗައިނާގެ ހޮންގދޮންގ އަދި ފޫޖިއާންގެ ދާރުލްއާސާރަށް ޒިޔާރަތް ކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން، ޗައިނާގެ ހޮންގދޮންގ ފިޝަރީ ކޯޕަރޭޝަނަށް އަދި ފޫޖިއާންގެ ދާރުލްއާސާރަށް ޒިޔާރަތްކުރައްވައިފިއެވެ. މިޒިޔާރަތުގައި ރައީސްގެ ދެކަނބަލުން ޗައިނާގެ ތާރީހާއި ސަގާފަތް ދައްކުވައިދޭ ބައެއް އާސާރީ ތަކެތި ބައްލަވައިލެއްވިއެވެ. އަދި ދާރުލްއާސާރުގެ މުހިންމުކަމާ ގުޅޭގޮތުން އެތަނުގެ އިސްވެރިން ވަނީ ރައީސްގެ ދެކަނބަލުންމަށް މައުލޫމާތު ދެއްވާފައެވެ. ރައީސްގެ ދެކަނބަލުން ވަނީ ހޮންގދޮންގ ފިޝަރީ ކޯޕަރޭޝަނަށް ޒިޔާރާތް ކުރައްވާ އެކުންފުނީގެ މަސައްކަތް ތަކާގުޅޭ ވީޑިޔޯ ޕްރެޒެންޓޭޝަނެއްވެސް ބައްލަަވާލެއްްވިއެވެ. ހަމައެހެންމެ ރައީސްގެ ދެކަނބަލުންނަށާއި، އަރިހުގައި ވަޑައިގެންނެވި ދިވެހި […]

ޓީޗަރުން ހަމަނުވެ ކިޔެވުން ފެށުމާ ގުޅިގެން ދަނބިދޫ ސުކޫލުގެ ބެލެނިވެރިން އިހުތިޖާޖު ކުރަނީ

ލ. ދަނބިދޫ ސްކޫލްގެ ޓީޗަރުން ހަމަނުވުމުގެ އިތުރުން ގިނަ މައްސަލަތަކެއް ހުރުމާ ގުޅިގެން އެ ރަށު ސްކޫލުގެ ބެލެނެވެރިން ނިކުމެ ސްކޫލު ބަންދުކޮށް އިހްތިޖާޖުކުރަން ފަށައިފިއެވެ. ދަނބިދޫ ކައުންސިލުން ނައިބު ރައީސް ހުސެއިން ފަޒީލް ވިދާޅުވީ ބެލެނިވެރިން މިހާރުވެސް އިހުތިޖާޖު ކުރަމުންދާ ކަމަށާއި އިހުތިޖާޖު ކުރަމުން ދަނީ އެ ސްކޫލުގެ ޓީޗަރުން ހަމަނުވުމާއި ސްކޫލު އިމާރާތް ބާވެ، ގިނަ މަރާމާތުތަކަކަށް ބޭނުންވެފައިވާތީ ކަމަށެވެ. "ސްކޫލަށް ޓީޗަރުން ހަމަނުވާތާ 5 އަހަރު ވެއްޖެ. މިދިޔަ އަހަރު އެއްކޮށްވެސް ކިޔަވައިދިނީ […]

ރާއްޖޭގެ ތަރައްޤީގެ ތަސައްވަރަކީ އެކުގައި މަސައްކަތްކޮށް ތަންފީޒުކުރުމަށް އަމާޒުހިފުން- ރައީސް

ދިވެހިރާއްޖޭގެ ތަރައްޤީގެ ތަސައްވުރަކީ ގުޅިގެން، އެކުގައި މަސައްކަތްކޮށް އަދި ކަންކަން ތަންފީޒުކުރުމަށް އަމާޒުހިފުމުގެ ތަސައްވުރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ޗައިނާގެ ފޫ ޖޮއު ސްޓްރެއިޓް އިންޓަރނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައި މިއަދު ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިމުފާނުގެ ވާހަކަފުޅުގައި އެމަނިކުފާނު ޗައިނާއަށް ކުރައްވާ މި ދަތުރުފުޅަކީ އެމަނިކުފާނު ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުކަން ފާހަގަކުރައްވައި، މި ދަތުރުފުޅުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި، ދިވެހިރާއްޖެއާއި […]

ރައީސުްގެ އަނބިކަނބަލުން ސާންފާންގ ޗީޝިއާންގއަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޗައިނާގެ ފޫ ޖޮއުގެ ސާންފާންގ ޗީޝިއާންގއަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. މި ޒިޔާރަތުގައި ސާންފާންގ ޗީޝިއާންގގެ ފަރާތުން އެތަނާގުޅޭ މަޢުލޫމާތު އެކަމަނާއާ ކުރެއްވިއެވެ. އޭގެ އިތުރުން ސާންފާންގ ޗީޝިއާންގގައި ހިމެނޭ އެކިތަންތަނަށް ޒިޔާރަތްކުރައްވައި އެތަންތަނާ ގުޅޭ މަޢުލޫމާތު އެކަމަނާ އޮޅުންފިލުއްވިއެވެ. ސާންފާންގ ޗީޝިއާންގ އަކީ ތަންގ ޑައިނަސްޓީ ޒަމާނުގައި ޢުމްރާނީ ތަރައްޤީގައި ބޭނުންކޮށްފައިހުރި ތާރީޚީ ކަންކަން ދައްކުވައިދޭ، ޗައިނާގެ ފޫ ޖޮއުގައި ހިމެނޭ ސަގާފީ ސަރަހައްދެކެވެ. ރައީސްގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން […]

ރައީސް ޑރ މުއިއްޒު، މާލޭގެ ރައްޔިތުންނަށް ދައްކަވާފަ ހުރީ މާލެ ތަރައްގީ ކުރެއްވޭ ވަރުގެ ކެންޑިޑޭޓެއް: ނާއިބު ރައީސް

ރައީސް ޑރ މުހައްމަދު މުއިއްޒު މާލޭގެ ރައްޔިތުންނަށް ދައްކަވާފަ ހުރީ މާލެ ތަރައްގީ ކުރެއްވޭ ވަރުގެ ކެންޑީޑޭޓެއް ކަމުގައި ނާއިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ. ނާއިބު ރައީސް ހުސެއިން މުހައްމަދު ލަތީފު މިހެން ވިދާޅުވީ ގަލޮޅުގައި ރޭ ބޭއްވި، މާލޭގެ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ އާޒިމާ ޝަކޫރުގެ ކެމްޕޭންގެ ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނާއިބު ރައީސް ވިދާޅުވީ ރައީސް ޑރ. މުއިއްޒު މާލޭގެ ރައްޔިތުންނަށް ދައްކަވާފަ ހުރީ […]

ޝައިޚް ޙަސީނާ އަލުން އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން އެކަމަނާއަށް ތަހުނިޔާގެ މެސެޖެއް

ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ މަގާމަށް، އެ ޤައުމުގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ އައު ދައުރަކަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން އެކަމަނާއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ. ރައީސްގެ މެސެޖުގައި، ޝައިޚް ޙަސީނާގެ ވެރިކަމުގައި ބަންގްލަދޭޝްގެ ރައްޔިތުންނަށް ދެއްވަމުން ގެންދަވާ އަހަންމިއްޔަތު ފާހަގަކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވާފައިވެއެވެ. އަަދި ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެ ޤައުމަކީ ގާތް އަވަށްޓެރި ދެ ޤައުމު ކަމަށާއި، ދެ ޤައުމުގެ ދެމެދު އޮންނަ އެކުވެރިކަމުގެ ޒަމާންވީ […]

ފޫޖިއާން ޕްރޮވިންސްގެ ގަވަރނަރ އާ ރައީސް ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ސެކްރެޓަރީ އޮފް ދަ ސީ.ޕީ.ސީ. ފޫޖިއާން ޕްރޮވިންޝަލް ޕާޓީ ކޮމިޓީ، އަދި ޗެއާމަން އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ފޫޖިއާން ޕްރޮވިންޝަލް ޕީޕަލްސް ކޮންގްރެސް ޗޯ ޒު އީ އާއި، ޑެޕިއުޓީ ސެކްރެޓަރީ އޮފް ދަ ސީ.ޕީ.ސީ. ފޫޖިއާން ޕްރޮވިންޝަލް ޕާޓީ ކޮމިޓީ، އަދި ފޫޖިއާން ޕްރޮވިންސްގެ ގަވަރނަރ ޖާއޮ ލޮންގ އާ މިއަދު ބައްދަލުކުރައްވައިފިއެވެ. ފޫޖިއާން ޕްރޮވިންސްގެ އިތުރު ބައެއް […]

ހުނާން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓްގެ ވެރިން، ރައީސްގެ އަރިހަށް ޒިޔާރަތެއް ކުރައްވައިފި

ހުނާން ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރ ސައި ދިއާންވެއި އާއި އިސްވެރިން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ސައި ދިއާންވެއި ވަނީ އެ ކުންފުންޏާ ބެހޭ އާންމު ތަޢާރަފަކާއި، އެ ކުންފުނިން ކުރިއަށް ގެންގޮސްފައިވާ ބައެއް މަޝްރޫޢުތަކާ ބެހޭ މައުލޫމާތު ރައީސްއާ ހިއްސާކުރައްވާފައެވެ. މީގެ އިތުރުން ދެޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުން ހިމެނޭ ގޮތަށް، ދިވެހިރާއްޖެއާއެކު ގުޅުން ބަދަހިކުރުމުގެ ޝައުގުވެރިކަން އެމަނިކުފާނު ފާޅުކުރެއްވިއެވެ. މި ބައްދަލުވުމުގައި […]

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy

Design By INCODE