ސެޕްޓެމްބަރ 20, 2024 04:15

ރައީސްގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅެއްގައި ޗައިނާއަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޗައިނާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ރޭ ފުރާވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ފުރަމާނަ ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ދެ ޤައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުން ބަދަލުކުރުމަށްވެސް ހަމަޖެހިފައިވެއެވެ. އެގޮތުން ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި، ފަންނީ […]

ދިރާސީ އައު އަހަރުގެ ކިޔެވުން 2026ގައި ޖެނުއަރީ މަހު ފަށާގޮތަށް ނިންމައިފި

2026 ވަނަ އަހަރުން ފެށިގެން ދިރާސީ އާ އަހަރުގެ ކިޔެވުން ޖެނުއަރީ މަހު ފަށާ ގޮތަށް ހަމަޖައްސައި ބޮޑު ޗުއްޓީ ޑިސެމްބަރުގައި ދިނުމަށް ސަރުކާރުން ނިންމައިފިއެވެ. ވަޒީރުންގެ މަޖިލީހުގެ ނިންމުންތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީ އާ މަޝްވަރާކޮށް އިއްޔެ ކެބިނެޓަށް ހުށަހެޅި، އިހު އޮތް ގޮތަށް ސްކޫލްތަކުގެ ކިޔެވުން ބަދަލު ކުރުމަށް ހުށަހެޅި ކަރުދާސް ފާސްކޮށް، 2026 ވަނަ […]

މީޑިއާތަކަށް ހާއްސަކޮށްގެން ހުޅުމާލޭގައި މީޑިއާ ވިލެޖެއް ގާއިމުކުރަން ނިންމައިފި

މީޑިއާތަކަށް ހާއްސަކޮށްގެން ހުޅުމާލޭގައި މީޑިއާ ވިލެޖެއް ގާއިމުކުރުމަށް ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ އިއްޔެ ބޭއްވި ކެބިނެޓް ނިންމުންތައް ހާމަކުރުމަށް ނޫސްވެރިންނާައެކު ބޭއްވި ބައްދަލުވުމެއްގައިިޕްރިންސިޕަލް ސެކެޓްރީ ޓު ދަ ޕްރެސިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމެވެ. ނާޒިމް ވިދާޅުވި ގޮތުގައި މިނިސްޓްރީއޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު، މީޑިޔާ ވިލެޖުގެ ނަމުގައި ހުޅުމާލޭގައި މިފަދަ ތަނެއް ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ […]

ނަފްސާނީ އިޖްތިމާއީ އެހީތެރިކަމުގެ ހިދުމަތަށް 24/7 ހިދުމަތްލިބޭނޭ ހެލްޕްލައިނެއް ގާއިމުކުރަނީ

ނަފްސާނީ ބަލިމަޑުކަމާ ކުރިމަތިލާން ޖެހިފައިވާ ފަރާތްތަކަށް ސައުވީސް ގަޑިއިރުގެ ހިދުމަތް ލިބޭނޭ ހެލްޕްލައިނެއް ގާއިމު ކުރުމަށް ނިންމައިފިއެވެ. މިކަން ހާމަކުރަމުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކެޓްރީ ޓު ދަ ޕްރެސިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ނަފްސާނީ ބަލިމަޑުކަމުގެ މައްސަލައަކީ މުޖުތަމައުގައި ހާއްސަަ ފަރުވާއެއް ހާއްސަ ސަމާލުކަމެއް އަދި ހާއްސަ އަޅާލުމެއް ދޭން ޖެހިފައިވާ އަދި އެއީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނާފައިވާ ވަރަށް މުހިންމު ކަމެއް […]

ކޭލަކުނު އީކޯ ޓުއަރިޒަމަށް ފައްކާކުރުމަށް ހާއްސަ ދިރާސާއެއް

ހދ. ކޭލަކުނު އީކޯ ޓުއަރިޒަމަށް ފައްކާކުރުމަށް ހާއްސަ ދިރާސާއެއް ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. ކޭލަކުނުގައި އީކޯ ޓޫއަރިޒަމްގެ މަޝްރޫއެއް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ވަޒީރުންގެ މަޖިލީހުގެ ނިންމުންތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ކޭލަކުނުގެ ގުދުރަތީ ރީތިކަމާއި ވަށައިގެންވާ މޫދުގެ މުއްސަނދިކަން ނުގެއްލޭ ގޮތަށް އީކޯ ޓުއަރިޒަމަށް ފައްކާ ކުރުމަށް ވަޒީރުންގެ މަޖިލީހުން އިއްޔެ ފާސްކޮށްފައިވާ […]

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy

Design By INCODE