ސެޕްޓެމްބަރ 19, 2024 23:55

ފިލްމު ހަމަ މޮޅީ، އެހާ އަސަރުގަދަ. "އެނިމަލް" އަހަރެން ރޮއްވާލައިފި: ކަރަންޖޯހަރް

2023 ވަނަ އަހަރުގެ ފަހު ފިލްމުތަކުގެ ތެރެއިން ބޮލީވުޑް ސިއްސުވާލި، އަަދި އަހަރުތަކަކަށްފަހު ބޮބީ ޑިއޯލްގެ މޮޅު ހުނަރު ދައްކުވާލި "އެނިމަލް" އަކީ ބެލުނު ވަރަށްވެސް މޮޅު އަދި އަސަރުކުރުވަނިވި ފިލްމެއް ކަމަށާއި އެފިލްމު ބަލާފައި ރޮވުނު ކަމަށްވެސް މަޝްހޫރު ޑައިރެކްޓަރކަރަން ޖޯހަރު ބުނެފިއެވެ. ލީޑުން ރަންބީރު ކަޕޫރު އާއި ރަޝްމިކާ މަންދަނާ ފެނިގެން ދިޔަ "އެނިމަލް" އަކީ މިދިއަ އަހަރު ގެނެސްދިން އެންމެ ކާމިޔާބު އެއް ފިލްމަށްވީއިރު މި ފިލްމު އެންމެ ފުރިހަމަ ކޮށްދީފައިވާ ފަރާތަކީ ބޮބީގެ […]

އިނގިރޭސި އެފްއޭ ކަޕް: އާސެނަލް ބަލިކޮށް ލިވަރޕޫލް ހަތަރުވަނަ ބުރަށް ދަތުރުކޮށްފި

އިނގިރޭސި އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި އާސެނަލް ބަލިކޮށް މުބާރާތުގެ ހަތަރު ވަނަ ބުރަށް ލިވަރޕޫލް ދަތުރުކޮށްފިއެވެ. މި މެޗު ކުޅުނީ އާސެނަލްގެ އެމެރިޓޭސް ދަނޑުގައެވެ. މެޗުގެ ފުރަތަމަ ހާފްގައި އާސެނަލް މުޅިމެޗް ކޮންޓްރޯލް ކުރި ނަމަވެސް ހޯދައިދިން ފުރުސަތުތައް ގިނަކަމާއެކުވެސް އެއްވެސް ލަނޑެއް ޖެހޭ ގޮތް ނުވެ ލިވަރޕޫލް ވަނީ މެޗުގައި ކުރިއަށް އަރާފައެވެ. ވަރަށް މުހިންމު ކުޅުންތެރިންތަކެއް ކަމަށްވާ އާއި އެންޑީ ރޮބަޓްސަން، މިސްރުގެ ފޯވާޑް މުހައްމަދު ސަލާހާއި ވާޖިލް ވެން ޑައިކް […]

ރައީސް ޑރ މުއިއްޒު، ސިނަމާލެ ބުރިޖު ހެދި ޗައިނާގެ ކުންފުނީގެ ވެރިންނާ ބައްދަލު ކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، މާލެ އާއި ހުޅުލެއާ ގުޅުވާލަދިން ސިނަމާލެ ބްރިޖު ހެދި ޗައިނާ ކުންފުނީގެ ވެރިންނާ ބައްދަލު ކުރައްވައިފިއެވެ. ރައީސް ޑރ. މުއިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ޗައިނާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ހެނދުނު ޗައިނާއަށް ވަޑައިގެންނެވިއިރު، އެ ގައުމުގެ ކުންފުނިތަކުގެ އިސް ބޭފުޅުންނާއި ގައުމުގެ ވެރިންނާއި ދަނީ ބައްދަަލު ކުރައްވަމުންނެވެ. މިގޮތުން އެމަނިކުފާނު މިއަދު ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބްރިޖެއް ތަރައްގީ ކުރި ކުންފުނި ކަމަށް ޗައިނާގެ […]

މިހާރު އުޅަނދުތައް ރަޖިސްޓްރީ ކުރަނީ، ދުވާލަކަށް 25 އާއި 30 އާ ދެމެދު އަދަދަކަށް

ފާއިތުވެދިޔަ ތަނުގައި ރާއްޖޭގައި ދުވާލަކަށް 300 އެއްހާ ވެހިކަލް ރަޖިސްޓްރީ ކުރަމުން އައި ކަމަށާއި، އެހެންނަމަވެސް އެއްގަމު އުޅަނދު ރަޖިސްޓްރީކުރާ އަދަދު ކޮންޓްރޯލް ކުރުމަށް އައަދަދު 25 އާއި 30 ދެމެދަށް މަދު ކޮށްފައިވާކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅު ވެއްޖެއެވެ. މާލޭ ސަރަހައްދުގެ އިންޓަގްރޭޓެޑް ޓްރާންސްޕޯޓް މާސްޓަރ ޕްލޭންގެ މަސައްކަތް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީން މިއަދު ވިދާޅުވީ މިދިޔަ ސަރުކާރުގައި 42،000 އުޅަނދު ރެޖިސްޓްރީ ކޮށްފައިވާކަމަށާއި، ކުރިޔަށް އޮތްތަނުގައި […]

ބޮލުގައި ހަން ފޮޅެނީތަ؟ މިއޮތީ ހައްލު!

މިހާރަކަށްއައިސް ބޮލުގައި ހަންފޮޅުމަކީ ވަރަށް ގިނަ އަދަދެއްގެ ދިވެހިންނަށް ކުރިމަތިވާ ކަމެކެވެ. ބޮލުގައި ހަންފޮޅުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ބައެއް ފަހަރު ހަންފޮޅުން ރަނގަޅުކުރާނަމޭ ހިތާ ކުރެވޭ ބައެއް ކަންތަކުން އިތުރަށް ގޯސްވާ ފަހަރު އާދެއެވެ. ހަންފޮޅުމަށް މެދުވެރިވަނީ ހަންގަނޑުގެ ސެލްތަކުގެ ތެރެއިން މާ އަވަހަށް ހެދި މަރުވާ ސެލްތަކުގެ ސަބަބުން ކަމުގައި ދިރާސާތަކުން ދައްކައެވެ. ބޮލުގައި ހަންފޮޅޭނަމަ ގޭގައި ވެސް އެކަމަށް ފަރުވާދެވިދާނެއެވެ. ބޭކިންގް ސޯޑާ އަކީ ކޭކުފަދަ އެއްޗެހި ފިހާއިރު އެ ރަނގަޅަށް ފިހުމަށް […]

ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓްކޮށް ޕްރޮމޯޓުކުރުން ހުއްޓާލުމަށް އިންޑިއާގެ ވިޔަފާރިވެރިންގެ ޖަމިއްޔާއިން ގޮވާލައިފި

ރާއްޖެއަށް ފަތުރުވެރިން ފޮނުވުން ހުއްޓާލުމަށާއި އަދި ރާއްޖެ ޕްރޮމޯޓު ކުރުން ހުއްޓާލާ ބޮއިކޮޓް ކުރުމަށް އިންޑިއާގެ ވިޔަފާރިވެރިންގެ ޖަމިއްޔާއިން ގޮވާލައިފިއެވެ. އެ ޖަމިއްޔާގެ އޭވިއޭޝަން އެންޑް ޓޫރިޒަމް ކޮމިޓީގެ ޗެއާމަން ޑރ. ސުބާޝް ގޯޔަލް ސޮއި ކުރައްވާ ނެރުނު ބަޔާނެއްގައިވަނީ ރާއްޖޭގެ ސަރުކާރަށް ނިސްބަތްވާ މިނިސްޓަރުންތަކެއް އިންޑިއާއާއި ދެކޮޅަށް ފާޅުކޮށްފައިވާ ހިޔާލުތަކާއި ގުޅިގެން ރާއްޖެ ޕްރޮމޯޓުކުރުން ހުއްޓާލުމަށްް ގޮވާލާފައެވެ. މީގެ އިތުރުން އެ ބަޔާނުގައިވަނީ ރާއްޖެއަށް އެންމެ ގިނައިން ބޭރު ފައިސާ ވައްދައިދެނީ އިންޑިއާކަމަށާއި ގިނަ ވަޒީފާގެ […]

ރައީސްގެ ދެކަނބަލުން ޝިއަމެން ފްރީޓްރޭޑް ޒޯނަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޗައިނާގެ ފޫޖިއާން ޕްރޮވިންސްގެ ޝިއަމެން ފްރީޓްރޭޑް ޒޯނަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. ރައީސްގެ ދެކަނބަލުންގެ މި ޒިޔާރަތުގައި ޝިއަމެން ފްރީޓްރޭޑް ޒޯނުގެ ފަރާތުން ވަނީ އެތަނާބެހޭ ތަޢާރަފެއް ހިމެނޭ ވީޑިއޯއެއް ހުށަހަޅައިދެއްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މިތަނުގެ މުހިންމު ތަންތަން ބައްލަވާލައްވައި އެތަންތަނާ ބެހޭގޮތުން މައުލޫމާތު އޮޅުންފިލުއްވާފައެވެ. އެ ދެކަނބަލުން މިހާރު ގެންދަވަނީ ޗައިނާއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުންނެވެ.  އަދިމި ދަތުރުފުޅުގައި އެ ދެކަނބަލުންގެ […]

ރައީސްގެ ދެކަނބަލުންނަށް ޗައިނާއިން ރަތްދޫލައިގައި ހޫނު މަރުހަބާއެއް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޗައިނާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ހެނދުނު އެޤައުމަށް ވަޑައިގަތުމާއެކު ޗައިނާއިން އެމަނިކުފާނުގެ ދެކަނބަލުންނަށް ރަތް ދޫލައިގެ މަރުހަބާއެއް ކިޔައިފިއެވެ. ރައށްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސްގެ މި ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ. އެގޮތުން މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު […]

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް، ރާއްޖޭގެ ސަފީރު ހާޒިރު ކުރަނީ

އިންޑިއާ އާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް މަލާމާތްކޮށް ބަދު ބަސް ވިދާޅުވެ، ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ހިމެނޭ ގޮތަށް ދިވެހިންގެ ބަޔަކު މީސް މީޑިއާގައި ކުރި ޕޯސްޓުތަކާ ގުޅިގެން ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ހާޒިރުވާން އަންގައިފިއެވެ. ނިއު ދިއްލީގައި ހުންނަ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއަށް ޝަހީބް ހާޒިރުވެ ވަޑައިގަތުމަށް އަންގާފައި ވަނީ މިއަދު ހެނދުނު 9:00 އަށެވެ. […]

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

މަހުގެ އަގު ކުޑަކުރުމަށާއި، އަދި މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުމާއި ގުޅޭގޮތުން އިއްޔެގެ ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާ ކޮށްފިއެވެ. އިއްޔެގެ ކެބިނެޓް ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ނާޒިމް ވިދާޅުވީ މަސްވެރިންނަށް މިހާރު ނުދެވި ހުރި ފައިސާ ދައްކައި ނިންމާނެ ގޮތަކާއި މެދު އިކޮނޮމިކް ކައުންސިލްގައި މަޝްވަރާ ކުރެވިފައިވާ ކަމަށާއި އެކަން ކުރުމަށްފަހު މަހުގެ އަގަށް ބަދަލު ގެނައުމަށް ވެސް މަޝްވަރާ ކުރެވުނު ކަމަށެވެ. ނާޒިމް […]

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy

Design By INCODE