ސެޕްޓެމްބަރ 20, 2024 03:47

ރާއްޖޭގައި ތިބި އިޒްރޭލު މީހުން އެނބުރި ގައުމަށް ދިއުމަށް އެގައުމުގެ ސަރުކާރުން އަންގައިފި

އިޒްރޭލްގެ ރައްޔިތުން ރާއްޖެ ނައުމަށާއި އަދި ރާއްޖޭގައި ތިބި އިޒްރޭލްގެ ރައްޔިތުން އެނބުރި ގައުމަށް ދިއުމަށް އަންގައި، އެ ގައުމުގެ ފޮރިން މިނިސްޓްރީން އިންޒާރުގެ މެސެޖެއް ނެރެފި އެވެ. އިޒްރޭލްގެ ފޮރިން މިނިސްޓްރީން ނެރުނު އިންޒާރުގެ ބަޔާނަކާ ހަވާލީ އެ ގައުމުގެ ނޫސް، އިޒްރޭލްޓައިމްސްގައި މިއަދު ބުނީ އެގޮތަށް އިޒްރޭލްގެ ސަރުކާރުން އެންގީ ރާއްޖޭގައި އިޒްރޭލާ ދެކޮޅު ހިޔާލުތަކާއި ހަރަކާތްތައް އިތުރު ވަމުން ދިއުމާ ގުޅިގެން ކަމަށެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން އިޒްރޭލާ ދެކޮޅު ހިޔާލުތައް ފާޅު […]

ގައުމީ ސަލާމް ކިޔުމާއި ގައުމީ ސަލާމް ކިޔާއިރު ކޮޅަށް ތެދުވެ މޭމަތީގައި އަތް އެޅުން ހުއްދަ: ފަތުވާދޭ މަޖިލިސް

ގައުމީ ސަލާމް ކިޔުމާއި ގައުމީ ސަލާމް ކިޔާއިރު ކޮޅަށް ތެދުވެ މޭމަތީގައި އަތް އެޅުމަކީ ހަރާމް ކަމެއްގެ ގޮތުގައި ކަނޑައެއް ނޭޅޭނެ ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމައިފިއެވެ. ސްކޫލުތަކުގައި ގައުމީ ސަލާމް ކިޔުމަށް ލާޒިމް ކުރަން ސަރުކާރުން ނިންމުމުން އެކަމަށް ފާޑުކިޔުން އަމާޒުވެފައި އޮއްވައި، ފަތުވާ މަޖިލީހުން މިއަދު ނެރުނު ފަތުވާއެއްގައި ބުނެފައި ވަނީ ގައުމީ ސަލާމް ކިޔާ ވަގުތު ކޮޅަށް ހުރުމާއި ގައުމީ ދިދައަށް ސަލާމް ކުރުމާއި މޭމަތީގައި އަތްދަނޑި ބޭއްވުން […]

މެންބަރު މުހައްމަދު ޝިފާއުއަށް މަރުގެ އިންޒާރުދިނުމާއި ގުޅިގެން ރައްކާތެރިކަން ފޯރުކޮށްދޭން މަޖިލީހުން އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާ ތަމްސީލުކުރައްވާ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއުއަށް މަރުގެ އިންޒާރު ދިނުމާ ގުޅިގެން އޭނާއަށް ރައްކާތެރިކަން ފޯރުކޮށްދޭން މަޖިލީހުން ޑިފެންސް މިނިސްޓްރީގައި އެދެފިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޝިފާއުއަށް ދިން މަރުގެ އިންޒާރު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި ޝިފާއުއަށް މަރުގެ އިންޒާރުދިން މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ފުލުހަށް މައްސަލަ ހުށަހަޅާފައިވާކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. ފުލުހުން ވެސް ވަނީ އެ މައްސަލަ […]

ބޯހިޔާވަހިކަމުގެ އެންމެބިޔަ މަޝްރޫޢު ފުރަތަމަ 30ދުވަސް ތެރޭގައި ފެށުމަކީ އާދައިގެ ކަމެއްނޫން: ޝިޔާމް

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢު، ވެރިކަމުގެ ފުރަތަމަ 30 ދުވަސްތެރޭގައި ފެށުމަކީ އާދައިގެ ކަމެއް ނޫން ކަމަށް ވިދާޅުވެ، ފިޝަރީޒް މިނިސްޓަރު އަޙުމަދު ޝިޔާމް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަށް ތަޢުރީފު ކުރައްވައިފިއެވެ. ކ.ފުށިދިއްގަރުފަޅުގައި ތަރައްޤީ ކުރާ ”ރަސްމާލެ“ ހިއްކުމުގެ މަސައްކަތް، އިއްޔެ ވަނީ ފަށައިފައެވެ. މޯލްޑިވްސް އިކޯ ސިޓީގެ ގޮތުގައި ތަރައްޤީ ކުރަން ރާވައިފައިވާ، އެ ސަރަހައްދު 08 މަސް ދުވަސް ތެރޭގައި ހިއްކަން ޙަވާލު ކުރީ، ސްރީލަންކާގެ ސީއެމްސީއާއެވެ. ރައީސް މުޢިއްޒު […]

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy

Design By INCODE