ސެޕްޓެމްބަރ 20, 2024 08:38

އެސްޓީއޯ އިން ފިޔާކިލޯއެއް 20 ރުފިޔާއަށް ހިފަހައްޓައި އަގު ކޮންޓްރޯލް ކޮށްފި

ބާޒާރުގައި ފިޔާގެ އަގު ކޮންޓްރޯލް ކުރުމަށާއި ފިޔާ ލިބޭނެ ކަމުގެ ޔަގީންކަން ކަށަވަރުކުރުމަށް އެސްޓީއޯ އިން ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރު ދެނެގަނެ، ފިޔާ އެތެރެކުރަން ފަށައިފިއެވެ. އެކުންފުނިން މިއަދު ބުނީ ފުރަތަމަ ޝިމްޕްމަންޓުގެ ގޮތުގައި 4500 ބަސްތާގެ ފިޔާ މިހާރު އެތެރެ ކޮށްފައިވާ ކަމަށެވެ. އެގޮތުން އެތެރެކުރެވޭ ފިޔާ އާއްމުންނަށް ވިއްކާނީވެސް އާންމު ވިޔަފާރިތަކުން ކަމަށް އެސްޓީއޯ އިން ބުންޏެވެ. ވިޔަފާރިތަކަށް ފީޔާ ދޫކުރާނީ އެއްޓީއޯ އިން ކަނޑައަޅާފައިވާ މެކްސިމަމް އަގަށްވުރެ ވިއްކާ އަގު ބޮޑު […]

ރޯދައިގެ ކުރިން ދޮންއަނދަރާދަ ހިނގުން ހުޅުވުމުގެ އަޒުމުގައި، މަގުގެ އަމަލީ މަސައްކަތް ފަށައިފިން: ސްޓެލްކޯ

މިހާރު ބަންދުކޮށްފައިވާ މާލޭ، ދޮންއަދަރާދަ ހިނގުން ހުޅުވުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ. ދޮންއަދަރާދަ ހިނގުން ބަންދުކުރީ މާލޭގައި އިތުރުވަމުންދާ ކަރަންޓުގެ ޑިމާންޑަށް ކޭޓަރ ކުރުމަށްޓަކައި، އިތުރު ކެޕޭސިޓީ ބިލްޑް ކުރުމަށް ހިންގަން އޭރު ރާވާފައިވާ ފޯތު ޕަވަރ ޕްރޮޖެކްޓް ފެށުން ލަސްވެ، އެކަމަށް ހައްލެއް ހޯދުމަށްޓަކައި، އެމަގަށް ވާގޮތަށް އިންޖީނުގެއެއް އެޅި ހިސާބުންނެވެ. އެއިންޖީނުގެ އެޅީ  2010 ވަނަ އަހަރުއެވެ. ސްޓެލްކޯގެ ހުޅުމާލޭ އިންޖީނުގެއާއި، މާލޭ އިންޖީނުގެ އިންޓަރކަނެކްޝަނަކުން ގުޅާލައި، ހުޅުމާލެއިން […]

މަސްވެރިކަމުގެ އުފެއްދުންތައް އިޝްތިހާރުކުރަން ހާއްސަ ބްރޭންޑަކާއެކު މާކެޓް ކުރުމަށް އާ ކުންފުންޏެއް އުފައްދަނީ

މަސްވެރިކަމުގެ އުފެއްދުންތައް އިޝްތިހާރުކުރުމަށްޓަކައި ރާއްޖޭގެ އުފެއްދުންތަކަށް ޚާއްޞަ ބްރޭންޑެއް ތަޢާރުފުކޮށް،"މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން" ގެ ނަމުގައި %100 ސަރުކާރު ހިއްސާވާ ކުންފުންޏެއް އުފައްދަވަން ނިންމަވައިފިއެވެ. މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުންނެވެ. ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި އެކަން އިއުލާންކުރައްވަމުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވީ، މި ކުންފުނީގެ ބޭނުމަކީ އެކުއަކަލްޗާ އާއި މެރިކަލްޗާ އާއި ކަނޑުގެ ހުރިހާ ވަސީލަތްތަކެއް ހިމެނޭހެން ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް […]

ރާއްޖެއަށް ލިބޭ ހުރިހާ ޙައްޖުކޯޓާ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް

ދިވެހިރާއްޖެއަށް ލިބޭ ރަސްމީ ހުރިހާ ޙައްޖުކޯޓާ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދެއްވުމަށް ކެބިނެޓުން މިއަދު ނިންމަވައިފިއެވެ. މިގޮތަށް ނިންމެވީ މީގެ ކުރިން ޙައްޖަށް ގެންދިއުމަށް މީހުންގެ އަތުން ފައިސާ ނަގައި އަމިއްލަ ކުންފުނިތަކުން އެފައިސާއަށް ޚިޔާނަތްތެރިވެ އެކަމުގެ ކަންބޮޑުވުން ޢާންމުން އުފުލަމުންދާތީ އެކަމަށް ނިމުމަކަށް ގެނައުމުގެ ގޮތުންނެވެ. އަދި ޙައްޖަށް މީހުން ގެންދިއުމަށް ބޮޑު އަގު ނަގާ މައްސަލަވެސް ވަރަށް ބޮޑަށް ފެންމަތިވެފައިވެއެވެ. މިއަދު ކެބިނެޓުން ނިންމެވި ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި […]

އާރާއި ބާރު ދައްކަން ގާނޫނީ ސަރުކާރަށް ލޮޅުން އެރުވުމަކީ ގައުމަށް ޣައްދާރުވުން: ރައީސް

އާރާއި ބާރު ދެއްކުމުގެ ގޮތުން ގާނޫނީ ސަރުކާރަށް ލޮޅުން އަރުވާލުމަކީ މުޅި ގައުމަށް ޣައްދާރުވުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ހުރަވީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ އަޒުލް ކުރެވޭނެ ފަސޭހަ މަގެއް ހޯދުމަށް އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްތަކެއް ކޮށްފައިވާއިރު، ރޭ ބޭއްވި ހުރަވީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ "ތިމާމެންގެ އާރާއި ބާރު ދައްކާލަން ބޭނުންވީމާ" […]

ދޮންބަނޑާރައިންގެވި މަތިވެރިމަސައްކަތުގެ ޒިކުރާ އައުކުރުން ދިވެހިންނަށް އޮތް ވާޖިބެއް: ރައީސް ސާލިހް

ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ދޮން ބަނޑާރައިން ކޮށްދެއްވި މަތިވެރި މަސައްކަތުގެ ޒިކުރާ އައުކޮށް އެކަމުން އިބުރަތް ލިބިގަތުމަކީ ކޮންމެ ދިވެއްސެއްގެ މައްޗަށް އޮތް ވާޖިބެއްކަމުގައި ރައީސް ސާލިހު ވިދާޅުވެއްޖެއެވެ. ރައީސް ސާލިހު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރެވެމުންދާ ހުރަވީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރުމަށް ކުރެއްވި އެކްސް ޕޯސްޓެއްގައެވެ. ހުރަވީ ދުވަހުގެ ތަހުނިޔާއާ މުބާރިކްބާދީ އެންމެހާ ދިވެހި ރައްޔިތިންނަށް އަރިސްކުރަން. ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ދޮން ބަނޑާރައިން ކޮށްދެއްވި މަތިވެރި މަސައްކަތުގެ ޒިކުރާ […]

ހުރިހާ ވައުދެއް ފުއްދެވުމުގައި، ވަފާތެރިކަމާއެކު ހުންނަވާނެކަމުގެ ޔަގީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުއްދެވުމުގައި ދެމި ހުންނަވާނެ ކަމަށާ އެ މަސައްކަތު ގައި ވަފާތެރި ކަމާއެކު ދެމި ހުންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާ ގައި މިރޭ ތަގުރީރު ކުރައްވަމުންނެވެ. އެމަނިކުފާނުގެ ތަގުރީރު ގައި ވެރިކަަމަށް ވަޑައިގެންނެވުމަށް ވެވަޑައިގެންނެވި ވައުދުފުޅުތައް އާ ކުރައްވާ އެ ވައުދުތައް ފުއްދެވުމުގައި ދެމި ހުންނަވާނމެ ކަމަށް ވިދާޅުވި އެވެ. ވަރަށް ދިގުކޮށް ކުރިއަށް […]

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy

Design By INCODE