ސެޕްޓެމްބަރ 20, 2024 06:42

ފުރަތަމަ ހަތަރު ހަފުތާގައި ހާސިލްކުރަން އަމާޒު ކުރި ހުރިހާކަމެއް ފުރިހަމަކޮށްފި

ސަރުކާރުގެ ހަފުތާ14ގެ ފުރަތަމަ 4 ހަފުތާގައި ހާސިލްކުރުމަށް އަމާޒުހިފި ހުރިހާކަމެއް ސައްތައިން ސައްތަ ފުރިހަމަ ކޮށްފައިވާކަން ސަރުކާރުން މިއަދު ހާމަކުރައްވައިފިއެވެ. ސަރުކާރުން މި މައުލޫމާތުތައް ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވުމަށް ބައިވެރިވެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޝަހީބާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ޝަހީބު ދެއްކެވި […]

ރާއްޖެއިން ނައްތާލާފައިވާ "ފައިލޭރިއާ" ޖެހިފައިވާ ބަޔަކު ކުޅުދުއްފުށިން ފެނިއްޖެ

ރާއްޖެއިން ނައްތައިލާފައިވާ ފައިލޭރިއާ ބަލި ޖެހިފައިވާ ބަޔަކު ކުޅުދުއްފުށިން ފެނިއްޖެ އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުރާސްފަތި ދުވަހުގެ ރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ، އެ ކޭސްތައް ފެނުނީ މި މަހުގެ 1 އަދި 2 ވަނަ ދުވަހު ކުޅުދުއްފުށީގައި ހިންގި ބިދޭސީ މަސައްކަތްތެރިންގެ ސްކްރީނިން ކޭމްޕުގެ ތެރޭގައި ޓެސްޓް ކުރެވުނު ބައެއް ބިދޭސީންގެ ފަރާތުން ކަމަށެވެ. އެ މީހުންނަކީ ފައިލޭރިއާ މިހާރުވެސް ފެންނަމުންދާ ނުވަތަ އެންޑެމިކް ސަރަހައްދުތަކުން އައިސްފައިވާ މީހުން ކަމަށްވެސް ބުންޏެވެ. […]

ސަލާހުއްދީން ސުކޫލްގެ ޕްރީ-ގްރޭޑެއްގެ ދަރިވަރަކަށް ހަނގާ ކުރި މައްސަލައެއް ފެންމަތިވެއްޖެ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިންގަމުންދާ ސަލާހުއްދީން ސުކޫލްގެ ގްރޭޑް އެކެއްގައި ކިޔަވަމުންދާ ކުއްޖަކަށް ބުލީ ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ. ކުއްޖާއަށް ބުލީ ކުރުމުގެ މައްސަލައިގެ ކަންބޮޑުވުން ފާޅުކޮށް ކުއްޖާގެ މަންމަ ސޯޝަލް މީޑިއާގައި ލިޔެފައިވާ މެސެޖެއްގައި ބުނެފައިވަނީ ސްކޫލު ތެރޭގައި ކުއްޖާއަށް ބުލީކުރާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ. ނަމަވެސް އެކަން ކުރިން ހީކުރިވަރަށް ވުރެ ބޮޑުވެ ކުއްޖާއަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާ ލިބެމުންދާ ކަމަށް ވިދާޅުވި އެވެ. ކުއްޖާގެ މަންމަ ބުނި ގޮތުގައި […]

ބުޅަލަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކުރުން އަންނަ ހަފްތާގައި!

މާލޭގެ މަގެއްގެމަތީގައި އޮތް ބުޅަލެއްގެ ގަޔަށް ވަޅި ހަރައި މަރާލި މައްސަލައިގައި ހައްޔަރުކުރި މީހާއަށް ދައުވާކުރަން ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީީ) އޮފީހަށް ފޮނުވާނެ ކަމަށް ފުލުހުން އިއްޔެ ބުނެފިއެވެ. މިދިޔަ މަހުގެ 13 ވަނަ ދުވަހު ހިނގި އެ ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މ. ކޮޅުފުށި އުމުރުން 45 އަހަރުގެ އަހުމަދު ނަސީމެވެ. ނަސީމުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް މިދިޔަ މަހުގެ […]

ފުވައްމުލަކު ފަރަށް އެރި "އޮލިމްޕިކް ކަނޑިލޯ" ބާޖު 100 މިލިއަން ރުފިއާއިން ޖޫރިމަނާ ކޮށްފި

ފުވައްމުލަކު ސިޓީ ގިރާ ސަރަހައްދުގައި ތޮށިލުމުގެ މަސައްކަތަށް ބޭނުންވާ ހިލަ ބަރުކޮށްގެން ދިޔަ "އޮލިމްޕިކް ކަނޑިލޯ" ބާޖެއް ފަރަށް އެރި މައްސަލައިގައި އެ ބާޖުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ. މެއިންލޭންޑް ޝިޕިން ޕްރައިވެޓް ލިމިޓެޑްގެ އެޖެންޓްކަމުގެ ދަށުން ރާއްޖެއަށް ހިލަ ހިފައިގެން އައި މި ބާޖު ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ބޭނުމަށް ހަދާފައިވާ ވަގުތީ ޖެޓީއަށް ކައިރި ކުރުމުގެ ތެރޭގައި ފަރަށް އެރީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. އޭރު އެ […]

ރަސްމީ ދަތުރުފުޅުތައް ނިންމާލެއްވުމަށްފަހު ނައިބު ރައީސް ރާއްޖެ ވަޑައިގެންފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، ޗައިނާ އަދި ސްވިޒާލޭންޑަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ނައިބު ރައީސް މާލެ ވަޑައިގެންނެވީ މިއަދު ހެނދުނު ކަމަށެވެ. މި މަހުގެ ފަހެއްގައި ފެއްޓެވި އެ ދަތުރުފުޅުގައި އެ މަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންނެވީ ޗައިނާއަށެވެ. އެ ގައުމަށް ވަޑައިގެން "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ފޯރަމްގައި ބައިވެރިވެވަޑައިގެންފައި ވެއެވެ. ޗައިނާއަށް ކުރެއްވި […]

ތިނަދޫ ސިޓީ ދެކުނުދާއިރާއަށް މުސްތާގް ވާދަކުރައްވަނީ

އެވިޑް ކޮލެޖްގެ ޗެއާމަން އަބްދުﷲ މުސްތާގް ރަޝާދު ޕީޕީއެމް/ޕީއެންސީ ގެ މަޖިލިސް ޕްރައިމަރީގައި ތިނަދޫ ދެކުނު ދާއިރާއަށް ވާދަކުރައްވަނީ ތިނަދޫގެ ތަރައްޤީއަށް މުހިންމު ތަސައްވުރަކާއެކުގައެވެ. މުސްތާގު ތިނަދޫއަށް ދެކޭ ތަސައްވުރުގައި ތިނަދޫގެ ތަރައްޤީގެ މުހިންމު ކަންތައްތަކަށް ވަނީ އިސްކަންދެއްވާފައެވެ. އެގޮތުން އެންމެ ފުރަތަމަވެސް ރައްޔިތުންނާއި ކައުންސިލާއި ގުޅިގެން ކުރިއަށް އޮތް 5 އަހަރުގެ އިސްތިރާޖީ ޕްލޭނެއް އެކުލަވާލާނެ ކަމަށް މުސްތާގު ވަނީ ވިދާޅުވެފައެވެ. ތިނަދޫގެ ބަނދަރުމައްޗަށް ބޮޑު ބަދަލެއް ގެނައުމުގެ މަގްސަދުގައި ތިނަދޫ ކުރީގެ ބާސްކެޓްބޯޅަ ކުޅޭ […]

އަމާޒަކީ މި ފަސްއަހަރު ނިމޭއިރު މާލެސަރަހައްދު އެންމެނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން: ހައިދަރު

އަމާޒަކީ މި ސަރުކާރުގެ 5 އަހަރުގެ ނިމިގެންދާއިރު މާލެ ސަރަހައްދުގައި އުޅޭ ހުރިހާ އެންމެންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އެފްޑީސީން އިމާރާތްކުރަމުން އަންނަ "އަމާން ދޯދި" ޓަވަރުތަކުގެ 2 ކޮޓަރީގެ އެޕާޓްމަންޓު ހުންނާނެ ގޮތް ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އަމާން ދޯދިގެ ޓަވަރުތަކުގެ 2 ކޮޓަރީގެ އެޕާޓްމަންޓު ހުންނާނެ ގޮތް ބައްލަވާލެއްވުމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ […]

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy

Design By INCODE