ސެޕްޓެމްބަރ 20, 2024 09:10

ފެނަކަ: ޑީއެމްޑީ އަކަށް ވިޔަފާރީގެ ދާއިރާގައި ކުރިއެރުންތަކެއް ހޯއްދަވާފައިވާ އިބްރާހީމް ނާއިފް

ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރް (ޑީއެމްޑީ) އަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިންތިހާބީ އޭޖެންޓު ލ. ފޮނަދޫ ބަގީޗާގޭ އިބްރާހިމް ނާއިފު، އިއްޔެގެ ވަގުތެއްގައި އައްޔަނު ކޮށްފިއެވެ. ފެނަކައިގެ ޑީއެމްޑީއަކަށް އައްޔަނު ކުރި ނާއިފަކީ ނިމިދިޔަ ރިޔާސީ އިންތިހާބު ޑރ މުއިއްޒަށް ކާމިޔާބުކޮށްދެއްވުމަށް ހިތްވަރާއެކު ރައީސް ޑރ މުއިއްޒާ ވަރަށް ގާތުގައި މަސައްކަތް ކުރައްވާފައިވާ ފަރާތެކެވެ. އަދި ފެނަކަ ފަދަ ވިޔަފާރީގެ ދާއިރާގައި ގޮންޖެހުންތައް ގިނަ ކުންފުންޏެއްގެ ޒިންމާދާރު މަގާމަކާ ހަވާލުވެވަޑައިގެންނެވުމުގެ ގާބިލުކަން ހުރި […]

2024 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓް މަޖިލިހުން ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް 49.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މަޖިލީހުން ބަޖެޓް ފާސްކޮށްފައިވަނީ 65 މެންބަރުންގެ ވޯޓުންނެވެ. އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅީވެސް 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓް މަޖިލީހުން ދިރާސާކޮށްފައިވަނީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއާއި، އިޤްތިޞާދީ ކޮމެޓީ އެކުވެގެން އުފެއްދި ކޮމެޓީއަކުންނެވެ. ރައްޔިތުންގެ މަޖިލިހުގެ ބަޖެޓް ކޮމިޓީން ބަޖެޓް ފާސްކޮށްފައިވަނީ ކޮމިޓީން ގެނައި ބައެއް އިސްލާހުތަކާއެކު ކުރިން ހުށަހަޅާފައިވާ ބަޖެޓަށް 3.7 މިލިއަން ރުފިޔާ އިތުރު […]

ތަފާތު ކުރުމެއް ނެތި ހުރިހާ ކުދިންނަށްވެސް ހުނަރު ދަސްކުރުމުގެ ފުރުސަތު ހޯދަދޭނަން: އެޑިއުކޭޝަން މިނިސްޓަރު

އަންނަ އަހަރުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މަސައްކަތްތެރިކަމުގެ އެކި ހުނަރުތައް ދަރިވަރުންނަށް ދަސްކޮށް ދިނުމަށްޓަކައި ހުނަރު ޕްރޮގްރާމްތައް ފައްޓާނެކަމަށާއި ތަފާތު ކުރުމެއް ނެތި އެ ފުރުސަތުތައް ހުރިހާ ކުދިންނަށްވެސް ހޯދަދޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިފަދައިން ވިދާޅުވީ ހުރަވީ ސްކޫލުގެ ދަރިވަރުންނަށް މަސައްކަތްތެރިކަން ދަސްކޮށްދިނުމަށް "ހުނަރު ވެހި" ހުޅުވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. " ކިޔަވާ އެންމެ ދަށް ކުއްޖާއާއި އެންމެ މޮޅު ކުއްޖާއަށް ވެސް ހުނަރު ދަސްކުރުމުގެ […]

އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ ބަދަލުގައި ރަނގަޅީ ހެލްތު ސްކްރީން ހެދުން: އާސަންދަ

އަހަރު ދެ ފަހަރު މެޑިކަލް ޗެކަޕް އާސަންދަ ތެރެއިން ހަދަން ފުރުސަތު ދިނުމުގެ ބަދަލުގައި ނިޒާމު ބައްޓަންކުރުމުގައި ވިސްނުން ރަނގަޅީ ހެލްތު ސްކްރީނިން އެއްގެ ގޮތުގައި އެ ކަން ކުރެވޭނެހެން ހަމަޖެއްސުންކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވެއްޖެއެވެ. އެސްއޯއީ ކޮމިޓީގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ، މެޑިކަލް ޗެކްއަޕެއްގެ ތެރެއިން އެކްސްރޭ ފަދަ ތަކެތި ނަގަން ޖެހޭ އިރު އެއީ ބަލި މީހަކު މާގިނައިން އެކްސްޕޯސް ކުރަން ރަނގަޅު […]

ރައީސް އޮފީހުގެ ތަރުޖަމާނަކަށް ނޫސްވެރިޔާ ޝަހީބް

ޗީފް ގަވަރމަންޓް ސްޕޯކްސް ޕާސަންގެ މަގާމަށް މަޝްހޫރު އަދި ތަޖުރިބާކާރު ނޫސްވެރިޔާ މުޙައްމަދު ޝަހީބް އައްޔަންކުރައްވައިފިއެވެ. އޭނާ އެ މަޤާމަށް އައްޔަންކުރެއްވީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައެވެ. ނޫސްވެރިކަމުގައި 30 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ޝަހީބް ވަނީ ނުސްވެރިން އުފައްދާ ދާއިރާއަށްނެރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްކަންވެސް ކުރައްވާފައިވާ ޝަހީބަށް ވަނީ އެ ދާއިރާއިން ޤައުމީ އިނާމް ލިބިވަޑައިގެންފައެވެ. ޝަހީބު ސަރުކާރުގެ ހިދުމަތް ފުރަތަމަ ފައްޓަވާފައި ވަނީ 1987 ވަނަ އަހަރު ސްރީލަންކާގައި ހުންނަ […]

އެމްއެމްޑީއެފް އިން މޭޖާ ޖެނެރަލް ރޭންކުގައި ތިއްބެވި ދެ ބޭފުޅަކު ރިޓަޔާ ކުރައްވައިފި

ދިވެހި ސިފައިންގެ ހިދުމަތަށް ދިގު މުއްދަތަށް ހިދުމަތްކުރެއްވި، މޭޖާ ޖެނެރަލް ވައިސް ވަހީދުއާއި މޭޖާ ޖެނެރަލް ހާމިދު ޝަފީޤު ހިދުމަތުން ރިޓަޔާކުރައްވައިފިއެވެ. އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހާމިދު ޝަފީގަކީ 33 އަހަރަށްވުރެ ގިނަ ދުވަހު ސިފައިންގެ ހިދުމަތުގައި މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށާއި، ވައިސް ވަހީދަކީ 34 އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. ހާމިދު ސިފައިންގޭގައި މަސައްކަތް ކުރައްވަމުން ގެންދެވީ 1990, މާޗް 11 އިން ފެށިގެންނެވެ. ރިޓަޔާ ކުރެއްވިއިރު ހުންނެވީ ކޮމާންޑަންޓް […]

މެޑަމް ސާޖިދާއާއިއެކު ހަދާފައިވާ އެއްބަސްވުމަކީ ގަވައިދާ ހިލާފު އެއްބަސްވުމެއް ކަމަށް ބުނެ ކުއްލި މައްސަލައެއް މަޖިލީހަށް!

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއެކު، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ފަންނީ ލަފާ ދިނުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އެކަމަނާއާ އެކު ހެދި އެއްބަސްވުމަކީ ސިވިލް ސާވިސްގެ ގަވައިދާ ހިލާފު އެއްބަސްވުމެއް ކަމަށް ބުނެ ކުއްލި މައްސަލައެއް މިއަދު މަޖިލީހަށް ހުށަހަޅައިިފިއެވެ. ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ހުށަހެޅުއްވި މި މައްސަލައިގައި ވަނީ ސީއެސްސީން 'ރައީސްގެ އަނބިކަނބަލުންނަށް ވީތީ މޮޅުގޮތް' ހަދައިދޭ ކަމަށް ތުހުމަތު ކުރައްވައިފައެވެ. ޔައުގޫބު […]

ފަސްޓްލޭޑީ ސާޖިދާ އުޅެނީ ޑރ މުއިއްޒަށްވެސް ނުފޫޒު ފޯރުވުމަށް ކަމަށް ދާންދޫ ދާއިރާގެ މެންބަރު ވިދާޅުވެއްޖެ

ރައީސުލްޖުމްހުރިއްޔާގެ އަނބިކަބަލުން، އަދި ފަސްޓްލޭޑީ ސާޖިދާ މުހައްމަދު މަސައްކަތް ކުރައްވަނީ، ރައީސް ޑރ މުހައްމަދު މުއިއްޒުގެ މައްޗަށްވެސް ނުފޫޒު ފޯރުވުމަށް ކަމަށް ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ. ސާޖިދާ ސިވިލް ސާވިސްގެ ވަޒީފާގައި ހުންނަވަނީ ގަވާދާއި ހިލާފަށްކަމަށް ބުނެ ހުށައެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ޔައުގޫބް ވިދާޅުވީ 28،000 ސިވިލް ސާރވިސް މެންބަރުންގެ ކަންބޮޑުވުން މި މައްސަލައިގައި އެބަ އޮތްކަމަށެވެ. މިހާރުގެ ހެލްތް މިނިސްޓަރ ޑރ އަބްދުﷲ ހަލީލްގެ ކަންބޮޑުވުންވެސް މިކަމުގައި އެބަ […]

ކުޅުދުއްފުށީ ބޯޓެއް ފަރަށް އަރައިފި

58 މީހުންނާއެކު ދަތުރުކުރި ކުޅުދުއްފުށީ ބޯޓެއް ފަރަށް އަރައިފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ މާލެއިން ފުރައިގެން ހދ. ކުޅުދުއްފުއްޓަށް ދަތުރުކުރަމުން ދަނިކޮށް ފަރަށް އެރި "ބަހާދަރު" ނަމަކަށް ކިޔާ ބޯޓެއްގައި ތިބި މީހުންނަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. ބޯޓުގެ 10 ފަޅުވެރިންނާއި، ހަ އަންހެނުންނާއި، ހަ ކުޑަކުދިން ހިމެނޭހެން ޖުމްލަ 58 މީހުންނާ އެކު ދަތުރުކުރަމުންދިޔަ "ބަހާދަރު" ބޯޓު، ނ. ދެކަނަންފަރު ކައިރިން ފަރަށް އަރައިގެން އުޅޭ ކަމުގެ މަޢުލޫމާތު […]

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy

Design By INCODE