ސެޕްޓެމްބަރ 20, 2024 06:31

"މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީ" ދިވެހިރާއްޖެއިން ތަސްދީގުކުރުމަށް ލަފާދެއްވަައިފި

"މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީ" ދިވެހިރާއްޖެއިން ތަސްދީޤުކުރުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މިގޮތަށް ނިންމަވާފައި ވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން މިކަމާގުޅޭގޮތުން ހުށައެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ. މި މުޢާހަދާ ތަންފީޒުކުރުމުން މުޢާހަދާގެ ދަށުން ޢަމަލުކުރުން ލާޒިމުކުރާ ކަންކަމުގެ ތެރޭގައި މަރކިއުރީ ހިމެނޭ އާލާތްތައް ދެނެގަނެ އެތަކެތި […]

ތެލަސީމިއާ ފަރުވާއަށް ހާއްސަ ހޮސްޕިޓަލެއް ގާއިމުކުރުމަށް ނިންމަވައިފި

ތެލަސީމިއާ ފަރުވާއަށް ޚާއްޞަ ހޮސްޕިޓަލެއް ޤާއިމްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. އެގޮތަށް ނިންމެވީ މިއަދު ބޭއްވި ކެބިނެޓު ބައްދަލުވުމުގައެވެ. ރައީސް އޮފީހުގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ވިދާޅުވީ ތެލަސީމިއާ ހޮސްޕިޓަލް ތަރައްޤީކުރެއްވުމަށް ނިންމަވާފައިވަނީ ބޯން މެރޯ ޓްރާންސްޕްލާންޓު އޮޕަރޭޝަންވެސް ކުރެވޭނެގޮތަށްކަމަށާއި، ތެލަސީމިއާ ގުޅޭ ގިނަ ފަރުވާތައް ލިބޭނެކަމަށެވެ. އަދި ތެލިސީމިއާއަށ ފަރުވާ ހޯދާ ކުދިންނަށް އާސަންދައިގެ ދަށުން އެސްޓީއޯއިން ހިލޭ ބޭސް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ނިންމަވާފައިވާ ކަމަށްވެސް […]

އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް ހުސެއިން ލުވައިޒް

އެލައިޑް އިންޝުއަރެންސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެ ކުންފުނީގެ ކްލެއިމްސް ސެކްޝަންގެ މެނޭޖަރުގެ މަގާމުގައި ހުންނެވި ހުސެން ލުވައިޒް އައްޔަނުކޮށްފިއެވެ. އެލައިޑުންވަނީ އޭނާ މަގާމަށް އައްޔަންކުރިކަން ރަސްމީކޮށް އިއުލާންކޮށްފައެވެ. ލުވައިޒްއަކީ މީގެ 21 އަހަރު ކުރިން ފެށިގެން އެ ކުންފުނީގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތެކެވެ. 2002 ވަނަ އަަހަރު ކުންފުންޏާ ގުޅިވަޑައިގެންނެވި ލުވައިޒް އަކީ ޗާޓާޑް އިންޝުއަރެންސް އިންސްޓިޓިއުޓް، އޮސްޓްރޭލިއާ އަދި ނިއުޒީލަންޑް އިންސްޓިޓިއުޓް އޮފް އިންޝުއަރެންސް އެންޑް ފައިނޭންސްގެ ސީނިއާ އެސޯސިއޭޓް ގެ […]

ހުޅުމާލޭގައި ފުރާވަރުގެ ކުއްޖަކަށް ހަމަލާދިންކަން އަދި އެނގިފައިނެތް: ފުލުހުން

ރޭގައި ހުޅުމާލޭގައި ފުރާވަރުގެ ކުއްޖަކަށް ހަމަލާދިންކަން އަދި އެނގިފައިނެތްކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިހެން ބުނެފައިވަނީ މިއަދު ނެރެފައިވާ ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައިވަނީ ރޭ ހުޅުމާލޭ ސެންޓްރޯ މޯލްގެ ލިފްތް ތެރޭގައި ފުރާވަރުގެ ކުއްޖަކަށް ހަމަލާދީފައިވާކަމަށް ބުނެ ބައެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މައުލޫމާތު ދައުރުވަމުންދިޔަނަމަވެސް އެފަދަ އެއްވެސް މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިނުވާކަމަށެވެ. “އެހެންކަމުން އެފަދަކަމެއް ހިނގާފައިވޭތޯ ނުވަތަ އެފަދަ ކަމެއްގެ މައުލޫމާތު ލިބިފައިވާ މީހަކު ވޭތޯ ބެލުމަށް އެ ސަރަހައްދުން މީހުންނާ ސުވާލު ކުރެވިފައިވޭ، […]

ގްރޭޑް 10 އަދި 12،11 ނިންމާ ދަރިވަރުންނަށް އިމާމުވެ ހުކުރުކުރުމުގެ ހުއްދަ ދޭން ނިންމައިފި

ގްރޭޑް 10،11،12 ނިންމާފައިވާ ދަރިވަރުންނަށް އިމާމުވެ ހުކުރުކުރުމުގެ ހުއްދަ ދޭން އިސްލާމިކް މިނިސްޓްރީން ނިންމައިފައެވެ. އަށާރަ އަހަރުން ދަށުގެ ކުދިންނަށް އިމާމުވެ ނަމާދުކުރުމާއި ހުތުބާ ކިޔުން މިދިޔަ ސަރުކާރުން އޮތީ މަނާކޮށްފައެވެ. ނަމަވެސް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޒުވާން އިމާމުންނާއި ހަތީބުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ގްރޭޑް 10،11،12 ނިންމާފައިވާ، ރީތިކޮށް ގުރުއާން ކިޔަވާ އަދި ނަމާދުގެ ފިގުހަށް އަހުލުވެރި ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް […]

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy

Design By INCODE