ސެޕްޓެމްބަރ 20, 2024 00:00

ކޮލަމް ފަތިސްތަރި: މުޖުތަމައު ބައިވެރި ކުރާށެވެ!

2023 ޑިސެމްބަރު 03 ވަނަ ދުވަހަކީ ނުކުޅެދޭމީހުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މުޅި ދުނިޔޭގައި ކޮންމެ އަހަރަކުވެސް ފާހަގަ ކުރެވޭ ދުވަހެވެ. ކަމާގުޅޭ ވަކި ދުވަހެއް އޮތުމުގެ ބޭނުމަކީ އެހެން ހުރިހާ ދުވަހަކަށްވުރެ ބޮޑަށް އެ ދުވަހު އެކަމަށް ސަމާލުކަން ދިނުމެވެ. އެކަމާ ގުޅޭގޮތުން ހޭލުންތެރި ކުރުމާއި މައުލޫމާތު ދީ ރޭވުންތައް ރާވައި ހިންގުމެވެ. އަދި އޭގެ ތެރެއިން އެންމެ މުހިއްމު ދިމާއަށް ޚާއްޞަ ސަމާލުކަމެއް ދީ ޢަޒުމްތައް ކަނޑައެޅުމެވެ. ޤައުމެއްގެ ނިސްބަތުން ރާއްޖެއަކީވެސް ނުކުޅެދޭ މީހުން […]

ރާއްޖެއަށް ބޭނުންވާ އަސާސީ މުދަލެއް ހޯދުމުގައި އެއްވެސް ހުރަހެއް ނެތް: ސަޢީދު

ރާއްޖެއަށް ބޭނުންވާ އަސާސީ މުދަލެއް ހޯދުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ސަޢީދު މިފަދައިން ވިދާޅުވީ އަވައްޓެރި އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުން ކުއްލިއަކަށް މަޑު ޖައްސާލުމާ ގުޅިގެންނެވެ. މިކަން ހާމަކޮށްފައި ވަނީ އިންޑިއާގެ ރެކްޓާ ޖެނެރަލް އޮފް ފޮރިން ޓްރޭޑުން ނެރުނު އިއުލާނެއްގައެވެ. އެ އިއުލާނުގައި ބުނެފައި ވަނީ ތިން ހާލަތެއްގައި ފިޔަވައި އެހެން ހާލަތްތަކުގައި އިންޑިޔާއިން ފިޔާ އެކްސްޕޯޓު ކުރުން އަންނަ އަހަރުގެ މާރިޗު މަހާ […]

ރާއްޖޭގެ ތާރީހުގެ މުހިންމު ދައުރެއް އޮތް ދާރުލްއުލޫމު ރައްކާތެރިކުރަނީ

ރާއްޖޭގެ ތާރީހުގެ މުހިންމު ދައުރެއް އަދާ ކޮށްފައިވާ ދާރުލްއުލޫމު އިމާރާތް ރައްކާތެރިކަމާއެކު ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތަކާ ބެހޭގޮތޮތުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް މަޖީދިއްޔާ ސުކޫލުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި މި ބައްދަލުވުމުގައި ދާރުލްއުލޫމާއި ކުރިބޯށި އިމާރާތް ދެމެހެއްޓެނިވި ގޮތެއްގައި އާބާތުރަފިލުވައި ބެލެހެއްޓުމަށް މިނިސްޓްރީއާ ސަގާފީ ތަރިކަ ރައްތެރިކުރާ ގައުމީ މަރުކަޒާ މަޖީދިއްޔާ ސްކޫލު ކުރި ގިނަ މަޝްވަރާތަކާ ގުޅޭގޮތުން ވާހަކަ ދެކެވުނެވެ. […]

ކުރީގެ ދެރައީސުން، މައުމޫނާއި ޔާމީންގެ ބޮޑުދައިތަ، ރަންފުޅު އަވަހާރަވެއްޖެ

ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމާއި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބޮޑުދައިތާފުޅު އުއްމުކުލްސޫމް (ރަންފުޅު) އަވަހާރަވެއްޖެ އެވެ. ގ.ކެޓޭނިޔާ ގެއަށް އުފަން ރަންފުޅު އަވަހާރަވީ ސްރީ ލަންކާގެ ކޮލަންބޯގަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އެކަމަނާ އަވަހާރަވެފައި ވަނީ އާލާސްކަންފުޅާ އުޅުއްވުމަށް ފަހުގަ އެވެ. އަވަހާރަވިއިރު ރަންފުޅުގެ ސީދާ އުމުރު ޔަގީނެއް ނޫނެވެ. ބައެއް ބޭފުޅުން ވިދާޅުވަނީ ރަންފުޅަށް ވާނީ 96 އަހަރު ކަމަށެވެ. އިސްމާއިލް ވަހީދު ބަޔާންކުރައްވާފައިވާ ގޮތުގައި ރަންފުޅު […]

އައްޑޫ ގުޅިފައިވާ ރަށްތަކަށް އަދިވެސް ފެނުގެ ހިދުމަތް ނުލިބޭ

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ފެނުގެ ހިދުމަތް ކެނޑުނުތާ ތިން ދުވަސްވިއިރުވެސް ފެން ފޯރުކޮށްދެވެން ފެށިފައެއް ނުވާކަމަށް އެރަށުގެ ބައެއް ގެތަކުން މައުލޫމާތު ދީފިއެވެ. އެހެންނަމަވެސް ފެނަކަ ކޯޕަރޭޝަންއިން ރޭ ކުރި ޓުވީޓުތަކެއްގައި ބުނެފައިވަނީ، އައްޑޫ ސިޓީ ގުޅިފައިވާ ރަށްތަކުގެ އާރް.އޯ ޕްލާންޓްއަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް މާލެއިން ގެންދެވުނު ވީ.އެފް.ޑީ ޑްރައިވް އިންސްޓޯލް ކުރެވިފައި ވާކަމުގައެވެ. އޭގެ އިތުރުން ކޮންޓްރޯލް ކޭބަލް ކޮންފިގަރޭޝަން އަދި ސިސްޓަމް ޕްރޮގްރާމިންގގެ މަސައްކަތް ކުރިއަށް ދާކަމަށާއި، 1 ގަޑިއިރު ތެރޭ ފެން […]

އަމީނީމަގުގެ ބާކީ އޮތް ބައިގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި

އަމީނީ މަގުގައި ތާރު އަޅައިގެން ތަރައްގީކުރުމުގެ މަޝްރޫއުގެ އެންމެ ފަހު ދެ ސެގްމެންޓުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރުޑީސީ) އިން ފަށައިފިއެވެ. އާރްޑީސީއިން 13 ސެގްމެންޓަކަށް ބަހާލައިގެން ކުރިއަށް ގެންދާ އަމީނީ މަގުގެ 12 އަދި 13 ވަނަ ސެގްމެންޓުގައި ތާރު އެޅުމުގެ މަސައްކަތް ފަށާފައި ވަނީ މިއަދު ހެނދުނު 6:00 ގައެވެ. ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަސައްކަތް ކުރީ ދައުރު ނިމުމުގެ ކުރިން އަމީނީ މަގުގައި ތާރު އަޅާ ތަރައްގީކުރުމުގެ […]

ފުވައްމުލަކުގައި ސައިކަލަކާއެކު ވެއްޓިފައި އޮތް ކުއްޖަކަށް ފަރުވާދެނީ - ހާލު ސީރިއަސް!

ފުވައްމުލަކުގައި ސައިކަލަކާއެކު ވެއްޓިފައި އޮއްވާ ފެނުނު ކުއްޖަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށާއި ކުއްޖާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ ސައިކަލާއެކު ވެއްޓިފައި އޮއްވާ ފެނުނީ އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ. އަދި އޭނާ ފެނުނީ މާލެގަން އަވަށުން، ބަހާރު މަގާއި ގާޒީ މަގާ ގުޅޭ ހިސާބުން ރޭ ދަންވަރު 3:40 ހާއިރު ކަމަށެވެ. ފުލުހުންނަށް އެކުއްޖާ ފެނިފައިވަނީ ރޭ ދަންވަރު ޕެޓްރޯލް ކުރަމުން ދިޔައިރު ކަން ފުލުހުން ހާމަކުރި […]

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy

Design By INCODE