ސެޕްޓެމްބަރ 20, 2024 06:19

މާދަމާ އިސްލާމީމަރުކަޒުގައި ހުކުރު ނަމާދުގެ ޚަޠީބަކީ އަލްއުސްތާޛު ފިރްޒުލް

މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޘަމް (އިސްލާމީ މަރުކަޒުގައި) ހުކުރު ނަމާދުގެ ޚަޠީބަކީ އަލްއުސްތާޛު މުޙައްމަދު ފިރްޒުލް އަބްދުﷲ ޚަލީލު ކަމުގައި އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ. މާދަމާގެ ހުކުރު ޙުޠުބާގެ މަޢުޟޫޢަކީ "އިންސާނާގެ ޙަޔާތުގައި ޞައްޙަ އަޤީދާގެ މުހިއްމުކަން" މިއެވެ. ފިރުޒުލް މި ފަހުން ދިވެހިންނަށް އެނގިގެން ދިޔައީ އިންތިޚާބީ ރައީސްގެ ތަރުޖަމާނުގެ މަޤާމަށް އައްޔަނުކުރެވުނު ހިސާބުންނެވެ. އިންތިޤާލީ މަރުޙަލާގައި ދެއްވި ޕްރެސް ކޮންފަރެންސްތަކުން ތަރުޖަމާނެއްގެ މަސްޢޫލިއްޔަތު އަދާކުރެއްވުމުގައި ފިރުޒުލްގެ ހުނަރާއި ޤާބިލިއްޔަތު ވަރަށް ފުރިހަމައަށް ދައްކުވައިދީފައިވެއެވެ. […]

އައްޑޫސިޓީ މާރާމާރީގައި ހައްޔަރުކުރި އެގާރަމީހުން: ބަންދުގައި ބަހައްޓަން ނުފެންނާތީ އެކަކު ދޫކޮށްލައިފި

އައްޑޫ ހިތަދޫގައި މިދިޔަ ހަފްތާ ބަންދުން ފެށިގެން ކުރިއަށް ދިޔަ ސިލްސިލާ މާރާމާރީތަކާ ގުޅިގެން މިހާތަނަށް ހައްޔަރުކުރި 11 މީހުންގެ ތެރެއިން އެކަކު، ބަންދުގައި ބަހައްޓަން ނުފެންނަކަމަށް ބުނެ ފުލުހުންގެ ބަންދުން  މިއަދު ދޫކޮށްލައިފި އެވެ. އައްޑޫގައި މިދިޔަ ހުކުރު އަދި އާދިއްތަ ދުވަހު ހިންގި މާރާމާރީތަކާ ގުޅިގެން އިއްޔެގެ ނިޔަލަށް 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފައެވެ. ނަމަވެސް، މިއަދު ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އެ މައްސަލާގެ ތުހުމަތަށް […]

މަސްވެެރިންނަށް ނުދީ ހުރި ފައިސާ: މިރޭ 106 މިލިއަން ރުފިޔާ ދޭން ނިންމައިފި

މަސްކިރާފައި ފައިސާ ލިބުން ލަސްވާ މައްސަލަ ހައްލު ކުރުމަށް މިރޭ މަސްވެރިންނަށް 106 މިލިއަން ރުފިޔާ ދެވޭނެ އިންތިޒާމް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ. މަސްވެރިކަމާ ބެހޭ ވަޒީރު މިކަން ހާމަކުރައްވާފައި ވަނީ އެކްސް.ކޮމްގައި ކުރެއްވި ޕޯސްޓެއްގައެވެ. ވަޒީރު ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިވަގުތު މަސްވެރިން އެންމެ ބޮޑަށް ކަންބޮޑުވާ ކަމަކީ މަސްކިރާފައި ނުލިބި ހުރި ފައިސާ ލަސްވުން ކަމުގައެވެ. މިގޮތަށް ލަސްވުމުގެ ސަބަބުން މަސްވެެރި އާއިލާތަކުގެ ޒަރޫރީ އެތައް ކަމަކުން ވަނީ […]

މަސްވެރިންގެ ދުވަހާގުޅިގެން ޝައުގުވެރިވާފަދަ ކުޑަކުދިންނަށް ހާއްސަ ހަވީރެއް

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާދަމާ ހުޅުމާލޭގައި ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ. އެ ހަވީރު އޮންނާނީ މާދަމާ 4:00 އިން 6:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކްގައެވެ. ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މަސްވެެރިންގެ ދުވަހާ ގުޅުވައިގެން އެ ސިނާއަތާއި ގުޅުން ހުރި މައުލޫމާތު ކުޑަކުދިންނާއި ޒުވާނުންނަށް ހިއްސަކޮށް އެ ސިނާއަތާއި މެދު ސްކޫލް ކުދިންގެ މެދުގައި ޝައުގުވެރިކަން އުފެއްދުމަށްޓަކައި "މިފްކޯ ކުޑަ ކުދިންގެ ހަވީރު" ގެ ނަމުގައި […]

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް، އިމިގްރޭޝަނުން ހާއްސަ އޮޕަރޭޝަނެއް ފަށަނީ

އިމިގްރޭޝަނުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހާއްސަ އޮޕަރޭޝަނެއް ފަށަން ނިންމައިފިއެވެ. އިމިގްރޭޝަނުން މިކަން ހާމަ ކޮށް ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ގަވައިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން އޮޕަރޭޝަންތަކެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ. ގަވާއިދާ ހިލާފަށް ދިވެހިރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަކީ ދުވަހަކަށްވުރެ ދުވަހެއް ބޮޑު ވަމުން އަންނަ މައްސަލައެކެވެ. ދިވެހިންގެ ތެރޭގައި ދިވެހިންނަށްވުރެ ހުރިހާ ކަމަކަށްވެސް ނުފޫޒުގަދަ ބަޔަކަށް ބިދޭސީން ވެފައިވާއިރު ގިނަ ބިދޭސީންނަކީ ކޮން ގައުމެއްގެ ކިހިނެއްވީ […]

މިއަދުގެ މޫސުން ގޯސް - ހއ. އަތޮޅުން ގދ. އަތޮޅަށް ހުދު ސަމާލު!

މިއަދުގެ މޫސުން ގޯސްވާނެ ކަމަށް ލަފާކުރައްވާ މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާވިސް (މެޓް) އޮފީހުން ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ. މި ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 14:30 އާ ހަމައަށެވެ. ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ބުނީ އިރު ދެކުނާއި ދެކުނުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދު ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާއި 18 […]

ރޭ ހިޔާ ފްލެޓުގައި ހިނގި މާރާމާރީ އަކީ އާއިލީ ހަމަނުޖެހުމެއް: ފުލުހުން

ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެޗް-6 ގެ އެޕާޓްމަންޓެއްގައި ހިނގި މާރާމާރީއަކީ އާއިލީ ހަމަނުޖެހުމެއްގެ ތެރެއިން ހިނގި މާރާމާރީއެއް ކަމަށާއި, އެ މައްސަލާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 19 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ, މި ހާދިސާގައި އަނިޔާވި 22 އަހަރުގެ މީހާއަށް ހަމަލާ ދީފައި ވަނީ އާއިލާ ތެރޭގައި ޖެހުނު މައްސަލައެއްގައި ކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ. އަދި […]

މި މަހު 23ގައި އޮންނަ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީއަށް ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން ވާދަކުރާ ކެންޑިޑޭޓުން ކަނޑައަޅަން މި މަހު 23 ގައި ބާއްވާ ޕްރައިމަރީއަށް މިއަދު ފުރުސަތު ހުޅުވާލައިފި އެވެ. ސަރުކާރު ހިންގާ ކޯލިޝަންގެ ފަރާތުން މަޖިލީހަށް ވާދަކުރަން ޝައުގުވެރިވާ މީހުންނަށް އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅޭނެ އެވެ. ޕީއެންސީގެ އާ އޮފީސް ހުޅުވަން ބޭއްވި ރަސްމިއްޔާތެއްގައި އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް ވިދާޅުވީ ރޭ ބޭއްވި ސެނެޓު ބައްދަލުވުމުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެންޑިޑޭޓުން ކަނޑައަޅާނެ ގޮތާ ބެހޭ […]

ތިލަފުށީ މަސައްކަތް ކުރާ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި

ތިލަފުށީގައި ބޭނުންކުރާ ކޮޅުވެއްޓިއެއްގައި އުޅޭ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ގެއްލިގެން ހޯދަމުން އަންނަނީ ނ. މިލަދޫ / ގުމުރީގެ، މުއްރަތު އަލީ (30އ) އެވެ. އޭނާ ހޯދަމުން އަންނަނީ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް އިއްޔެ  ރިޕޯޓުކޮށްފައިވާތީ ކަމަށް ފުލުހުން ބުނެއެވެ. މުއްރަތުގެ އާއިލާއާއި ހަވާލާދީ ފުލުހުން ބުނެފައިވަނީ އޭނާ މަސައްކަތްކުރަނީ ތިލަފުށީގައި ބޭނުންކުރާ ކޮޅުވެއްޓިއެއްގައި ކަމަށާއި އޭނާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އާދީއްތަ ދުވަހު 17:00 އެހައިކަންހާއިރު އެ ކޮޅުވެއްޓީގައި ހުއްޓައި ކަމަށެވެ. […]

ދުބާއީގައި ނެގި ޕްރޮމޯޝަނަކުން ދިވެއްސަކަށް އެއް މިލިއަން ޑޮލަރު!

ދުބާއީގެ ޑިއުޓީ ފްރީ (ޑީޑީއެމް) އިން ބާއްވާ "މިލެނިއަމް މިލިއަނާ" ޕްރޮމޯޝަނުން ދިވެއްސަކަށް އެއް މިލިއަން ޑޮލަރު ލިބިއްޖެއެވެ. ދުބާއީގެ ގަލްފު ނިއުސްގައިވާ ގޮތުން އެއް މިލިއަން ޑޮލަރު ލިބިފައިވާ ކޫޕަން ނަންބަރު 1174 ލިބުނު މީހާއަށެވެ. އެއީ އަހުމަދު ނާސިރު ނަމަކަށް ކިޔާ ދިވެއްސެކެވެ. މި ޕްރޮމޯޝަނަށް ނާސިރު ޓިކެޓު ގަނެފައިވަނީ މިދިޔަ ނޮވެމްބަރު 16ގައެވެ. ކޮންމެ 2-3 ހަފްތާއަކުން ބާއްވާ މި ޕްރޮމޯޝަންގައި ޖެހެނީ 275 ޑޮލަރުގެ ލޮޓަރީ ޓިކެޓެއް ގަންނާށެވެ. އެއީ 1000 […]

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy

Design By INCODE