ސެޕްޓެމްބަރ 20, 2024 03:53

އެސްޓީއޯގެ ޗެއާމަންކަމަށް އާމިރު މަންސޫރު، ބޯޑު ޑިރެކްޓަރުގެ މަގާމަ މުހައްމަދު މުރާދު

އެސްޓީއޯގެ ޗެއާމަނަކަށް މަޝްހޫރު ވިޔަފާރިވެރިޔާ އާމިރު މަންސޫރު، އަދި ކުންފުނީގެ ބޯޑު ޑިރެކްޓަރުގެ މަގާމަށް، މއ. ދަނޑިކޮށީއިރުމަތީގެ، މުހައްމަދު މުރާދު ހަމަޖައްސައިފި އެވެ. މިހާތަނަށް ޗެއާމަން ކަމުގައި ހުންނެވީ މއ. ޗަނބޭލީގެ، ހާމިދު ނަޝީދެވެ. އާމިރު މަންސޫރަކީ ލިލީ އިންޓަނޭޝަނަލްގެ މެނޭޖިން ޑިރެކްޓަރެވެ. މުރާދަކީ މީގެ ކުރިން އެސްޓީއޯގެ އެކި ޑިޕާޓްމަންޓުތަކުގައި އިސްކޮށް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ސިޔާސަތު ކަނޑައެޅުމުގައި ޖިންސުގެ ހަމަހަމަކަމުގެ މައުލޫމާތުގެ ބޭނުންހިފަންޖެހޭ: ފަސްޓްލޭޑީ

ސިޔާސަތު ކަނޑައެޅުމުގައި ޖިންސުގެ ހަމަހަމަކަމަށް ވިސްނައި ލިބެންހުރި މައުލޫމާތުގެ ފުރިހަމަ ބޭނުން ހިފުމަކީ އިހުތިޔާރީ ކަމެއް ނޫން ކަމަށާއި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ. އެކަމަނާ މިހެން ވިދާޅުވީ 'ޖެންޑަ ޑޭޓާ ޔޫސް އިން ޕޮލިސީ މޭކިން ވެލިޑޭޝަން އެންޑް އެޑްވޮކަސީ ވޯކްޝޮޕް' ގައި ވާހަކަ ދައްކަވަމުންނެވެ. މިއަދު ހެނދުނު ކުރިއަށް ދިޔަ މި މަސައްކަތު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސްގެ އަނބިކަނބަލުން ވިދާޅުވީ، މި ވަގުތަކީ […]

އިންޑޮނޭޝިއާގެ މައުންޓް މަރަޕީ ފަރުބަދަ ގޮވާ މަރުވި މީހުންގެ އަދަދު 22 އިން މައްޗަށް

މިދިޔަ އާދިއްތަ ދުވަހު އިންޑޮނޭޝިއާގެ މައުންޓް މަރަޕީ ފަރުބަދަ ގޮވައި މަރުވި މީހުންގެ އަދަދު 22 އިން މައްޗަށް އަރައިފިއެވެ. އިންޑޮނޭޝިއާގެ ރެސްކިއު ޓީމާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި ގެއްލުނު މީހުންގެ އަދަދުވެސް 10 ކުން މައްޗަށް އަރައެވެ. މައުންޓް މަރަޕީ ގޮވި ވަގުތު 75 މީހަކު އެފަރުބަދައަށް އަރަމުން ދިޔަ ކަމަށާއި އޭގެތެރެއިން 12 މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް ރިޕޯޓުގައިވެއެވެ. ދިގުމިނުގައި 2891 މީޓަރު ހުރި މި އަލިފާން ފަރުބަދަ ގޮވި […]

ޣައްޒާގެ ދެކުނުގައި ހުރި ޑަބްލިއުއެޗްއޯގެ ބޭސް ގުދަންތައް ހުސްކުރަން އިޒްރޭލުން އަންގައިފި

ގާޒާގެ ދެކުނުގައި ހުރި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ގުދަނުން ސިއްހީ ސާމާނު ހުސްކުރަން އިޒްރޭލުން އަންގައިފިއެވެ. ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސަސް އެކްސްގައި ކުރެއްވި ޕޯސްޓެސްގައި ވިދާޅުވީ އިޒްރޭލުގެ އަސްކަރިއްޔާއިން މިފަދައިން އެންގީ އިއްޔެ ކަމަށާއި އެ ގުދަންތައް ހުސްކުރަން ދިނީ 24 ގަޑީރުގެ މުހުލަތެއް ކަމަށެވެ. އަދި ހުސްނުކޮށްފި ނަމަ އެއްގަމުން ދޭ ހަމަލާތަކުގައި އެ ގުދަންތައް ބޭނުން ނުކުރެވޭ ވަރު ކުރާނެ ކަމަށް އިޒްރޭލުން އިންޒާރު ދީފައިވާ ކަމަށް ވިދާޅުވިއެވެ. […]

ނޫސްވެރިންނަށް ފަސޭހައިން މައުލޫމާތު ހޯދޭނެ ގޮތެއް ޕީޖީ އޮފީހުން ހަމަޖައްސާ ކޮރެސްޕޮންޑެންޓްސް އުފައްދައިފި

ނޫސްވެރިންނަށް ފަހިކޮށްދިނުމުގެ މަގުސަދުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ރައްޔިތުންގެ ޕޯޓަލްގެ ތެރެއިން ނޫސްވެރިން ބޭނުންވާ މައުލޫމާތު ލިބޭނެ ގޮތް ހަދައިދީ، ޕީޖީ އޮފީސް ކޮރެސްޕޮންޑެންޓްސް އުފައްދައިފިއެވެ. ޕީޖީ އޮފީހުގެ ރައްޔިތުންގެ ޕޯޓަލަކީ އާންމުންނާ މުއާމަލާތުކުރަން ތައްޔާރުކޮށްފައިވާ ޕޯޓަލެކެވެ. އީ ޕާސް މެދުވެރިކޮށް އެ ޕޯޓަލަށް ވަދެވޭ އިރު، ޕީޖީ އޮފީހުން ވަނީ މި ޕޯޓަލް ތެރޭގައި ނޫސްވެރިންނަށް ހާއްސަ ޓެބެއް ހިމަނައިފައެވެ. މި ޕޯޓަލްގައި ރަޖިސްޓްރީ ވާން ޖެހެނީ އެ ނޫސްވެރިއަކު ނިސްބަތްވާ ނޫސް އޭޖެންސީއެއްގެ ރަސްމީ […]

މިފެށޭ ޖެނުއަރީ މަހުން ފެށިގެން ސުކޫލުތަކުގެ ކިޔެވުން ފަށާނީ ގައުމީ ސަލާމުން: ރައީސް

އަންނަ ޖެނުއަރީ މަހުން ފެށިގެން ސްކޫލުތަކުގެ ކިޔެވުން ފަށާނީ ގައުމީ ސަލާމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އިއްޔެ އޮތް ކެބިނެޓް ބައްދަލުކުރެއްވުމަށްފަހު އެ ބައްދަލުވުމުގައި ނިންމެވި މުހިންމު ނިންމެވުންތައް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ ފުރަތަމަ ޓާމް ބަންދަށްފަހު ޖެނުއަރީގައި ސްކޫލުގެ ކިޔެވުން ފެށޭ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ވެސް ހުރިިހާ ސެޝަނެއް ފެށުމުގެ ކުރިން ގައުމީ ސަލާމް ކިޔާނެ ކަމަށެވެ. ރައީސް ވިދާޅުވީ މިކަން ކުރުމުގެ ބޭނުމަކީ ގައުމީ ލަވަ، ގައުމީ ދިދަ […]

ނޫސްމަޖައްލާ ރަޖިސްޓްރީކުރުމުގެ ފޯމް ބަލައިގަތުން ވަގުތީ ގޮތުން މެދުކަނޑާލައިފި

ނޫސްމަޖައްލާ ރަޖިސްޓްރީކުރުމުގެ ފޯމް ބަލައިގަތުން ވަގުތީ ގޮތުން މެދުކަނޑައިލާފައިވާ ކަމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް, އިންފޮމޭޝަން އެންޑް އާޓްސްއިން ހާމަކޮށްފިއެވެ. މިނިސްޓްރީން ބުނީ މިހާރު ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމުގެ ކަންތައް އެ މިނިސްޓްރީގެ މެންޑޭޓްގެ ދަށަށް ބަދަލުވުމުން ނޫސް މަޖައްލާ ރަޖިސްޓްރީކުރުމަށް ހުށަހަޅަންޖެހޭ ފޯމުތައް އިސްލާހުކުރުމުގެ މަސައްކަތްކުރަމުން ގެންދާ ކަމަށެވެ. އެހެންވެ ނޫސް މަޖައްލާ ރަޖިސްޓްރީކުރުމުގެ ފޯމް ބަލައިގަތުން ވަގުތީ ގޮތުން ވަނީ މެދުކަނޑާލާފައި ކަމަށެވެ. ފޯމުތައް އިސްލާހުކުރުމުގެ މަސައްކަތް ނިމުމުން އަލުން ފޯމް […]

އައްޑޫ މާރާމާރީތަކާ ގުޅިގެން އިތުރުބަޔަކު ހައްޔަރުކޮށްފި

އައްޑޫގައި ހިނގި މާރާމާރީތަކާ ގުޅިގެން އަނެއްކާވެސް އިތުރު ބަޔަކު ހައްޔަރު ކޮށްފިއެވެ. އައްޑޫގައި އެންމެ ފުރަތަމަ މާރާމާރީ ހިނގީ މިދިޔަ ހުކުރު ދުވަހުގެ ރޭގައެވެ. އެ މާރާމާރީ އަށް ފަހު އިތުރު މާރާމާރީތަކެއް ވެސް ހިނގިއެވެ. ފުލުހުން ރޭ ބުނީ އައްޑޫ މާރާމާރީތަޖާއި ގުޅިގެން އިއްޔެ ކޯޓު އަމުރެއްގެ ދަށުން އުމުރުން 18 އަހަރާއި 20 އަހަރާއި 21 އަހަރާއި އަދި 23 އަހަރުގެ ދިވެހި ފިރިހެނުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. މީގެކުރިން ވެސް އައްޑޫ މާރާމާރީއާ […]

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy

Design By INCODE