ސެޕްޓެމްބަރ 20, 2024 08:52

މިފްކޯ ސައްތައިން ސައްތަ ސަރުކާރު ކުންފުންޏަކަށް

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަކީ 100 އިންސައްތަ ސަރުކާރު ހިއްސަވާ ކުންފުންޏެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމެވި ނިންމެވުންތަކާ ގުޅޭގޮތުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މީގެއިތުރުން ރާއްޖޭގެ މަސްވެރިކަން ކުރިއަރުވައި މަސްވެރިކަމުގެ ދާއިރާ ހަރުދަނާ ކުރެވޭނީ މިފްކޯ ހަރުދަނާކުރެވިގެންކަން އެމަނިކުފާނު ވަނޫ ފާހަގަކުރައްވާފައެވެ އަދި ރައީސް ވިދާޅުވެފައިވަނީ މަސްވެރިންނަށް ހާއްސަ ކޯޕަރޭޓިވްއެއް ގާއިމުކުރައްވައި، އެ […]

މި އަހަރު ސަރުކާރުގެ ޚަރަދުގައި 50 މީހަކު ޙައްޖަށް ފޮނުވަން ނިންމައިފި

ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުވަން ވައުދުވި 1000 މީހުންގެ ތެރެއިން މި އަހަރު 50 މީހަކު ޙައްޖަށް ފޮނުވުމަށް، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމެވި ނިންމެވުންތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް މިއަދު ހަވީރު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޙައްޖަށް ދާން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ކުރިއަށް އޮތް 5 އަހަރުދުވަހުގެ […]

ހިޔާފްލެޓްތައް ނިންމަން ދިޔަ ހަރަދު އަނބުރާ ދިނުމަށް ކޮންމެ ފުލެޓެއްގެ ކުލިން ދެލައްކަ ރުފިޔާ އުނިކުރަނީ

ހިޔާ ފުލެޓުތައް ނިންމަން ދިޔަ ހަރަދު އަނބުރާ ދިނުމަށް މި ސަރުކާރުން ވީ ވައުދު ފުއްދުމުގެ ގޮތުން ހިޔާ ކޮންމެ ފުލެޓެއްގެ ކުލިން 200،000ރ. އުނި ކުރަން ސަރުކާރުން ނިންމައިފި އެވެ. ވަޒީރުންގެ ބައްދަލުވުމަށް ފަހު މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ހިޔާ ފުލެޓުތަކުގެ ފިނިޝިންއަށް ދިޔަ ހަރަދު އަނބުރާ ދިނުމުގެ ގޮތުން ފުލެޓުތަކުގެ ކުއްޔަށް ގެންނަން ނިންމި ބަދަލާއެކު ކުރިޔަށް އޮތް ހަތް އަހަރު ދުވަހުގެ ތެރޭގައި ކުލީގެ ގޮތުގައި ދައްކަން […]

ޚިދުމަތެއްގެ ގޮތުގައި އާސަންދައިން ހިލޭ މެޑިކަލް ޗެކްއަޕް ހެދޭގޮތް ހަދައިފި

ޚިދުމަތެއްގެ ގޮތުގައި ހިމަނައިގެން އާސަންދައިގެ ތެރެއިން ހިލޭ މެޑިކަލް ޗެކްއަޕް ހެދޭގޮތް ހަދައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ މިއަދު ރައީސް އޮފީހުގައި ކުރިޔަށް ދިޔަ ނޫސްވެިރންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުހަައްމަދު މުޢިއްޒެވެ. "އެކި އުމުރުފުރާތަކަށް ބަހާލައިގެން އެކި ޕެކޭޖްތައް ހަދައިގެން މި ޚިދުމަތް ދޭން ސަރުކާރުގެ ވިސްނުން ހުރީ" ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ, މި ޚިދުމަތް ސަރުކާރު ހޮސްޕިޓަލްތަތާއި ސިއްހީ މަރުކަޒުތަކުން ލިބޭނެ ކަމަށާއި އަދި ޚިދުމަތް ނުލިބޭ ހާލަތެއްގައި އާސަންދަ ސްކީމުގައި ރެޖިސްޓަރކޮށްފައި […]

ވައުދުވެވަޑައިގެންފައިވާ ގޮތަށް ސޯޝަލްހައުސިންގ ޖޫރިމަނާތައް މާފުކޮށްދެއްްވަނީ

ރައީސް ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް ސޯޝަލް ހައުސިންގެ ޖޫރިމަނާތައް މާފުކޮށްދެއްވާނެކަމަށް ވިދާޅުވެއްޖެއެވެެ. ރައީސް މިފަދައިން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ކުރިޔަށް ދިޔަ ނޫސްވެިރންގެ ބައްދަލުވުމުގައެވެ. ރައީސް ޑރ މުއިއްޒު ވިދާޅުވީ ކުރިންވެސް އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް ސޯޝަލް ހައުސިންގެ އެއްވެސް ޔުނިޓެއް ލިބިފައިވާ ފަރާތަކަށް ކުލި ނުދެއްކިގެން ޖޫރިމަނާ އަރާފައި ވާނަމަ އެހުރިހާ ޖޫރިމަނާއެއް މާފުކޮށްދެއްވާނެ ކަމަށެވެ. "މާލެ ހުޅުމާލެ ވިލިމާލެ އަދި ރާއްޖޭގެ އެއްވެސް ތަނެއްގައު ހެދިފައިވާ އެގްރީމެންޓެއްގެ ތެރެއިން ލިބިފައިވާ […]

ހިޔާފްލެޓާއި ވިނަރެސް ފްލެޓްގެ ކުލި ކުޑަކޮށްފި

ހިޔާ ފްލެޓްތަކާއި ވިނަރެސް ފްލެޓްތަކާއި ރަށްރަށުގެ ހައުސިން ޔުނިޓްތަކުގެ ކުލިތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޮޑުތަނުން ކުޑަކޮށްދެއްވައިފިއެވެ. މިކަން އެމަނިކުފާނު ހާމަކުރެއްވީ މިއަދުގެ ކެބިނެޓް ބައްދަލުވުން ނިންމަވާލެއްވުމަށްފަހު އެ ބައްދަލުވުމުގައި ނިންމެވި ބޮޑެތި މި ނިންމުންތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެގޮތުން ނިންމެވި ބޮޑެތި ނިންމުންތަކުގެ ތެރޭގައި ހިޔާ ފްލެޓްތަކުގެ ފިނިޝިން އަށް ދިޔަ ދެ ލައްކަ ރުފިޔާ ކެނޑޭ ކަހަލަ އުސޫލެއްގެ ދަށުން ހިޔާ ފްލެތްތަކަށް މިހާރު ދައްކަމުން އަންނަ […]

ދަރުމަވަންތަ ސްކޫލަށް 3 މަސް، ބިއްލޫރިތައް ތަޅައިގެންދަނީ، ބަދަލުކޮށްދޭން އެދިއްޖެ

މި ދިރާސީ އަހަރަށް ކިޔަވައިދޭން ފެށި ދަރުމަވަންތަ ސްކޫލްގެ ދޮރުތަކުގެ ބިއްލޫރިތައް ތަޅައިގެން ދާތީ، ދަރިވަރުންނާއި ޓީޗަރުންގެ ރައްކާތެރި ކަމަށް ބަދަލު ކުރަން ޖެހިއްޖެއެވެ. ދަރުމަވަންތަ ސްކޫލްގައި ކިޔަވައިދޭން ފެށީ މީގެ ތިން މަސް ދުވަސް ކުރިންނެވެ. އައު ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއީލް ޝަފީއު މިއަދު ވަނީ ދަރުމަވަންތަ ސްކޫލަށް ވަޑައިގެން އެ ސްކޫލްގެ ހާލަތު ބައްލަވާލައްވާފައެވެ. އެ ޒިޔާރަތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ އެ ސްކޫލްގެ ދޮރުތަކުގެ ބިއްލޫރިތައް […]

ފެނަކައިން މުވައްޒަފުން ވަކިކުރާ ކަމަށް ބުނެ ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުން ވަޒީފާ އިން ވަކި ކުރަމުން އަންނަ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލިހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ. މިއަދުގެ ޖަލްސާގައި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުޙައްމަދު ދީދީ ހުށަހެޅުއްވި ކުއްލި މައްސަލައަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެނާއި، ކަރަންޓާއި، އައިސްޕްލާންޓް އަދި ނަރުދަމާއާއި ބޮޓްލިން ޕްލާންޓްތަކުގެ ޚިދުމަތް ދެމުންގެންދާ ފެނަކައިގެ މުވައްޒަފުން، މި ސަރުކާރުން ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އެންގެވުމަށް […]

ޕީޕީއެމް/ޕީއެންސީގެ ޓިކެޓް މޭޔަރ ކަމުގެ ޓިކެޓް އާޒިމާއަށް

ޕީޕީއެމް/ޕީއެންސީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމުގެ ޓިކެޓު، ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރަށް އެރުވުމަށް އެ ދެ ޕާޓީން ނިންމައިފިއެވެ. ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ އެ ކޯލިޝަނުން މޭޔަރުކަމަށް ކުރިމަތިލައިފައި ވަނީ ހަމައެކަނި އާޒިމާ ކަމަށެވެ. އެހެންވެ އާޒިމާއަށް ޓިކެޓު ވަނީ ކަށަވަރުވެފައެވެ. ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ފޯމް ހުށަހެޅުއްވުމަށްފަހު އާޒިމާ ވިދާޅުވީ, ޕީއެންސީގެ ޓިކެޓްގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވަން ނިންމެވީ މާލެއަށް ދިމާވެފައިވާ މައްސަލަތަަކަށް ސަރުކާރާއި […]

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy

Design By INCODE