ސެޕްޓެމްބަރ 20, 2024 08:54

ޖޭއެސްސީ މެންބަރުކަމަށް ޝުޖާއު އާއި ޒުބަރު ޝަރުތު ހަމަ ނުވާ ކަމަށް ނިންމައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުކަމަށް ކުރިމަތިލެއްވި ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ ޒުބައިރު މުހައްމަދު، މެމްބަރު ކަމަށް ޝަރުތު ހަމަނުވާ ކަމަށް ބާ ކައުންސިލް އޮފް ދަ މޯލްޑިވްސްއިން ނިންމައިފިއެވެ. ޖޭއެސްސީގެ މެމްބަރުކަމަށް ޝުޖާއު އަދި ޒުބައިރު ކުރިމަތިލެއްވީ އެ މަގާމުގައި ހުންނެވި އަބްދުލް މާނިއު ހުސެއިން މިދިޔަ މަހު އިސްތިއުފާ ދެއްވުމާ ގުޅިގެން ހުޅުވާލި ފުރުސަތުގައެވެ. ބާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި […]

އައްޑޫސިޓީ މާރާމާރީތަކާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީގައި މިދިޔަ ހުކުރު ދުވަހު ހިންގި މާރާމާރީ އާއި އިއްޔެ ހިންގި މާރާމާރީގެ ތުހުމަތުގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިރޭ ބުނީ އައްޑޫގައި މިދިޔަ ހުކުރު ދުވަހު ހިންގި މާރާމާރީއާ ގުޅިގެން 23 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އިއްޔެގެ މާރާމާރީގެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 22 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ. އިއްޔެ ހިންގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ޒަހަމްވެފައިވަނީ 20 […]

އަމީނީ މަގުގެ ނުނިމި އޮތް ބައިގެ މަސައްކަތް ފަށަނީ

އަމީނީ މަގުގެ ނުނި އޮތް ބައިގެ މަސައްކަތް ފެށުމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ނިންމައިފިއެވެ. ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އަމީނީމަގުގެ ހެދުމުގެ މަޝްރޫއާ ގުޅޭގޮތުން އާރްޑީސީއާ އަދި ސްޓޭކްހޮލްޑަރުންނާ އެކު މިއަދު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. "އެގޮތުން، މި ބައްދަލުވުމުގައި ނިންމާފައިވަނީ އަމީނީ މަގުގެ އެންމެ ފަހު ސްގެމެންޓު 12 އަދި 13 ގެ މަސައްކަތް ފެށުމަށް،" ކޮންސްޓްރަކްޝަން މިނިސްޓްރީން ބުންޏެވެ. އެ މިނިސްޓްރީން ބުނީ އަމީނީ މަގު […]

ރަތްކަނޑުގައި ދަތުރު ކުރި އިޒްރޭލުގެ 2 ބޯޓަކަށް ހޫތީން ހަމަލާދީފި

ރަތް ކަނޑުގައި ދަތުރުކުރަމުންދިޔަ އިޒްރޭލުގެ ދެ ބޯޓަކަށް ހޫތީން ހަމަލާދީފިއެވެ. ޔަމަނުގެ ހޫތީން ބުނީ، ޔުނިޓީ އެކްސްޕްލޯރާ އާއި ނަންބާ ނައިން ނަމަކަށް ކިޔާ އެ ދެ ބޯޓަށް ހަމަލާ ދިނީ ޑްރޯން އާއި މިސައިލު ބޭނުންކޮށްގެން ކަމަށެވެ. އަދި އެ ދެ ބޯޓަށް ހަމަލާ ދިނީ ހޫތީންގެ އަމުރަށް ނުކިޔަމަންތެރި ނުވުމުން ކަމަށްވެސް ބުންޏެވެ. ހޫތީން ހަމަލާގައި ދެ ބޯޓަށްވެސް އެކިވަރުގެ ގެއްލުން ލިބުނުއިރު، އެމެރިކާއިން ވަނީ ރަތް ކަނޑުގައި ދަތުރުކުރާ ބޯޓުތަކަށް ހަމަލާ ދޭން […]

ގައުމީ ގުރުއާން މުބާރާތް އަންނަ ފެބްރުއަރީގައި

36 ވަނަ ގައުމީ ގުރުއާން މުބާރާތް އަންނަ އަހަރުގެ ފެބްރުއަރީ މަހުގައި އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓަރ، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރައްވާ އެކްސްގައި އެމަނިކުފާނު ވިދާޅުވީ ގައުމީ ގުރުއާން މުބާރާތަކީ ރާއްޖޭގައި ބޭއްވޭ އިސްލާމީ އެންމެ ބޮޑު ގައުމީ އެއް ހަރަކާތް ކަމަށެވެ. އެގޮތުން އެ މުބާރާތުގެ ހައްގު ދަރަޖައާއި މަގާމު މުބާރާތަށް ހޯދައިދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ހާއްސަ ކޮމިޓީއެއްވެސް ހަމަޖައްސާފައިވާނެ ކަމަށް ޝަހީމް ވިދާޅުވެފައި ވެއެވެ. ގުރުއާނާ […]

ޗެލްސީ އާއި ލިވަޕޫލް އުނދަގުލުން މޮޅުވެ ކުރިއަށް

އިނގިރޭސި ޕްރިމިއަރ ލީގުގައި މަޝްހޫރު ލިވަޕޫލް އާއި ޗެލްސީ މިރޭ އުނދަގުލުން މޮޅުވެ މުހިއްމު ތިން ޕޮއިންޓް ހޯދައިފިއެވެ. ލިވަޕޫލް މޮޅުވީ އަމިއްލަ ދަނޑުގައި ފުލަމްއާ ވާދަކޮށް ވަރަށް ވާދަވެރި ކުޅުމަކަށްފަހު 4-3 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީވެސް ލިވަޕޫލްއިންނެވެ. މިއީ ފުލަމްގެ ބާންޑް ލެނޯ އަތުން މެޗުގެ 20 ވަނަ މިނެޓުގައި ބައިކޮޅަށް ވަން ލަނޑެކެވެ. ފުލަމްގެ ހެރީ ވިލްސަން 24 ވަނަ މިނެޓުގައި ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ […]

އެމެެރިކާގެ މަނަވަރެއް ޤަވައިދާ ޚިލާފަށް ޗައިނާ ކަނޑުގެ ސަރަހައްދަށް ވަދެއްޖެ

ބެއިޖިން (ޑިސެމްބަރ 4) - އެމެރިކާގެ ހަނގުރާމަ މަތީ މަނަވަރެއް ގަވާއިދާ ހިލާފަށް ޗައިނާ ކަނޑުގެ ސަރަހައްދަށް އިއްޔެ ވަދެފައިވާ ކަމަށް ޗައިނާގެ އަސްކަރިއްޔާއިން ބުނެފި އެވެ. ޗައިނާގެ ސަދަން ތިއޭޓަރ އޮފް އޮޕަރޭޝަންސްގެ ތަރުޖަމާނު ނެރުނު ބަޔާނެއްގައި ވިދާޅުވީ އެމެރިކާގެ މިއަމަލުގެ ސަބަބުން ސަރަހައްދީ ސުލްހައާއި ހަމަޖެހުމަށް ވަރަށް ބޮޑަށް ބުރޫ އަރާފައިވާ ކަމަށެވެ. އަދި އެމެރިކާއިން ގަސްތުގައި ދެކުނު ޗައިނާ ކަނޑުގެ މަސްލަހަތަށް ބުރޫއަރުވާ، ޗައިނާގެ އިސްތިގުލާލާ ވަރަށް ބޮޑަށް އަރައިގަނެފައިވާކަން އެމެރިކާގެ މިއަމަލުން […]

21 އަހަރުގެ ހަމްދާ އެންމެ ބޮޑު އަގުލަބިއްޔަތަކުން ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބު ކާމިޔާބު ކޮށްފި

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގައި ވިމަން ޑިމޮކްރެޓްސް ލީޑަރު ކަމަށް މުޅި އިންތިޚާބުގެ އެންމެ ބޮޑު އިންސަތައަކާއެކު ފާތިމަތު ހަމްދާ މުހައްމަދު ކާމިޔާބުކޮށްފިއެވެ. ހަމްދާ އާންމުންގެ މެދުގައި މަގްބޫލުވެގެން ދިޔައީ ރިޔާސީ ކެމްޕެރިން ދުވަސްކޮޅު، ދަ ޑިިމޮކްރެޓްސްގެ ކެމްޕެއިން އޮފީސް ޕޯޑިއަމްގައި ދިން ސްޕީޗަކުންނެވެ. އޭގެ ފަހުގައި ޒުވާނުންގެ މެދުގައި ސިޔާސީ ކަންކަމުގައި އަޑު އުފުލައި ކެރިގެން ސިޔާސީ މައިދާނުގައި ބަސްބުނުމަށް ހިތްވަރަކަށް ވީ ހަމްދާއެވެ. ޑިމޮކްރެޓްސްގެ ފުރަތަމަ އެތެރޭގެ އިންތިހާބުގައި 5،883 […]

ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރަކަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު

ސަރުކާރު ތަމްސީލު ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމެންޓް ގްރޫޕުގެ ލީޑަރަކަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ހަމަޖައްސައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ، މޫސާ ސިރާޖަކީ ޕީއެންސީގެ ލީޑަރު ކަމަށް ހުސްވި ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު އެ ޕާޓީން ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގައި އެކަން އިއުލާން ކުރައްވާ ކަމަށްވެސް […]

ބުޅާ މަރާލި މީހާގެ ބަންދަށް 10 ދުވަސް އިތުރުކޮށްފި

މާލޭގެ މަގެއްގެމަތީގައި އޮތް ބުޅަލެއްގެ ގަޔަށް ވަޅި ހަރައި މަރާލި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދު ތިންވަނަ ފަހަރަށް އިތުރުކޮށްފިއެވެ. އޭނާގެ ބަންދަށް 10 ދުވަސް އިތުރުކޮށްފައިވަނީ މިދިޔަ މަހު 18 ގައި އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރި މުއްދަތު ހަމަވުމާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައެވެ. މި މައްސަލާގައި މިދިޔަ މަހުގެ 13 ވަނަ ދުވަހު މާލެއިން ހައްޔަރުކުރީ މ. ކޮޅުފުށީ/ ޖަވާހިރުވާދީ، އަހުމަދު ނަސީމް 45އ […]

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy

Design By INCODE