ސެޕްޓެމްބަރ 20, 2024 09:04

ވިހެއުމަށްފަހު ދަރިފުޅު ކޮތަޅަކަށް ލައި ކުނި ގޮނޑަށް އެއްލާލި ބިދޭސީ އަންހެނާ ހައްޔަރުކޮށްފި

އދ. ދިގުރަށުގައި މަރާލުމަށް ފަހު ކޮތަޅަކަށް ލައި ކުނި ގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު ކުޑަކުއްޖާގެ މަންމަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ހުއްޓާ ހައްޔަރުކޮށްފިއެވެ. އެނގިފައިވާ ގޮތުގައި މިއަދު މެންދުރު ފުލުހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ ސްރީލަންކާގެ އަންހެނެކެވެ. އޭނާ ހައްޔަރު ކުރީ ލަންކާއަށް ފުރަން ގޮސް އެއާޕޯޓްގައި ހުއްޓާއެވެ. ދިގުރަށުގައި ވިހެއުމަށް ފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮއްވާ ފެނުނީ ދުވަސްފުރާ ވިހާފައިވާ އަންހެން ކުއްޖެކެވެ. އެ […]

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދަން އިންޑިއާއިން ވަނީ އެއްބަސްވެފައި: ރައީސް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދަން އެގައުމުން އެއްބަސްވެފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ތުރުކީ އަދި ކޮޕް-28 ސަމިޓުގެ ދަތުރުތައް ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން، ވެލާނާ އެއާޕޯޓުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަކީ ރިޔާސީ އިންތިހާބަށް ކުރެއްވި ކެމްޕެއިންގައި ވެސް ވަރަށް ގަދައަށް ދެއްކެވި ވާހަކަފުޅެއް ކަމަށާއި އެއަށް ފަހު ޓްރާންސިޝަން މަރުހަލާގައި އިންޑިއާގެ ބޭފުޅުންނާއެކު ހަތަރު ބައްދަލުވުމެއް ބާއްވާފައިވާކަމަށެވެ. ރައީސް ކަމުގެ […]

ރައީސްޔާމީން ވަކިވުމަކީ ޗެލެންޖެއް ނޫން، ގައުމީވިސްނުމުގައި ކުރިއަށްދެވޭނެ: ރައީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޕީޕީއެމް ދޫކުރައްވައި، ޕީޕަލް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރެއްވުމަކީ މާބޮޑު ޗެލެންޖެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުއިއްޒު މިހެން ވިދާޅުވީ، ތުރުކީއަށް ކުރެއްވި ދަތުރުފުޅަށްފަހު، ކޮޕް28 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޔޫއޭއީގެ ދުބައީއަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެން ވަނީ ނޫސްވެރިންނާ ބައްދަލުކުރެއްވުމުގެ ތެރޭގައި ނޫސްވެރިޔަކު "ރައީސް ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެންނެވުމަކީ ކިހާވަރެއްގެ […]

ވިހެއުމަށްފަހު ކޮތަޅަކަށް ލާފައި އެއްލައިލާފައި އޮތް ތުއްތުކުއްޖަކު ފެނިއްޖެ

ވިހެއުމަށްފަހު ކޮތަޅަކަށްލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު އދ. ދިގުރަށުން ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ. މިކަން ހާމަކުރަމުން ފުލުހުން ދެންމެ ބުނެފައިވަނީ، ފެނިފައިވަނީ އެ ރަށު ކުނިގޮނޑުން ކަމަށާއި އެކަމުގެ މަޢުލޫމާތު ލިބިފައިވަނީ 09:20 ހާއިރު ކަމަށެވެ. "ފުލުހުންގެ ޓީމެއް މިހާރު ދަނީ އެ ރަށުގައި ހަރަކާތްތެރިވަމުން،" ފުލުހުން ބުނެފައިވެއެވެ. ފުލުހުން އިތުރަށް ބުނެފައިވަނީ ކުއްޖާގެ ފުރާނަ ނެތްކަން ޑަކުޓަރު ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.

އީވާ މަގާމުން ވަކިކުރުމުގެ ކުރިން އިސްތިއުފާ ދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ އަބްދުﷲ މިއަދު ވަކިކުރަން ވޯޓަށް ތައްޔާރުވެފައި ވަނިކޮށް މަޖިލީހުގައި ޖަވާބުދާރީވެވަޑައިގަތުމަށް ފަހު އިސްތިއުފާ ދެއްވައިފި އެވެ. އީވާ މަގާމުން ދުރުކުރުމުގެ ގަރާރު މިއަދަށް އެޖެންޑާކުރުމަށް ފަހު، ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތު ދެއްވި އެވެ. ދިފާއުގައި އީވާ ދެއްކެވި ވާހަކަ 30 މިނެޓަށް ދިގުދެމިގެން ދިޔައިރު، އޭނާ ވަނީ ސިޔާސީ ހަޔާތުގައި ކުރެއްވި ކަންކަމާއި މަޖިލީހުގެ ނައިބު ރައީސް ކަމުގައި ހާސިލްކުރެއްވި ކަންކަން ވިދާޅުވެ ދެއްވައިފަ އެވެ. އިސްތިއުފާ ދެއްވާކަން އީވާ […]

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy

Design By INCODE