ސެޕްޓެމްބަރ 19, 2024 23:56

ރޯޔަލްސް ބަލިކޮށް ލީގުގެ ދެ ވަނަ ޑިވިޝަން ކާމިޔާބުކުރީ ޓަލޮންސް

ރޭ ނިމިގެންދިޔަ، 16 ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ޓަލޮންސް ބާސްކެޓްބޯޅަ ކުލަބުން ހޯދައިފި އެވެ. ޓޭލަންސް ލީގުގެ ޗެމްޕިއަންކަން ހޯދީ ލީގުގެ ފަހު މެޗުގައި ރޯޔަލްސް ބާސްކެޓްބޯޅަ ކުލަބު 70-64 އިން ބަލިކޮށްގެންނެވެ. ލީގުގެ ފުރަތަމަ ބުރުގައިވެސް ރޯޔަލްސް އަތުން ޓޭލަންސް ވަނީ މޮޅުވެފަ އެވެ. ޗެމްޕިއަންކަން ކަނޑައަޅަން ކުޅުނު މެޗުގެ ފުރަތަމަ ދެ ކުއާޓާވެސް ފެނުނީ ވަރަށް ވާދަވެރިކޮށެވެ. ދެ ޓީމުންވެސް އެއްވާނެއްގައި ކުޅެ ދެ ކުއާޓާ ނިމުނުއިރު […]

މާފަރުގައި މޫދަށް ގެބިގެން މީހަކު މަރުވެއްޖެ

ނ މާފަރު މޫދަށް ގެބިގެން މީހަކު މަރުވެއްޖެއެވެ. މާފަރު ކައުންސިލުގެ ނައިބު މުހައްމަދު އާމިރު ވިދާޅުވީ އެއި އެމްޓީސީސީގެ މުދާ އުފުލުމަށް ކުއްޔަށް ގެނެސްފައި އޮތް ކޮޅުވެއްޓިއެއްގައި އުޅޭ ބިދޭސީ މަސައްކަތު މީހެއްކަމަށެވެ. "އެއީ 35 އަހަރުގެ މީހެއް. އެމްޓީސީސީން ކުއްޔަށް، އެތަނުގެ މުދާ އުފުލަން ކުއްޔަށް ހިފާފައި އޮތް ކޮޅުވެއްޓިއެއްގައި އުޅޭ މަސައްކަތު މީހެއް، މިއަދު ހެނދުނު 7:30 އެހާ އިރު އެމީހާ މޫދުން ފެނުނީ." އާމިރު ވިދާޅުވި ގޮތުގައި އެމީހާ ރަށު ސިއްހީމަރުކަޒަށް ގެންދެވުނުއިރު […]

މީ އިޝްގް ގެ ޓްރެއިލާ ދައްކާލައިފި، ފިލްމު އަންނަ މަހު

އާމިނަތު ރަޝްފާ (އާޝާ) އާއި ޝަރަފް އަބްދުﷲ ލީޑު ރޯލުން ފެނިގެންދާ "މީ އިޝްގް" ގެ ރަސްމީ ޓްރެއިލާ ދައްކާލައި ފިލްމު ރިލީޒްކުރާނެ ތާރީހު އިއުލާންކޮށްފިއެވެ. މާލޭގެ އިތުރުން މާފުށީގެ ހިތްގައިމު މާހައުލުގައި ޝޫޓްކޮށްފައިވާ މި ފިލްމުގެ ޓްރެއިލާ މިހާރު އާންމުކޮށްފައިވާއިރު ޓްރެއިލާ އަށް އަންނަނީ ބެލުންތެރިންގެ ތަރުހީބު ލިބެމުންނެވެ. ފިލްމުގައި އާރިޒް (ޝަރަފް) އާއި ސަބާ (އާޝާ) ދިމާވަނީ މާފުށީ ގެސްޓު ހައުސްއަކުންނެވެ. ދެމީހުން އެއް ރޫމެއް ބުކްކޮށްގެން އުޅުމުގެ ތެރޭގައި ދެމީހުން ދިމާވެއެވެ. އެ […]

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންދީޕް ހުޑާ ކައިވެނި ކޮށްފި

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންދީޕް ހުޑާ ކައިވެނި ކޮށްފިއެވެ. އެކައިވެނި އޮތީ މިދިއަ ބުދަ ދުވަހުގައިއެވެ. ރަންދީޕް، 47، ކައިވެނިކުރީ ބޮލީވުޑްގެ ފިލްމުތަކުގައި ސަޕޯޓިން ރޯލުތައް ކުޅޭ އަދި މޮޑެލްއެއް ކަމަށްވާ 37 އަހަރުގެ ލިން ލައިޝްރަމްއާ އެވެ. ލިން އަކީ ވިޔަފާވެރިއެއްގެ އިތުރުން މޮޑެލްއެކެވެ. މި ކައިވެނި އޮތީ ލިންގެ އުފަން ސްޓޭޓް ކަމަށްވާ މަނިޕޫރުގެ ހޮޓެލްއެއްގަ އެވެ. މި ކައިވެނީގައި ދެފަރާތުގެ އާއިލާ އާއި ރައްޓެހިން ވަނީ ބައިވެރި ވެފައިއެވެ. އެ ކައިވެނި ހަފުލާ […]

ހިމަބިހިން ރައްކާތެރިވާން މީސަލްސް ވެކްސިންގެ ޤައުމީ ކެމްޕެއިނެއް އަނެއްކާވެސް ފަށައިފި

ހިމަބިއްސާއި ރުބެއްލާއިން ރައްކާތެރިކުރުމަށް ކުރާ މައްސަކަތުގެ ދަށުން، މީސްލްސް ވެކްސިން ދިނުމުގެ ގައުމީ ކެމްޕެއިން އަލުން ފަށައިފިއެވެ. މި ކެމްޕެއިން ފެށީ އެއިޑްސް ދުވަސް ފާހަގަކުރުމަށް ހދ. ކުޅުދުއްފުށީގައި ކުރިއަށްދާ ހަރަކާތްތަކުގެ ތެރޭގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމެވެ. ހިމަބިއްސަކީ ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެއްކެވެ. ބަލީގެ ކޭސްތައް ފެނުން މަދުކުރުމަށްޓަކައި މުޅި މުޖްތަމައުގެ ވެކްސިން ކަވަރޭޖް ވަރަށް މަތީގައި ހިފަހައްޓަންޖެހޭ ކަމަށް އެޗްޕީއޭއިން ބުންޏެވެ. މި ކެމްޕޭނުގެ އަމާޒަކީ ރާއްޖޭގައި ދިރިއުޅޭ 18 […]

ރަސްމީ ދަތުރުފުޅުތަކަށް ކުރާ ހޭދަ ހާމަކުރައްވަން ރައީސް ނިންމަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ކުރާ ހޭދަ ހާމަކުރައްވަން އެމަނިކުފާނު ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނީ ރައީސްގެ ރަސްމީ ދަތުރުތަކަށް ދައުލަތުގެ ބަޖެޓުން ހިނގާ ޚަރަދުތަކުގެ މަޢުލޫމާތު ކޮންމެ ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރައްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާކަމަށެވެ. ރައިސް މިހެން މި ނިންމެވީ، އެމަނިކުފާނު ރައީސްކަމުގެ ހުވާކުރެއްވިތާ ކުޑަ ދުވަސްކޮޅެއްގެތެރޭގައި ދައުލަތުން ޚަރަދުކޮށްގެންގިނަ ދަތުރުތަކެއް ކުރާކަމަށް ބުނެ ބައެއް ފަރާތްތަކުން ފާޑު ކިޔަމުން ދަނިކޮށެވެ. އެގޮތުން ވެރިކަމުގެ އެންމެކުރީކޮޅު […]

ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލަކަށް ޖެހިޖެހިގެން 4 ވަނަ ފަހަރަށް ރާއްޖެ

ދުނިޔޭގެ އެންމެ މަގުބޫލު ޓޫރިޒަމް މަންޒިލުގެ އެވޯޑް ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ރާއްޖެއަށް ލިބިއްޖެއެވެ. މި އެވޯޑް ރާއްޖެއަށް ލިބުނީ ރޭ ދުބާއީގެ ބުޖުރު އަލް އެރެބް ހޮޓަލުގައި ބޭއްވި ޓޫރިޒަމް ދާއިރާއިން ދޭ ދުނިޔޭގެ އެންމެ މަގުބޫލު އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައެވެ. ރާއްޖެއަށް މި އެވޯޑު ލިބިފައިވަނީ އިތުރު 17 ގައުމަކާ ވާދަ ކޮށްގެންނެވެ. އޭގެ ތެރޭގައި އަބޫދާބީގެ ދުބާއީ، އޮސްޓްރޭލިއާ، އިންޑިޔާ، ކެނެޑާ، ސްޕެއިން އަދި އިންޑޮނޭޝިއާ ފަދަ ފަތުރުވެރިކަމުގެ ދާއިރާގާއި ދުނިޔޭގައި […]

"2023 ގެ ޓްރެވެލް ޕާސަނަލިޓީ" އެވޯޑު ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމަށް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ "2023ގެ ޓްރެވަލް ޕާސަނަލިޓީ" އެވޯޑް ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ލިބިވަޑައިގެންފިއެވެ. މި އެވޯޑު ޑރ. މައުސޫމަށް ދީފައިވަނީ ދުބާއީގެ ބުރުޖް އަލް އަރަބުގައި ބޭއްވި ވޯލްޑު ޓްރެވަލް އެވޯޑްސްގެ ގްރޭންޑު ފައިނަލު ހަފުލާގައެވެ. ދުނިޔޭގެ ޓްރެވެލް އެވޯޑަކީ ކޮންމެ އަހަރަކުވެސް ޓޫރިޒަމްގެ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ ހިދުމަތްތަކަށް ދޭ އެވޯޑެކެވެ. އެ އެވޯޑްގެ ޓްރެވެލް ޕާސަނަލިޓީ އޮފް ދަ އިޔާގެ އެވޯޑަކީ ކޮންމެ އަހަރަކުވެސް ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ […]

ސުލްހައިގެ މުއްދަތު ހަމަވުމާއެކު އިޒްރޭލްގެ ހަމަލާތައް ޣައްޒާއަށް

އިޒްރޭލުން ފަލަސްތީނުގައި ކުރިއަށްގެންދާ ގަތުލުއާންމުގެ ތެރެއިން މިދިޔަ އޮކްޓޯބަރު 7، އިން ފެށިގެން ދެމުންދާ ހަމަލާތައް މެދުކަނޑާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް އަނެއްކާވެސް ޣައްޒާއަށް ހަމަލާދޭން ފަށައިފިއެވެ. އިއްޔެ ކިއުއާރު ކޯޑު ހިމަނާ, ޣައްޒާގެ މެޕް [ޗާޓު] އާއެކު އިޒްރޭލުން ވަނީ ގާޒާގެ ދެކުނުގައި އޮންނަ ހާން ޔޫނިސްގެ އުތުރުރާއި ދެކުނަށް އިންޒާރުގެ ލީފްލެޓް އަޅާފައެވެ. އޭގާއި ބުނެފައި ވަނީ, އެމީހެއްގެ ސަލާމަތް ހޯދަން ބޭނުމިއްޔާ މެޕްގައި ފާހަގަ ކޮށްފައި އޮތް ސަރަހައްދު ދޫކޮށް ދިނުމަށެވެ. […]

އިންޑިއާގެ ބޮޑު ވަޒީރާ ރައީސް ބައްދަލުކުރެއްވުން: ގުޅުން ބަދަހި ކުރުމަށް ކޯ ގުރޫޕެއް އުފައްދަނީ!

ރާއްޖެ އާއި އިންޑިއާގެ ދެމެދުގައިވާ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތް ކުރުމަށް މަތީ ފަންތީގެ ކޮމިޓީއެއް އެކުލަވާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަޝްވަރާ ކުރައްވައިފިއެވެ. ޔޫއޭއީގައި ކުރިއަށްދާ ކޮޕް-28 ސަމިޓުގެ ހަވާސާގައި ބޭއްވި މި ބައްދަލުވުމުގައި ބޮޑުވަޒީރު މޯދީ ވަނީ  ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތުމުން މަރުހަބާ ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމާއި […]

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy

Design By INCODE