ސެޕްޓެމްބަރ 20, 2024 06:24

ޓައިވާނުގެ އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދީން ޗައިނާއަށް ދަތުރު ނުކުރުމަށް އަންގައިފި

ޓައިވާނުގެ އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދީން ޗައިނާއަށް ދަތުރު ނުކުރުމަށް އަންގައިފިއެވެ. ޗައިނާގައި މިހާރު ފެތުރެމުންދާ ފުއްޕާމޭގެ ގޮތްނޭނގޭ ބައްޔެއްގެ ސަބަބުން އެ ގައުމަށް ޓާއިވާނުގެ އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދީންގެ އިތުރުން ދިފާއީ ނިޒާމު ބަލިކަށި މީހުންވެސް ދަތުރު ނުކުރުމަށް ވަނީ އަންގާފައެވެ. ޓައިވާނުން އަންނަނީ 2002 ވަނަ އަހަރު ޗައިނާގައި ފެތުރެން ފެށި ސާސް ރޯގާއަށްފަހު މިބާވަތުގެ އާންމު ބަލިތަކަށް ސަމާލުވެ ފިޔަަވަޅުތައް އަޅަމުންނެވެ. ޓައިވާނުގެ ކެބިނެޓު ބައްދަލުވުމެއްގައި އެގައުމުގެ ހެލްތު މިނިސްޓަރު ވަނީ […]

ލީޑް ވެޓްރަންސް ފުޓްސަލް ކަޕްގެ ދެވަނަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

ލ. އަތޮޅުގައި ހިންގަމުންދާ ޖަމިއްޔާއެއް ކަމަށްވާ ލާމު ޔޫތު ޑެވަލޮޕްމަންޓު (ލީޑް) ގެ ފަރާތުން އިންތިޒާމްކޮށް ކުރިއަށް ގެންދާ ލީޑް ވެޓްރަންސް ފުޓްސަލް ކަޕްގެ ދެވަނަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ. ލީޑް ވެޓްރަންސް ފުޓްސަލް މުބާރާތުގައި ބައިވެރިވުމަށް މިއަހަރު ހުޅުވާލީ މުޅި ރާއްޖެއަށެވެ. އެގޮތުން ރާއްޖޭގެ ކޮންމެ ހިސާބެއްގެ، ދިވެހި ކޮންމެ ރައްޔިތަކަށްވެސް މުބާރާތުގައި ކުޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ލީޑުން މައުލޫމާތު ދީފައިވެއެވެ. މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލީ ޖަމިއްޔާ ޖަމާއަތްތަކަށާއި އަމިއްލަ ވިޔަފާރިތަކުގެ އިތުރުން […]

ބައްސާމް އާދީއްތަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވި، ދައުވާ ކުރަން ތައްޔާރުވެފައިވަނިކޮށް ނޫސްވެރިންނާ ބައްދަލު ކުރައްވަން ބައްސާމް ނިންމަވައިފިއެވެ. ބައްސާމް ނިންމަވާފައިވަނީ އަންނަ އާދިއްތަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވާށެވެ. އެ ބައްދަލު ކުރެއްވުމުގެ ދައުވަތު ބައްސާމް ބުރާސްފަތި ދުވަހުގެ ރޭ ނޫސްވެރިންނަށް ފޮނުއްވިއިރު، ބުރާސްފަތި ދުވަހު މެންދުރު ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ބައްސާމްގެ މައްޗަށް އަދި އެފްއޭއެމްގެ އިސްވެރިންގެ މައްޗަށް ކުރެވޭ ބޮޑެތި ތުހުމަތުތަކެއްގެ ވާހަކަވަނީ […]

ސޯޝަލްމީޑިއާއަށް މަސްވެރިއަކު ދޫކޮށްލި ސިޓީ، ވަޒީރު ދެއްވި އުއްމީދީ ޖަވާބެއް

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމަށް އެޑްރެސްކޮށް، މަސްވެރިއަކު މީސް މީޑިއާއަށް ދޫކުރި ސިޓީއަކަށް މިނިސްޓަރު ޖަވާބުދެއްވައިފިއެވެ. މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ލިޔެފައިވާ ސިޓީގައި، ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް މަސްވެރިންނާ ގުޅޭގޮތުން ދައްކާފައިވާ ވާހަކަފުޅުތަކާއި، ވެވަޑައިގެންފައިވާ ވަޢުދުތައް ހިމެނެއެވެ. “އަޅުގަނޑުމެން މަސްވެރިން މި ތިބެނީ އަނގަޔާ އަތާ ދިމާނުވެއެވެ. ކުދިންގެ ޓިއުޝަންފީ އަދި އިންޓަރަވަލް، ޤުރުއާން ކުލާސްތަކުގެ ފީ، ބިލްތައް ނުދެއްކިފައެވެ. ނަމަވެސް މަނިކުފާނަށް ދަޢުލަތުގެ ހަޒާނާއިން ދަނީ ހުރިހާ އިނާޔަތެއްވެސް ލިބެމުންނެވެ” ސިޓީގައި މަސްވެރިން […]

އިތުރު 27 ބޭހެއް ރާއްޖޭގައި މަނާ ކޮށްފި

ޑައިއީތައިލައިން ގްލައިކޯލް އާއި އިތައިލީން ގްލައިކޯލް ހިމެނޭ ޕާކިސްތާނުގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ ފަރްމިކްސް ލެބޯޓްރީސް އިން އުފައްދާ ބޭސްތަކެއް ރާއްޖެ އެތެރެކޮށް، ވިއްކުމާއި ބޭނުން ކުރުން ވަގުތީގޮތުން މަނާކޮށްފިއެވެ. އެ ކުންފުނި ވަގުތީ ގޮތުން ބޭން ކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ނިންމާފައިވާއިރު ދުނިޔޭގެ އެހެން ގައުމުތަކުންވެސް ވަނީ އެ ކުންފުނީގެ ބޭސްތަކުން މި ކެމިކަލް ފެނިފައިއެވެ. އެހެންކަމުން، އެ އޮތޯރިޓީން ވަކި އެއްޗެއް އަންގަންދެން އެ ކުންފުނީގެ އެއްވެސް […]

ގައުމު އިސްލާހު ކުރެވޭނީ ނަފްސުތައް އިސްލާހު ވެގެން: ޚުތުބާ

ގައުމު އިސްލާހު ކުރެވޭނީ އެ ގައުމެއްގެ ކޮންމެ މީހަކުވެސް އަމިއްލަ ނަފްސު އިސްލާހުކޮށްގެން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ. މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިއްވި ހުތުބާގައި ބުނީ ގައުމެއް ނުވަތަ މުޖުތަމައެއް ނުވަތަ ރަށެއް އޭގެ ޒާތުން ގޯސްވެގެން ނުދާކަމާއި، ނަމަވެސް ގޯސްވެގެންދަނީ އެތަނެއްގައި އުޅޭ ބަޔަކު ކުރާ އަމަލުތަކެއްގެ ސަބަބުންކަމަށެވެ. މުޖުތަމައާއި، އާއިލާއާއި، ގައުމާއި މުޅި ދުނިޔެ އިސްލާހު ކުރެވޭނީ އަމިއްލަ ނަފްސުން ކަން ފާހަގަކޮށް ނަފްސު އިސްލާހު ކުރުމަށް ހުތުބާގައި ވަނީ […]

ފަގީރުންގެ ދަފްތަރުގައި ތިބި މީހުންގެ ހާލަތު ދެނެގަތުމަށް ފޯމު ހުށަހެޅުމަށް އަންގައިފި

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ހާލަތު ދެނެގަންނަ ފޯމް ހުށަހެޅުމަށް، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. އެ މިނިސްޓްރީން މި ފޯމު ހުށަހެޅުމަށް އަންގާފައި ވަނީ 2021 ވަނަ އަހަރުން 2023 ވަނަ އަހަރަށް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ފޯމް ބަލައިގަތުން ކުރިޔަށްދާނީ އަންނަ މަހުގެ 3 ވަނަ ދުވަހުން ފެށިގެން، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:15އިން 11:45ށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ކައުންޓަރުން ކަމަށް، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން […]

ގާނޫނުލްއުގޫބާތުގައި ގިސާސް ހިފުމަށް ހުރަސް އެޅޭގޮތަށް އޮތް މާއްދާ ސުޕްރީމް ކޯޓުން ބާތިލް ކޮށްފި

ގާނޫނުލްއުގޫބާތުގައި އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ މަރަށް މަރު ހިފުން، ނުވަތަ ގިސޯސް ހިފުމުގެ އަދަބު ކަނޑައެޅުމަށް އޮތް މާއްދާ ސުޕްރީމް ކޯޓުން އިއްޔެ ބާތިލްކޮށްފިއެވެ. ސުޕްރީމް ކޯޓުން ބާތިލް ކުރީ ގާނޫނުލްއުގޫބާތުގެ 1204 މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރެވެ. އެއީ ދައުވާ ރައްދުވާ ފަރާތުގެ ބަޔާން ހިމެނޭ ގޮތުގެ މަތިން ކުށެއް ސާބިތު ކުރުމަށް ހުށަހަޅާ އެއްވެސް ހެއްކެއްގެ ބަޔާނެއް ނުވަތަ އެ ބަޔާނުން އެއްވެސް މިންވަރެއް އެ ކުށް ސާބިތު ކުރުމަށް ހުށަހަޅާ […]

ފުށިދިއްގަރުފަޅު ހިއްކުމަކީ މިވަގުތު ބޭކާރު ހަރަދެއް، އެއީ ރައްޔިތުން ފައިސާ ބޭކާރު ކުރުން: އާޒިމް

މި ސަރުކާރުން މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގަން ހިއްކުމަށް ނިންމާފައިވާ ފުށިދިއްގަރުފަޅަކީ، މިވަގުތަށް ބޭނުންވާ ތަނެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ ފައިސާ ބޭކާރު ކުރުން ކަމަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަން ޓިކެޓް ހޯއްދަވަން މަސައްކަތްކުރައްވާ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އާޒިމް މިފަދައިން ވިދާޅުވީ މާލެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލުމަށް އެމްޑީޕީ ޕްރައިމަރީގައި ފޯމް ހުށަހެޅުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އާޒިމް ވިދާޅުވީ ދައުލަތުގެ ފައިސާއިން ކުރަންޖެހޭ އެންމެ މުހިންމު […]

ޒަމްޒަމް ފާރިޝްގެ މައްޗަށް ދަރިވަރުންތަކަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތު

ޒަމްޒަމް ފާރިޝްގެ މައްޗަށް ދަރިވަރުންތަކަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތު ކުރެވި އެ މައްސަލަ ބަލަން ފަށައިފިއެވެ. ޒަމްޒަމް ފާރިޝްއަކީ އަރަބިއްޔާ ސްކޫލްގެ ޓީޗަރެކެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ އަރަބިއްޔާ ސްކޫލްގެ ދަރިވަރުންތަކަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. މައުލޫލާތު ލިބިފައިވާ ގޮތުގައި ތުހުމަތު ކުރެވޭ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީންވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. އެހެންނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން މިކަން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ. އެ މައްސަލަ ބަލަމުން […]

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy

Design By INCODE