ސެޕްޓެމްބަރ 20, 2024 13:56

މަންޑޭގެ މައްޗަށް 225 ދައުވާއެއް

ހުޅުމާލޭގައި ހަދަމުން އަންނަ ކޭޕާކް ފްލެޓްތަކުގެ މައްސަލައިގައި އެ މަސައްކަތް ކުރާ ކޮރެއާގެ ހަންބޯ ޓެކް ކުންފުނީގެ ރާއްޖޭގެ އެޖެންޓްގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ މައްޗަށް 225 ދައުވާ ކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ. ޕީޖީ ހުސައން ޝަމީމް މިހެން ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މިމައްސަލާގައި މިހާތަނަށް ލިބިފައި ހުރި ހެކިތަކަށް ބަލާއިރު 225 ދައުވާ މަންޑޭގެ މައްޗަށް ކުރެވޭނެ ކަމަށާއި […]

ކޭޕާކު މައްސަލައިގައި މަންޑޭގެ މައްޗަށް 225 ދައުވާއެއް

ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސް، ކޭ-ޕާކް ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި މައްސަލައިގައި ތުހުމަތުވާ އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) މައްޗަށް 225 ދައުވާއެއް ކުރުމަށް ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމް ވިދާޅުވީ އެ މައްސަލާގައި މި އަންނަ ހަފްތާގެ ކުރީ ކޮޅު ކޯތަށް ހުށަހެޅޭ ވަރުވާނެ ކަމަށާއި މިހާތަނަށް ހުރީ […]

ޝިއާއުގެ މަރު: ޝާހިލް ވަކީލުންނާއި ވާހަކަ ނުދައްކާތީ މައްސަލަ ކުރިއަށް ނުގެންދެވިފައި!

މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ހަތްވަނަ ދުވަހު ހ. ޝީރީންވިލާގެ ނުވަވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ތެރޭގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ފުވައްމުލަކު ސިޓީ، ޝިއާއު މުހައްމަދުގެ މަރުގެ މައްސަލަ ކުރިމިނަލް ކޯޓުގައި މަޑުޖެހިފައިވަނީ އެ މައްސަލައިގެ ތުހުމަތުވާ ފ. ނިލަންދޫ ފިނިފެންމާގެ އަލީ ޝާހިލްގެ ފަރާތުން ވަކީލުންނަށް އެއްބާރުލުން ނުލިބޭތީ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަމީމް ވިދާޅުވީ ޝާހިލް 23، އެއްގޮތަކަށް ވެސް އޭނާގެ […]

ޕީއެންސީގެ ސެކްރެޓަރީޖެނެރަލް ކަމުން ޝިފާގު އިސްތިއުފާ ދެއްވައިފި

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެކްރެޓަރީ ޖެނެރަލް ކަމުން އެ މަގާމުގައި ހުންނެވި ކުރީގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާގު މުފީދު (ހިސްޓޯ) އިސްތިއުފާ ދެއްވައިފި އެވެ. ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހިސްޓޯ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ "ހައްދުންމަތިން" އަންނަ މީހަކު ޕާޓީ އޮފީސް ތެރެއިން އަޑަފި ހިފައިގެން ނުކުމެ ޕްރޮގްރެސިވް ކޮންގްރެސްގެ އެންމެ މެންބަރުންގެ މޫނަށް ހައްޕުނޑު ބުރުވުމުގެ ނޭއްގާނީ އުސޫލަށް އެ ޕާޓީ ހިނގަމުން އަންނަ ކަމަށެވެ. […]

ހެކިނައްތާލުމުގެ ބޭނުމުގައި ނައީމާ މަރާލަން ބޭނުން ކުރި ސާމާނު ވަނީ އަންދާލާފައި: ޕީޖީޝަމީމު

ނ. މަނަދޫގައި ރަޚުމްކުޑަގޮތަކަށް މަރާލާފައި އޮތްވާ ފެނުނު ނައީމާ މޫސާ މަރާލަން ގެންގުޅުނު ވަޅި އާއި އެހެނިހެން ހެކި ނައްތާލުމުގެ ބޭނުމުގައި އަންދާލާފައިވާ ކަމުގައި ޕީޖީ އޮފީހުން ވިދާޅުވެއްޖެއެވެ. ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމު މިއަދު ވިދާޅުވީ ނައީމާގެ މަރުގެ މައްސަލާގައި ދައުވާކުރަން ފޮނުވާފައިވާ މީހުންގެ މައްޗަށް ދައުވާ ސާބިތު ކުރެވޭވަރަށް ހެކި އެބަހުރިކަމުގައެވެ. އޭނަ ވިދާޅުވީ އެހެންނަމަވެސް ހެކި ނައްތާލުމުގެ ބޭނުމުގައި، ނައީމާ މަރާލުމަށް ބޭނުންކުރި ވަޅިއާއި އެފަދަ އެހެނިހެން […]

އައިއާރްބީއޭ ކެމްބްރިޖް އިފާ އެކްސެލެންސް އެވޯޑް، އެމްއައިބީއަށް

އައިއާރްބީއޭ ކެމްބްރިޖް އިފާ އެކްސެލެންސް އެވޯޑް ފޯ އިސްލާމިކް ރީޓެއިލް ބޭންކިން އިިން މޯލްޑިވްސް 2023" އެވޯޑް، އިސްލާމިކް ބޭންކް އޮފް މޯލްޑިވްސް (އެމްއައިބީ) އަށް ލިބިއްޖެ އެވެ. އެމްއައިބީއަށް މި އެވޯޑު ލިބުނީ މިދިޔަ އަންގާރަ ދުވަހު ބޭއްވި ބަހްރެއިންގެ މަނާމާގައި ބޭއްވި ނުވަ ވަނަ އިސްލާމިކް ރީޓެއިލް ބޭންކިން އެވޯޑްސް ހަފްލާގަ އެވެ. އެކްސެލެންސް އެވޯޑް އެމްއައިބީއަށް ލިބުނުއިރު، ދެކުނު އޭޝިއާގެ ''އިސްލާމިކް ބޭންކް އޮފް ދި އިޔާ'' އެވޯޑް ވެސް މި އަހަރު […]

ކޮޕް 28 އަށް ރައީސް ޑރމުއިއްޒު ދުބާއީއަށް ވަޑައިގެންފ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޔުނައިޓެޑް ޢެރެބް އެމިރޭޓްސްގެ ދުބާއީއަށް ވަޑައިގެންފިއެވެ. އެމަނިކުފާނުގެ އަރިހުގައި، ކޮޕް28 ގައި ބައިވެރިވެވަޑައިގަންނަވާ ދިވެހިރާއްޖޭގެ މަތީ ފަންތީގެ ވަފްދުވެސް ވަޑައިގެންނެވިއެވެ. ކޮޕް28 ބައްދަލުވުން ވެގެންދާނީ، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ރާވާފައިވާ ކަންކަމާ ގުޅޭ މަޢުލޫމާތު ބައިނަލްއަޤްވާމީ މައިދާނުގައި ހިއްސާކުރުމަށް ލިބޭ އަގުހުރި ފުރުޞަތެކެވެ. ކޮޕް28 ބައްދަލުވުމުގައި […]

މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ތިންމީހަކަށް ބޮޑެތި އަނިޔާތަކެއް

މާލޭ ބޮޑުތަކުރުފާނު މަގުގައި މީގެ އިރުކޮޅެއް ކުރިން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ. ދެސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްކަމަށް އެނގިފައިވާއިރު، އަންހެނަކާއި ދެ ފިރިހެނެއްގެ ހާލު ވަރަށް ބޮޑަށް ސީރިއަސްއެވެ. ސޯޝަލްމީޑީޔާގައި ދައުރުވަމުންދާ ވީޑިޔޯ ފޮޓޯތަކުން ފެންނަ ގޮތުގައި ތިންމީހުންގެ ވެސް މޫނު، އަނގަމަތި، ލޯ، މިހެން ގޮސް މުޅި މޫނަށާއި ބޮލަށް އަނިޔާވެ، ބޮލުންވެސް ދަނީ ގިނަ އަދަދަަކަށް ލޭފައިބަމުންނެވެ. މިހާދިސާގެ އިތުރު ތަފްސީލެއް އަދި ލިބޭ ގޮތެއް ނުވެއެވެ. […]

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy

Design By INCODE