ސެޕްޓެމްބަރ 20, 2024 09:12

މަސްވެރިންނަށް ނުދީހުރި 30 މިލިޔަން ރުފިޔާ ދީފި

ކުރީގެ ސަރުކާރުން މަސްވެރިންނަށް ނުދީހުރި 30 މިލިޔަން ރުފިޔާ ދީފި ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ ޕީއެސްއެމް ގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ކުރީގެ ސަރުކާރުން މަސްވެރިންގެ އަތުން މަސްކިރުވާފަ ފައިސާ ނުދީ ގިނަ ދުވަސްވެފައިވާކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ، އެފައިސާގެ ތެރެއިން 30 މިލިޔަން ރުފިޔާ މި ސަރުކާރުގެ ފުރަތަމަ ހަފްތާތެރޭ މަސްވެރިންނަށް ވަނީ ދީފައިކަމަށެވެ. ދެމަހަށް ވުރެ […]

ފަލަސްތީނަށް އެހީވުމަށް އާބަންކޯއިން ހަރަކާތެއް ކުރިއަށް ގެންދަން ނިންމައިފި

އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ފަންޑް ރައިޒިންގ އިވެންޓެއް ބޭއްވުމަށް އާބަންކޯ އިން ނިންމައިފިއެވެ. އާބަންކޯ އިން ބުނީ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް އެ ކުންފުނިން ކުރިއަށް ގެންދާ ފަންޑްރައިޒިން އިވެންޓް ބޭއްވުމަށް ނިންމާފައި ވަނީ ހުޅުމާލެ ފޭސް 1، ރުއްގަނޑު 2 ގައި ކަމަށެވެ. މި އިވެންޓް ކުރިއަށްދާނީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ހަވީރު 4-6 އަކަށް އަދި ރޭގަނޑު 8-10 ކަމަށް […]

ފުލުހުންގެ ހިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާ ކޮށްފި

މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އަލަށް ގުޅުނު 111 މީހަކު ފުލުހުންގެ ހުވައި ކޮށްފިއެވެ. އިސްކަންދަރު ބިލްޑިންގުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ފުލުހުންނަށް ހުވައިލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލެވެ. އަލަށް ހުވާކުރި 111 ފުލުހުންގެ ތެރޭގައި އަންހެން 45 ފުލުހުންނާއި ފިރިހެން 42 ފުލުހުންގެ އިތުރުން ސްޕެޝަލް ކޮންޓަބިއުލަރީ އަންހެން 11 ފުލުހުންނާއި ފިރިހެން 13 ފުލުހުން ހިމެނެއެވެ. އެ ރަސްމިއްޔާތުގައި، ހެޑް އޮފް ހިއުމަން ރިސޯސް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން […]

މަޖިލިސް އިންތިހާބު ރޯދައިގެ ފަހުން ބޭއްވުމަށް ކޮމިޓީއިން ފާސްކޮށްފި

އަންނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކުރިއަށް އޮތް ރޯދަމަހަށް ފަހު ބާއްވަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ. މަޖިލިސް އިންތިހާބުގެ ތާރީހަށް ބަދަލު ގެނައުމަށް, އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ މިދިޔަ ހަފްތާގައި ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ހުށަހެޅުންތަކެއް ހުށަހަޅާފަ އެވެ. އީސީން ހުށަހެޅީ, މަޖިލިސް އިންތިހާބު ރޯދައިގެ ކުރިން ބޭއްވޭނެ ދެ ގޮތެކެވެ. އެއީ ގާނޫނުގައި ބުނާ 120 ދުވަހުގެ މުއްދަތު 140 އަށް އިތުރު ކޮށްދިނުމެވެ. […]

އެމްއެމްސީ ނޫސްވެރިކަމުގެ އެވޯޑް 2022 އެންމެމޮޅު ނޫސްވެރިޔަކަށް ނާއިފް

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީގެ) ނޫސްވެރި ކަމުގެ އެވޯޑު ހަފުލާގައި އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑު، ދައުރު ނޫހުގެ އަހުމަދު ނާއިފް ހާސިލުކޮށްފިއެވެ. ރޭ ބޭއްވި އެވޯޑު ހަފްލާގައި އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑު ހާސިލު ކުރީ އަހްމަދު ނާއިފް (ދައުރު)އެވެ. މި އެވޯޑަށްނޮމިނޭޓު ވެފައިވާ އިތުރު ތިން ނޫސްވެރިންނަކީ "މިހާރު" ނޫހުގެ ނޫސްވެރިޔާ އާސިމާ ނިޒާރާއި "ރާއްޖެ ޓީވީ"ގެ ނޫސްވެރިޔާ ލައިޝާ އަހުމަދު އަދި "ވަން އޮންލައިން"ގެ ނޫސްވެރިޔާ އަލީ ޔާމީންއެވެ. އެންމެ މޮޅު ނޫސްވެރިޔާގެ […]

ފުރަތަމަ ރަސްމީ ދަތުފުޅުގައި، ރައީސް ޑރ މުއިއްޒު ތުރުކީ އާއި ޔޫއޭއީއަށް ފުރާވަޑައިގެންފި

ރައީސް ޑރ މުހައްމަދު މުއިއްޒު އެ މަނިކުފާނުގެ ފުރަތަމަ ރަސްމީ ދަތުފުޅުގައި ތުރުކީ އާއި ޔޫއޭއީއަށް މިއަދު ފުރާވަޑައިގެންފި އެވެ. ރައީސް މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އިތުރުން، ސަރުކާރުގެ މަތީ ފެންވަރުގެ ވަދުފެއް ވަނީ މިއަދު ހެނދުނު ތުރުކީއަށް ފުރާވަޑައިގެންފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެއެވެ. ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާންގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި ތުރުކީގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން […]

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy

Design By INCODE