ސެޕްޓެމްބަރ 20, 2024 06:39

ވޯލްޑް ޗިލްޑްރެންސްޑޭގެ އާޓް އެގްޒިބިޝަން މެޑަމް ސާޖިދާ ހުޅުވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން, ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ އާޓް އެގްޒިބިޝަނެއް މިއަދު ހުޅުވައިދެއްވައިފިއެވެ. ވަރލްޑް ޗިލްޑްރެންސް ޑޭ- އާޓް އެގްޒިބިޝަން ހުޅުވައިދެއްވީ ހުޅުމާލޭގައި ހުންނަ ސީ.އެޗް.އެސް.އީ ހޯލްގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ "ދަ އައިލެންޑް ވީ ވޯންޓް" ނަމުގައި ބާއްވާ މި އާޓް އެގްޒިބިޝަނަކީ އެޑިއުކޭޝަން މިނިސްޓްރީއާއި މޯލްޑިވްސް ޕޮލިސް ސާވިސް އަދި އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާ ގުޅިގެން ޔުނިސެފުން އިންތިޒާމުކުރާ އެގްޒިބިޝަނެކެވެ. ރާއްޖޭގެ ހުރިހާ […]

ސ. ހިތަދޫއިން އަންހެނަކު ގެއްލިގެން ހޯދަނީ – ނުފެންނަތާ ހަފްތާއެއް!

ސ. ހިތަދޫއިން އަންހެނަކު ގެއްލިގެން ހޯދަންފަށާފައިވާކަމަށް ފުލުހުން މައުލޫމާތު ދީފިއެވެ. ސ. ހިތަދޫ ކަދުރުމާގޭ، އާއިޝަތު ވިސާމާ (39އ) ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ނޮވެމްބަރު 19 ވަނަ ދުވަހުއެވެ. ސޯޝަލް މީޑިއާގައި އާންމުކުރި މައުލޫމާތުގައި ފުލުހުން ބުނީ އެންމެ ފަހުން ވިސާމާގެ ހަބަރެއް އާއިލާއަށް ވެފައިވަނީ ނޮވެމްބަރު 18 ވަނަ ދުވަހު ފޯނުންނެވެ. އަދި ނޮވެމްބަރު 16 ވަނަ ދުވަހު ވިސާމާ މާލެ އައިސްފައިވާކަމަށްވެސް ޕޮލިހުން މައުލޫމާތުދެއެވެ. އާއިޝަތު ވިސާމާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން […]

ފަސާދައާއި ހިޔާނާތް ފެތުރުނަ ނުދިނުމަށް ވެރިން އެމީހުންގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރަން ޖެހޭ: ހުތުބާ

މީސްތަކުންގެ މެދުގައި ފަސާދައާއި ހިޔާނާތް ފެތުރުނަ ނުދިނުމަށްޓަކައި ވެރިން އެމީހުންގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް ފުރިހަމައަށް އަދާކުރަންޖެހޭނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ. 'އަމާނަތްތެރިކަމާއި މަސްއޫލިއްޔަތު'' މިމައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިއްވި ހުތުބާގައި ބުނީ މީސްތަކުންގެ ކަންތައްތައް އިސްލާހުކޮށް ބެލެހެއްޓުމަށް މަސްއޫލުވެރިއަކު ހުންނަން ޖެހޭ ކަމަށާއި، އެއީ އެމީހުންގެ ކަންތައްތައް އޮޅުންބޮޅުންވެ ފާލުން ނެއްޓިގެން ދިޔަ ނުދިނުމަށްޓަކައި ކަމަށެވެ. ޚުތުބާގައި ބުނީ އަމާނާތްތެރިކަން ގެއްލިއްޖެނަމަ ހަޔާތުގެ ނިޒާމު ފުނޑުފުނޑުވެ ހައްގުތައް ގެއްލި ހިނގައިދާނެ ކަމަށާއި، […]

އިއްޔެގެ ރީތި ތާރީހުގައި ކުރި ކައިވެނީގެ އަދަދު ނިސްބަތުން މަދު

އިއްޔެގެ ރީތި ތާރީހު (23/11/23) ގައި ކުރި ކައިވެނީގެ އަދަދު ނިސްބަތުން މަދު ކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ. ރީތި ތާރީހުތަކާއި ގުޅުވައިގެން ކައިވެނި ކުރުމަކީ ފަހުގެ "ޓްރެންޑް" އަކަށް ވީނަމަވެސް އިއްޔެގެ މި ރީތި ތާރީހުގައި ކޮށްފައިވަނީ 29 ކައިވެންޏެވެ. އޭގެ ތެރެއިން 12 ކައިވެނި ކޮށްފައިވަނީ ފެމިލީ ކޯޓުގައެވެ. މި އަހަރުގެ ރީތި ތާރީހެއް ކަމަށްވާ 23/03/23 އަކީ ރީތި ތާރީހެއް ކަމަށްވިޔަސް އެ ދުވަހަކީ ރަމަޟާން މަހުގެ ފުރަތަމަ ފުރަތަމަ ދުވަހަށްވުމުން ކޮށްފައިވަނީ […]

ޕޮލިސް ބޯޑަށް ބަދަލެއް: ބައެއް މެމްބަރުން ވަކިކޮށް އާ މެމްބަރުން އައްޔަންކޮށްފި

ޕޮލިސް ބޯޑު ގެ ބައެއް މެންބަރުން ވަކިކޮށް، ޕޮލިސް ބޯޑަށް އާ މެންބަރުންތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައައްވާ ޕޮލިސް ބޯޑަށް ބަދަލެއް ގެންނަވައިފިއެވެ. ވަކި ކުރީ ކުރިން އެ ބޯޑުގައި ތިއްބެވި އަހުމަދު ޝަރީފާއި އަލީ ނަސީރު ގާސިމް އާއި އަހުމަދު އަޒީމް އާއި އަހުމަދު ސައީދެވެ. އަލަށް އައްޔަން ކުރީ، މ. ހަޒާރީވިލާ، އަހުމަދު ފަޔާޒް އާއި ލަންކާ ސަފީރަކަށް ހުންނެވި އަލީ ފާއިޒް އާއި މއ. ގޯލްޑަން މޫން، އަހުމަދު […]

އެމްޑީޕީގެ ވަގުތީ ރައީސަކަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

އެމްޑީޕީގެ ރައީސްކަމަށް މީހަކު އިންތިހާބު ކުރެވެންދެން ހުސްވެފައިވާ، އެ ޕާޓީގެ ރައީސް ކަމުގެ މަގާމަށް ކުރީގެ ރައީސް އިބްރާހިމް މުހަންމަދު ސޯލިހު (އިބޫ) ހަމަޖައްސައިފިއެވެ. 47 މެމްބަރުންގެ ވޯޓާއެކު ރައީސް ސޯލިހު މި މަގާމަށް އައްޔަންކުރީ ރޭ އއ. އުކުޅަހުގައި ކުރިއަށް ދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހަތަރުވަނަ ދައުރުގެ ނުވަވަނަ ޖަލްސާގައެވެ. ރައީސް ސޯލިހު އެ މަގާމަށް ހަމަޖެއްސިއިރު އެ މަނިކުފާނު ރޭ ބޭއްވި ޖަލްސާގައި ބައިވެރިވެފައެއް ނުވެއެވެ. އަދި އެ މަނިކުފާނު ހުންނެވީ ރާއްޖެއިން […]

ޕީޕީއެމުން ވަކިވެވަޑައިގަންނަވާ އާ ޕާޓީއެއް ރައީސް ޔާމީން އުފައްދަވަނީ

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ޕާޓީ ދޫކޮށްލައްވައި، އާ ޕާޓީއެއް ހައްދަވަން ނިންމަވައިފިއެވެ. ޗެނަލް 13 އަށް ދެއްވި ހާއްސަ އިންޓަވިޔުއެއްގައި ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެފައިވަނީ ޕީޕީއެމުން ރައީސް ޔާމީން ވަކިވެވަޑައިގެންފިކަމާއި އާ ސިޔާސީ ޕާޓީއެއް އުފައްދަން ނިންމަވާފައިވާކަމަށެވެ. އަދި ރައީސް ޔާމީންގެ ޝަރީއަތުގެ މަޖިލީހުގައި ވެސް ޕީޕީއެމް ޕީއެންސީގެ ލީޑަރުން ވަޑައި ނުގަނަންވާ ކަމަށާއި، އެ ބޭފުޅުން ދަނީ […]

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy

Design By INCODE