ސެޕްޓެމްބަރ 19, 2024 23:49

ބުރިޖްގެ މަސައްކަތ ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް ރައީސް ސައިޓްތަކަށް ޒިޔާރަތް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، "ގްރޭޓަރ މާލެ ކަނެކްޓިވިޓީ – މާލެ ޓު ތިލަފުށި ލިންކް ޕްރޮޖެކްޓް"ގެ މަސައްކަތްތައް ކުރިއަށްދާ ސައިޓްތަކަށް ޒިޔާރަތްކުރައްވައި، މަޝްރޫޢުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތުތައް އޮޅުންފިލުއްވައިފިއެވެ. ބްރިޖުގެ މަސައްކަތްތައް ކުރިއަށްދާ ސަރަޙައްދުތަކަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ހަވީރު ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ބައިވެރިވެ ވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާ ފުރަތަމަ ވަޑައިގެންނެވީ ބްރިޖުގެ މަސައްކަތް މާލޭގައި ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްޓަކައި މާލޭގެ ޕްރޮޖެކްޓް ސައިޓަށެވެ. އެގޮތުން […]

ޕީޕީއެމުން މަލީހު ސަސްޕެންޑްކޮށް، މައްސަލަ ސުލޫކީ ކޮމިޓީއަށް

ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ޕީޕީއެމްގެ ހަރަކާތްތަކުން ސަސްޕެންޑުކޮށް އޭނާގެ މައްސަލަ އެ ޕާޓީގެ ސުލޫކީ ކޮމިޓީއިން ބަލަން ފަށައިފިއެވެ. މަލީހު ސަސްޕެންޑުކޮށް މައްސަލަ ސުލޫކީ ކޮމިޓީއަށް ހުށަހަޅާފައި މިވަނީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ކަމަށާއި އަދިވެސް މިފަދަ އެތައް ކަމެއް ކުރެއްވިކަމަށް ބުނެއެވެ. މަލީހުގެ މައްސަލަ ބެލުމަށް ޕާޓީގެ އަސާސީ ގަވައިދުގެ އަށް ވަނަ މާއްދާ އިން ލީޑަޝިޕަށް ލިބިގެންވާ ބާރުގެ ދަށުން ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކޮށް […]

ސޯޝަލް ކައުންސިލުގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ޗެއަރ ކުރައްވާ ސޯޝަލް ކައުންސިލުގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވަވައިފިއެވެ. މި ބައްދަލުކުރެއްވުން ބޭއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުވުމުގައި، "ހަފްތާ 14″ ގައި ހިމެނޭ ވައުދުތަކުގެ ތެރެއިން އިޖުތިމާއީ ދާއިރާގައި ހިމެނޭ ވައުދުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އެކި ވުޒާރާތަކަށް ބެހިފައިވާގޮތް ހިއްޞާކުރައްވައި، އެކަންކަން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ގޮތްތަކާ ގުޅޭގޮތުން ސޯޝަލް ކައުންސިލުގެ މެންބަރުންގެ މަޝްވަރާކުރެއްވިއެވެ. 'ހަފްތާ 14′ ގައި ޖުމްލަ 161 ވައުދު […]

ނިދި ހަމަކުރުން: އެތައް މައްސަލައެއްގެ ހައްލު

ދުޅަހެޔޮ ސިއްހަތަކަށް އެންމެ މުހިންމު އެއް ކަމަކީ ފުރިހަމަ ނިދި ކަމަށްވާ އިރު ދިރިއުޅުމުގެ ބިޒީ ޝެޑިއުލްތެރެއިން ފުރިހަމަ ނިދި ހޯދުމަށް ސަމާލުކަން ދެވެނީ ނިސްބަތުން މަދު އަދަދެއްގެ މީހަކަށެވެ. ނިދި މަދުވުމަކީ ތިމާގެ ސިއްހަތާއި ހަށިގަނޑަށް ވެސް އޭގެ ނޭދެވޭ އަސަރު ކޮށް ދާއިމީ ބައްޔަކަށް ބަދަލުވާ ފަދަ ނުރައްކާތެރި ކަމެކެވެ. ކޮންމެ ބޮޑު މީހަކަށްވެސް މަދުވެގެން ދުވާލެއްގެ މައްޗަށް 8 ގަޑި އިރުގެ ނިދި ބޭނުންވާ ކަމަށް ސިއްހީ މާހިރުން އިއްތިފާގުވެއެވެ. ނިދި ހަމަކުރުމުގެ […]

އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް 4 ދުވަހަށް މެދުކަނޑާލަނީ

ޣައްޒާއަށް ދެމުންދާ ހަމަލާތައް 4 ދުވަހަށް މެދުކަނޑާލަން އިޒްރޭލު ސަރުކާރުން އެއްބަސްވެއްޖެއެވެ. މި އެއްބަސްވުމުގެ ދަށުން ހަމާސް އިން އަސީރުކޮށްފައިވާ އިޒްރޭލުގެ 50 މީހުން ދޫކޮށްލުމަށް އަދި އިޒްރޭލުން ރަހީނުކޮށްފައިވާ ފަލަސްތީނުގެ 150 އަންހެނުންނާއި ކުޑަކުދިން ދޫކޮށްލުމަށް ވަނީ ބުނެފައެވެ. އަދި މި އެއްބަސްވުމުގެ ދަށުން  ހަމާސް އިން އަސީރު ކޮށްފައިވާ އިޒްރޭލު މީހުންގެ ތެރެއިން ދޫކޮށްލާ އިތުރު ކޮންމެ 10 މީހަކަށް ހަނގުރާމަ އިތުރު އެއްދުވަހަށް މެދުކަނޑާލާނެ ކަމަށްވެސް އެއްބަސްވުމުގައިވެއެވެ. ނަމަވެސް އިޒްރޭލުގެ ޕްރައިމް މިނިސްޓަރު […]

ސުކޫލުތަކުގެ ލައިބްރަރީގައި ހުރި ދީނާ ސަގާފަތާ ފުށުއަރާ ހުރިހާ ފޮތެއް ނަގަން އަންގައިފި

ސްކޫލްތަކުގެ ލައިބްރަރީތަކުގައި ހުރި އިސްލާމްދީނާ، ސަގާފަތައް ފުށުއަރާ ފަދަ ފޮތްތައް ނަގަން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ. އަންގާރަ ދުވަހު، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ސޮއި ކުރައްވާ ރާއްޖޭގެ ހުރިހާ ސްކޫލަކަށާއި އެޑިއުކޭޝަން މިނިސްޓްރީގެ ޑިވިޝަންތަކާއި ސެކްޝަންތަކާއި ޑިޕާޓްމަންޓުތަކަށް ފޮނުވި ސާކިއުލާގައި ބުނެފައިވަނީ ސްކޫލުތަކުގެ ލައިބްރަރީތަކުގައި ބޭނުންކުރާ ފޮތް އަދި އެހެނިހެން ވަސީލަތްތަކުގެ ތެރޭގައި އިސްލާމްދީނާއި، ދިވެހިންގެ ފަތާއި، އާދަކާދަތަކާ ފުށުއަރާފަދަ ބައެއް ތަކެތި ހުރިކަން ފާހަގަކުރެވިފައިވާކަމަށެވެ. މީގެ އިތުރުން ސްކޫލްތަކުގެ ލައިބްރަރީތަކުގައި މިފަދަ ފޮތެއް […]

ރާއްޖެއާއި އެކު ވިޔަފާރި އެއްބަސްވުމެއްގައި ސޮއި ކުރަން ސައުދީން ނިންމައިފި

ރާއްޖެއާއެކު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ސައުދީ އަރަބިޔާގެ ވަޒީރުންގެ މަޖިލީހުން އިއްޔެ ފާސްކޮށްފިއެވެ. ސައުދީގެ ގައުމީ ނިއުސް އޭޖެންސީ، ވާސްއިން ބުނެފައިވާ ގޮތުގައި ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ރިޔާސަތު ބެލެހެއްޓެވި އެ ބައްދަލުވުމުގައި ނިންމާފައި ވަނީ ރާއްޖެއާއެކު ވިޔާފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަޝްވަރާތައް ރާއްޖޭގެ އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓްރީއާއެކު ކުރިއަށް ގެންދިޔުމަށެވެ. އެ މަޝްވަރާތަކުގައި ސައުދީގެ ފަރާތުން އިސްވެ ހުންނަވާނީ އިކޮނޮމިކް މިނިސްޓަރު އަދި ފޮރިން އިންވެސްޓްމެންޓު އޮތޯރިޓީގެ ޗެއާމަނެވެ. ސައުދީއާއެކު ވިޔަފާރީގެ އެއްބަސްވުމެއްގައި […]

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy

Design By INCODE