ސެޕްޓެމްބަރ 20, 2024 08:55

ތިނަދޫ އިސްލާމީ މަރުކަޒުގެ އިމާރާތް އައިޔޫއެމްއާ ހަވާލުކޮށްފި

ގދ. ތިނަދޫގައި ހުންނަ އިސްލާމީ މަރުކަޒުގެ އިމާރާތް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ކޯސްތައް ހިންގުމަށް ހަވާލުކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި މި އިމާރާތް އައިޔޫއެމްގެ ކޯސްތައް ހިންގުމަށް އެ ޔުނިވަރސިޓީގައި ހަވާލުކޮށްފައިވަނީ, އައިޔޫއެމްގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ މަރުކަޒު ހަވާލުކޮށްފައިވަނީ 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދެވެ. އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ […]

އައިޔޫއެމްގެ މުވައްޒަފުން ޕީއެޗްޑީ ފެންވަރަށް ގެނައުމަށް ޚާއްސަ ސްކޮލަރޝިޕްތަކެއް

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)ގެ މުވައްޒަފުން ޕީއެޗްޑީ ފެންވަރަށް ގެނައުމަށްޓަކައި އެ ޔުނިވަރސިޓީގެ މުވައްޒަފުންނަށް ޚާއްސަ ސްކޮލަރޝިޕް ފުރުޞަޠުތަކެއް ހުޅުވާލުމަށް ނިންމައިފިއެވެ. މިކަން ހާމަކޮށްފައި ވަނީ މިއަދު އައިޔޫއެމްގެ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސަޢީދު އެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް ވިދާޅުވީ، އައިޔޫއެމްގެ ސްޓާފުން ބިނާ ކުރުމަށް، ކޮންމެ އަހަރަކަށްވެސް ކަނޑައެޅިގެން ވަކިވަރަކަށް ސްކޯލާޝިޕްދޭން ރާވަމުން އަންނަ ކަމަށެވެ. ހިލޭ […]

ގަމުން ޕީއެންސީއަށް ހަސަތޭކަ މީހުން ސޮއިކޮށްފި

ލ. ގަމުން 600 މީހުން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އާއި ގުޅިއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިސްބަތްވެ ވަޑައިގަންނަވާ ޕީއެންސީއާއި އަލަށް ގުޅުނު މީހުންގެ ފޯމުތަކާއި ހަވާލުވީ ޕީއެންސީގެ ޗެއާޕާޗަން އަދި ރައީސް އޮފީހުގެ ސީނިއަރ މިނިސްޓަރ އަބްދުއްރަހީމެވެ. ވެރިކަން ކުރާ ޕީއެންސީއަށް ވަކި އޮފީހެއް ގާއިމުކޮށް ޕާޓީ ދަފުތަރަށް 10،000 މެންބަރުން ހަމަ ކުރުމުގެ މަސައްކަތް އެޕާޓީން ވަނީ ފަށާފައެވެ. އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ޕާޓީތަކުގެ ދަފުތަރުގައި އޮތް ގޮތުން، މިދިޔަ ފެބްރުއަރީ 21 […]

މަޖިލީހުގައި އެމްއެންޕީ ތަމްސީލުކުރުމުގެ ފުރުސަތު ގެއްލިއްޖެ

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޕާލިމެންޓްރީ ގްރޫޕަށް މަޖިލީހުގައި ތަމްސީލުކުރުމުގެ ފުރުސަތު ގެއްލިފައިވާކަން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އިއުލާން ކުރައްވަައިފި އެވެ. އެމްއެންޕީއަށް އެ ފުރުޞަތު ގެއްލުނީ، ވިލިމާލެ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި އަހުމަދު އުޝާމް އެ ގޮނޑިން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މިދިޔަ ހުކުރު ދުވަހު، އުޝާމް މެމްބަރު ކަމުން އިސްތިއުފާ ދެއްވުމުން، މަޖިލިހުގައި ޕާޓީ ތަމްސީލު ކުރަން ގަވާއިދު ކަނޑައަޅާފައި އޮންނަ އަދަދުން އެއް ބޭފުޅަކު މަދުވީއެވެ. ކުރިން ތިއްބެވި ތިން […]

ރައްޔިތުންނަށް ހިދުމަތްކޮށް ނަތީޖާ ނެރެދިނުމުގެ އަމާޒުގައި މަސައްކަތް ކުރުމަށް ރައީސް ޑރ މުއިއްޒު އިލްތިމާސް ކުރައްވައިފި

ރައްޔިތުންނަށް ހިދުމަތްކޮށް، ނަތީޖާ ނެރެދިނުމުގެ އަމާޒުގައި މަސައްކަތް ކުރުމަށް ރައީސް އޮފީހުގެ މުވައްޒަފުންގެ ކިބައިން ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިބައްދަލުވުމުގައި ރައީސް ވަނީ އެއްބައިވަންތަކަމާ އެކު، އެއް ޓީމެއްގެ ގޮތުގައި ހުރިހާ އޮފީސްތަކާ ގުޅިގެން މަސައްކަތް ކުރުމަށް މުވައްޒަފުންނަށް އިލްތިމާސް ކުރައްވައިފަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހަކީ މުޅި ސަރުކާރު ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އޮފީސްކަން، […]

ބަޖެޓު ބަހުސް ނިންމުމަށް މިއަދުގެ މަޖިލިސް ޖަލްސާ ދިގުދަންމާލަނީ

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓަށް ބަހުސްކޮށް ނިމެންދެން މަޖިލީހުގެ މިއަދުގެ ޖަލްސާ ދިގު ދަންމާލަން ފާސްކޮށް ބަޖެޓުގެ ބަހުސް ފަށައިފިއެވެ. ބަޖެޓް ބަހުސް އަވަހަށް ނިންމުމަށް ޓަކައި މިއަދުގެ މަޖިލިސް ޖަލްސާ މިރޭ 10:00 އާ ހަމައަށް ކުރިއަށް ގެންދަން ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 34 މެމްބަރުންގެ އިއްތިފާގުންނެވެ. 2023 ވަނަ އަހަރަށް ފާސްކުރި ބަޖެޓަށްވުރެ 6.9 ބިލިއަން ރުފިޔާގެ އިތުރު ބަޖެޓެއް ވަނީ މިފަހަރު ހުށަހަޅާފައެވެ. އެގޮތުން އަންނަ އަހަރަށް […]

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy

Design By INCODE