ސެޕްޓެމްބަރ 20, 2024 08:33

ހުވާ ކުރުމުގެ ރަސްމިއްޔާތަށް ދިޔަ ހަރަދު ބޮޑެއް ނޫން

ރަައީސް ޑރ މުހައްމަދު މުއިއްޒު ހުވާކުރެއްވުމަށް ޖުމްހޫރީ މައިދާނުގައި ރަސްމިއްޔާތު ބޭއްވުމަށް ދިޔަ ހަރަދު ބޮޑު ނޫން ކަމަށް ދޭހަވާ ފަދަ ގޮތަކަށް، އާ ސަރުކާރުގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވައިފި އެވެ. އަންނަ އަހަަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރަމުން އަންނަ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމަށް ފިނޭންސް މިނިސްޓްރީގެ ބޭފުޅުން ހާޒިރުކޮށްފަ އެވެ. އެ ކޮމިޓީ ބައްދަލުވުމުގައި، ރައީސް މުއިއްޒު ހުވާކުރެއްވުމަށް ބޭއްވި ޖަލްސާގެ ހަރަދުތަކުގެ […]

ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުންނަށް ފަރުވާދެވޭ އުމުރުފުރައަކީ 16އަހަރުން ދަށް

ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުން ފަރުވާދެވޭނެ އުމުރު ފުރައެއްގެ ގޮތުގައި ހެލެތް މިނިސްޓްރީން 16 އަހަރުންދަށް ކަނޑައަޅައިފިއެވެ. ހެލްތު މިނިސްޓްރީން ބުނީ ކުޑަކުދިންގެ ޑޮކްޓަރުން ކުދިން ބެލުމުގައި އުމުރުފުރައެއްގެ ގޮތުގައި ސޯޅަ އަހަރު ކަނޑައެޅިނަމަވެސް، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުން އެ ޑޮކްޓަރެއްގެ ކޮންފިޓެންސީ، ސްކޯޕް އޮފް ޕްރެކްޓިސް އަދި ކޯޑް އޮފް ކޮންޑަކްޓާ ހިލާފްނުވާ ގޮތެއްގެ މަތިން އެ އުމުރުފުރާ ކުދިންނާއި މީހުންނަށް ފަރުވާ ދިނުމުގައި ހުރަހެއް ނެތްކަމަށެވެ. އަދި އެހެން ދާއިރާތަކުން ތަމުރީނުވެގެން ތިބި ޑޮކްޓަރުންނަކީ އެދާއިރާއަކުން […]

މީޑީއާތަކަށް 6.5 މިލިޔަން ރުފިޔާ ކަނޑައަޅައި، ސަޕްލިމެންޓްރީ ބަޖެޓް ފާސްކޮށްފި

މީޑީއާތަކަށް 6.5 މިލިޔަން ރުފިޔާ ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓް، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން މަޖިލިސް ތަޅުމަށް ފޮނުވި ގޮތަށް އެ ބަޖެޓް މިއަދު މަޖިލީހުން ފާސްކޮށްފިއެވެ. މި ބަޖެޓަކީ މިއަހަރުގެ ކުރިއަށް އޮތް ބައިގައި ސަރުކާރުން އިތުރަށް ހަރަދު ކުރަން ބޭނުންވާ ފައިސާ ހޯދުމަށް ކުރީގެ ރައީސް އިބްރާހިިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓެކެވެ. މިއަދުގެ ޖަލްސާއިން މި ބަޖެޓް ފާސްކުރީ، ޖަލްސާގައި ތިއްބެވި 68 މެންބަރުންގެ […]

2025ގެ ދިރާސީ އާ އަހަރު ޖެނުއަރީގައި ފެށުމަށް މަޝްވަރާ ކުރަނީ

މި ހިނގާ ދިރާސީ އަހަރު ނިމުމުން، 2025ގެ ދިރާސީ އާ އަހަރު ޖެނުއަރީގައި ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މަޝްވަރާތައް ބައްދަލުވުންތައް ބާއްވަން ފަށައިފި އެވެ. ދިރާސީ އާ އަހަރު ފެށުން، 2025 ވަނަ އަހަރު އަނެއްކާ ވެސް ޖެނުއަރީ މަހަށް ބަދަލުކުރާނެ ކަމަށް އާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މާލޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި މިއަދު ވަނީ ވިދާޅުވެފައެެވެ. އާ ސަރުކާރުގެ އެޑިއުކޭޝަން  މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މާލޭގެ […]

ރައީސް ޑރ. މުއިއްޒުގެ ވަޒީރުންނަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ވަޒީރުންނަށް ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ. މިދިޔަ ހުކުރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި މުއިއްޒުގެ ކެބިނެޓުގައި 22 ބޭފުޅުން ތިއްބަވައެވެ. މި ބޭފުޅުންނަށް ރުހުން ހޯދަން މަޖިލީހަށް ހުށަހެޅީ ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިންނެވެ. އެގޮތުން ވަޒީރުންގެ މަޖިލީހަށް ރައީސް އައްޔަނު ކުރައްވާ މީހުންގެ ނަންތައް، އެމީހުން އައްޔަންކުރެވޭ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި، މަޖިލީހަށް ހުށަހަޅަން ޖެހޭނެއެވެ. […]

މަޖިލީހުގެ ނައިބުރައީސް ކަމުން އީވާ ވަކިކުރުމުގެ މައްސަލަ ބަލައިގަނެ، ނޯޓިސް ފޮނުވައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަކިކުރަން މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގަނެ، އީވާއަށް ނޯޓިސް ފޮނުވައިފިއެވެ. 50 މެމްބަރުންގެ ސޮޔާއެކު މިދިޔަ ހޯމަ ދުވަހު އީވާ މަގާމުން ވަކިކުރަން ދެވަނަފަހަރަށް އެމްޑީޕީއިން ހުށަހެޅިއިރު، އެމްޑީޕީގެ މެމްބަރުންގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވެސް ވަނީ ސޮއި ކުރައްވާފައެވެ. މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތް ކަމުގެ […]

ކުޅުދުއްފުށިން ގެއްލުނު މީހާ ތިން ހަފްތާ ފަހުން ފެނިއްޖެ

މި މަހުގެ ކުރީކޮޅު ހދ. ކުޅުދުއްފުށިން ގެއްލުނު މީހާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދިޔަ 39 އަހަރުގެ އިބްރާހީމް އަބްދުﷲ، މިދިޔަ ބުރާސްފަތި ދުވަހު އޭނާގެ އާއިލާއަށް ގުޅައި ހަބަރުވެފައިވާ ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށާއި އޭނާ ހުރީ މާލޭގައި ކަމަށް އާއިލާއަށް އެނގުމުން، އާއިލާއިން އެކަން ފުލުހުންނަށް އަންގާފައިވާ ކަމަށް ބުންޏެވެ. އިބްރާހީމް އަބްދުﷲ ގެއްލިގެން ހޯދަން ފެށީ މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން […]

ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ސިފައިންގެ އިސްވެރިންނާއެކު ރައީސްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

އާ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ސިފައިންގެ އިސްވެރިންނާ ފުރަތަމަ ފަހަރަށް ބައްދަލުކުރައްވައިފިއެވެ. ރައީސް މުއިއްޒަށް މަރުހަބާ ދެންނެވުމުގެ ގޮތުން ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނަށް މަރުހަބާ ދަންނަވާފައިވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި ސިފައިންގެ އިސް ބޭފުޅުންނެވެ. ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު ބަންޑާރަކޮށްޓަށް ރައީސް މުއިއްޒު ކުރެއްވި ފުރަތަމަ ޒިޔާރަތުގައި ސިފައިން ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވައި […]

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy

Design By INCODE