ސެޕްޓެމްބަރ 19, 2024 23:51

އެނގޭތަ؟ މިއަދަކީ ފިރިހެނުންގެ ދުވަސް، ފާހަގަކޮށްލަމާ!

މިއަދު ނޮވެމްބަރ މަހުގެ 19 ވަނަ ދުވަސް، ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަސް ފާހަގަކުރަން ޖެހުނީ އަންހެނުންގެ ދުވަހެއް އޮވެ އެދުވަސް ފާހަގަކުރާތީ ފިރިހެނުންގެ ދުވަހެއް ހަމަޖައްސައި ދިނުން އެދި ކުރި އިހުތިޖާޖަކުންނެވެ. އަބަދުވެސް ކަންކަމުގެ "ލީޑް" ބޭނުންވާ ފިރިހެނުން މި އިހުތިޖާޖުގައި ހުށަހެޅީވެސް އަންހެނުންގެ ދުވަސް 8 މާރިޗަށް ވާތީ ފިރިހެނުންގެ ދުވަސް އެއަށްވުރެ ކުރިއަށް ޖައްސައި ފެބްރުވަރީ މަހުގެ 23 އަށް ފިރިހެނުންގެ ދުވަސް ހަމަޖެއްސުމަށް ގޮވާލައެވެ. އެންމެ ފުރަތަމަ ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަހަކަށް ގޮވާލާ […]

ކޭޕާކް މަންޑޭގެ އަގުބޮޑު މުދާތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ހުޅުމާލޭގައި ހަދަމުން އަންނަ ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް އޮޅުވާލައިގެން ވިއްކައި އޭގެއިން ހޯދި ފައިސާއިން އެ ކުންފުނީގެ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ގަތް ކަމަށް ތުހުމަތުވާ އަގު ބޮޑު މުދާ އެއް އަހަރު ދުވަހަށް ހިފަހައްޓައިފިއެވެ. މުދާ ހިފަހައްޓާފައިވަނީ ހުޅުމާލެ ކޯޓުން ނެރުނު އަމުރެއްގެ ދަށުން ކަމަށް އެނގިފައިވެއެެވެ. ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި އަގު ބޮޑު ގަހަނާ އާއި ބްރޭންޑެޑް އަތްދަބަހާއި އަންނައުނުގެ އިތުރުން ހުޅުމާލޭގައި ހަދާފައިވާ ލަގްޒަރީ އެ ޕާޓްމަންޓް ކޮމްޕްލެކްސްއެފްޑަބްލިޔު ރެސިޑެންސް […]

ދިވެހި ރައްޔިތުން އަބަދުވެސް ދެމިތިބޭނީ ފަލަސްތީނާއެކު، ހައްގުތައް ހޯދަން ތާއީދު ކުރާނަން: ރައީސް ޑރ. މުއިއްޒު

ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ހޯދުމަށް ތާއީދުކުރައްވާނެ ކަމަށާއި ދިވެހި ރައްޔިތުން އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ފަލަސްތީނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވަލީދު އަބޫއަލީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް އޮފީހުގައި އިއްޔެ މެންދުރުފަހު އޮތް މިބައްދަލުކުރެއްވުމުގައި ފަލަސްތީނުގެ ސަފީރު ވަނީ ރައީސް މުއިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމާ […]

ސިފައިންގެ ހިދުމަތުން ލެފްޓިނެންޓު ޖެނެރަލް އަބްދުﷲ ޝަމާލު ރިޓަޔާ ކުރައްވައިފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި ލެފްޓިނަންޓް ޖެނެރަލް އަބްދުﷲ ޝަމާލް، ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފިއެވެ. ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަންނަވާ އެ މަގާމަށް އައްޔަންކުރައްވާފައިވަނީ މޭޖާ ޖެނަރަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން އަބްދުއްރަހީމް ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސްގެ މަގާމުގައެވެ. އެމްއެންޑީއެފުން ބުނިގޮތުގައި ސިފައިންގެ ހިދުމަތުން ޝަމާލް ރިޓަޔާވެ ވަޑައިގަތީ 35 އަހަރުގެ […]

ސަރުކާރުގެ ވުޒާރާތަކަށް ކިޔާނެ ދިވެހި ނަންތަކެއް ހަމަޖައްސައިފި

ވެރިކަމާ ހަވާލުވެވަޑައިގަންނަވާ، ސަރުކާރުގެ ވުޒާރާތަކަށް ކިޔާނެ ދިވެހި ނަންތަކެއް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ. ސަރުކާރުގެ 22 ވުޒާރާއެއް އޮތް އިރު އެ ވުޒާރާތަކަށް ކިޔާނެ ދިވެހި ނަންތައް ރައީސް އޮފީހުން ރޭ ވަނީ އާއްމުކޮށްފައެވެ. އެގޮތުން: މިނިސްޓްރީ އޮފް ޑިފެންސް - ދިފާއީ ވުޒާރާ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް - ހާރިޖީ ވުޒާރާ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ - ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ މިނިސްޓްރީ އޮފް ފިނޭންސް […]

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy

Design By INCODE