ސެޕްޓެމްބަރ 20, 2024 09:05

ފަސްވަގުތުގެ ބަންގި ގޮވާއަޑު އިވޭނެހެން ފަރުމާކޮށް މާފަންނު ގަޑިބުރު އަލުން ހުޅުވައިފި

ޒަމާނީ ފެންވަރަށް މަރާމާތު ކުރުމަށް ފަހު، ފަސް ވަގުތު ވެސް ބަންގީގެ އަޑު އިވޭނެހެން މާފަންނުކޮޅުގައި ހުންނަ ގަޑިބުރު ހުޅުވައިފިއެވެ. މިއީ ސިޓީ ކައުންސިލާއި ހައިނިއާ މޯލްޑިވްސް އާ އެކުގައި ގާއިމު ކުރި އެއްބަސްވުމުގެ ދަށުން ތަރައްގީ ކުރި ތަނެކެވެ. އަލުން ތަރައްގީ ކުރި ގަޑިބުރު އިފްތިތާހުކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒެވެ. މި ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ސާޖިދާ މުހައްމަދާއި ބައެއް ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސް ޑރ މުއިއްޒު ގަޑިބުރު އިފްތިތާހުކޮށް ދެއްވުމަށް […]

ދަތުރުގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެ

އައްޑޫ ސިޓީ ފަޅު ރަށަކަށް ދަތުރުގޮސް އުޅުނު ޒުވާނަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ އައްޑޫ ސިޓީ ހިތަދުއަށް އުފަން އުމުރުން 28 އަހަރުގެ އަހްމަދު މުހައްމަދު ނަމަކަށް ކިޔާ ޒުވާނެކެވެ. މިޒުވާނާ ދަތުރުގޮށް އުޅުނު އެއްރުއްހެރާ އަކީ ހިތަދޫ ލިންކްރޯޑަށް ނުކުންނައިރު ފެންނަން އޮންނަ ކުޑަކުޑަ ފަޅުރަށެކެވެ. ޒުވާނާ ދަތުރުދިޔައީ ރަހުމަތްތެރިންނާއި އާއިލާގެ މެންބަރުން ހިމެނޭ ގްރޫޕަކާއެކު އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ. ދަތުރުގޮސް އުޅުމުގެ ތެރޭގައި ދެ ފަހަރަކު އަހުމަދު ވެއްޓުނުކަމަށާއި އެހެންނަމަވެސް އެ ދެފަހަރުވެސް ރަނގަޅު ވި […]

ފްލެމިންގޯ އަނެއްކާވެސް ކުޅުދުއްފުށި ސިޓީއަށް

ފްލެމިންގޯ ނުވަތަ ގުޑުގުޑާ ދޫންޏަކީ ވަކި ދުވަސްވަރެއްގައި ހިޖުރަ ކުރާ ދޫނި ތަކެކެވެ. މި ދޫނިތައް މިދިޔަ އަހަރު ރާއްޖެ އައިސްފައިވަނީ ހޭ ނަކަތް ފެށުމާއެކު އޮކްޓޯބަރު މަސްތެރޭގައެވެ. އެދުވަސްވަރު މުޅި ސޯޝަލް މީޑިއާގައި ފަތު އަޑު ކިޔާފައިވަނީ ކުޅުދޫފުށި ސިޓީ ކުޅިއަށް އައި މި ރީތި ދޫނިތަކުގެ ފޮޓޯތަކުންނެވެ. އެދުވަހަށް ފަހު އިއްޔެގެ ވަގުތެއްގައި އަނެއްކާވެސް ފްލެމިންގޯ ބައިގަނޑެއް މިވަނީ ކުޅުދޫފުށި ސިޓީ ކުޅިއަށް ޒިޔާރަތްކޮށްފައެވެ. މިދޫނި ތަކުގެ ފޮޓޯ ނެގުމަށާއި މި ދޫނިތައް ދެކިލުމަށް […]

މެސީއަށްވުރެ ބެލޮންޑިއޯ ހައްގު އެހެން ކުޅުންތެރިއެއް ނެތް: އެމްބާޕޭ

ފްރާންސް ފުޓުބޯޅަ އިން ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލޮންޑިއޯ، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށްވުރެ ހައްގު އެހެން ކުޅުންތެރިއެއް ނެތްކަމަށް ފްރާންސްގެ ކީލިއަން އެމްބާޕޭ ބުނެފިއެވެ. ފްރާންސް ފުޓްބޯލް އިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑު މެސީ 8 ވަނަ ފަހަރަށް ހޯދީ މެންޗެސްޓާ ސިޓީގެ އާލިން ހާލަންޑް އާއި އެމްބާޕޭއާ ވާދަކޮށެވެ. މެސީ އަށް 462 ޕޮއިންޓް ލިބުނުއިރު، ހާލަންޑް އަށް […]

މޭޖާ ޖެނެރަލް އަބްދުއްރަހީމް، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަންކޮށްފި

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ކުރީގެ ވައިސް ޗީފް މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް އައްޔަން ކުރައްވައިފިއެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އަބްދުއް ރަހީމް އައްޔަންކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އޭނާއަށް މަގާމުގެ ފަތްކޮޅު ދެއްވީ މުހިއްމު މަގާމުތަކަށް ބޭފުޅުން އައްޔަންކުރެއްވުމަށް ރައީސް އޮފީހުގައި ރޭ ބޭއްވި ރަސްމިއްޔާތުގައެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން އަބްދުއްރަހީމް ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސްގެ މަގާމުގައެވެ. 1985 ވަނަ […]

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy

Design By INCODE