ސެޕްޓެމްބަރ 19, 2024 23:46

ރައީސް ޑރ މުއިއްޒުގެ ކެބިނެޓް ހުވާކުރައްވައިފި! ކެބިނެޓްގައި ހިމެނޭ ބޭފުޅުންގެ ވަނަވަރު!

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓް މަގާމުގެ ހުވާ ރައީސް އޮފީހުގައި ކުރައްވައިފިއެވެ. ޑރ. މުއިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއި އެބޭފުޅުންގެ ވަނަވަރު ތިރީގައި މިވަނީއެވެ. މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އާރބަން ޑިވެލޮޕްމެންޓް ޑރ. ޢަލީ ޙައިދަރު އަޙްމަދު ޕްލޭނިން ސްޓަޑީސްގެ ދާއިރާއިން ޕީއެޗްޑީ ޙާޞިލް ކުރައްވާފައިވާ ޑރ. ޢަލީ ޙައިދަރުވަނީ، އިނގިރޭސިވިލާތާ ޖަރުމަންވިލާތުން މަތީ ތަޢުލީމް ހާސިލް ކުރައްވާފައެވެ. އޭޝިއަން ޑިވޮލޮޕްމަންޓް ބޭންކްގައި ޚިދުމަތް ކުރެއްވިއެވެ. ޑިވޮލޮޕްމަންޓް ޕްލޭނިންގ ސްޕެޝަލިސްޓެއްގެ ގޮތުގައި އެމެރިކާގައިވެސް […]

ރައީސް ޑރ މުއިއްޒު ވާހަކަފުޅު ނިންމަވާލެއްވީ ގައުމީދިދައަށް ދެއްވި ލޯތްބާއި ގަދަރުގެ ބަސްފުޅުތަކަކުން!

ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށްފަހު ފުރަތަމަ ފަހަރަށް ގައުމާ މުހާތަބު ކުރައްވާ މުއިއްޒު ދެއްކެވި ވާހަކަފުޅު ގައުމީ އަސަރުން ފުރިގެންވި އިރު، އެ މަނިކުފާނުގެ ވާހަކަފުޅު ނިންމަވައިލައްވަމުން ދިވެހި ގައުމީ ދިދައާ މުހާތަބު ކުރައްވައިފިއެވެ. އެގޮތުން އެ ދިވެހި ދިދަ ދިވެހި ރައްޔިތުންނާ މުހާތަބު ކުރައްވާ ކަމަށާއި މިނިވަންކަމުގެ ދިދަކަން ފާހަގަކުރައްވައި އެކަން ދައްކައިދިނުމަށްޓަަކައި އަތްވާއި ވާރޭގައި ރެޔާއިދުވާލު އެ ދިދަ ވިހުރޭ ކަމަށާއި އެކަމުން ބުނެދެނީ މިނިވަންކަން ދެމެހެއްޓުމުގައި […]

އަންހެނުންނާއި ޒުވާނުން؛ ގައުމު ހިންގުމުގެއިންޖީނު ގައުމު ދެމިއޮތުމުގެކަތަކަ: ރައީސް ޑރ މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ތަޤުރީރުގައި ދިވެހި އަންހެނުންނާއި ޒުވާނުންނަކީ، ޤައުމު ހިންގުމުގެ އިންޖީނުކަމަށާއި، އެމީހުންނަކީ ޤައުމު ދެމިއޮތުމުގެ ހަކަތަކަމުގައި ސިފަކުރައްވައިފިއެވެ. އަދި، އަންހެނުންގެ ޙައްޤުތައް މި ސަރުކާރުން ރައްކާތެރިކޮށްދޭނެ ކަމަށާއި، ޒުވާނުންނާއި އަންހެނުންނަށް، އާމްދަނީ ލިބޭނެ މަގުތައް ތަނަވަސްކޮށްދީ، ސިޔާސީގޮތުން ބާރުވެރިކޮށްދީ، ޒުވާނުންގެ ހުނަރުވެރި އާ އީޖާދުތަކާއި އުފެއްދުންތަކުން ވިޔަފާރިކުރުމަށް، ޒަމާނީ ޓެކްނޯލޮޖީ މެދުވެރިކޮށް ދުނިޔެއާ ގުޅުވައިލާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މަސައްކަތްތެރިންނަކީ، ޤައުމެއް ބިނާކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ މޭސްތިރިންކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ […]

އިގްތިސާދަށް އަވަސް ފަރުވާއެއް ބޭނުން، އެކަމަށް މަގުފަހިވާނެ: ރައީސް ޑރ މުއިއްޒު

ރައްޖޭގެ އިގްތިސާދަށް ކުއްލި އަވަސް ފަރުވާއެއް ބޭނުންވެފައިވާ ކަމަށާއި ރާއްޖެއަށް އާމްދަނީ ހޯދޭނެ އަވަސް މަގުތަކެއް ބޭނުން ވެފައިވާ ކަމުގައި ރާއްޖޭގެ ރައީސްކަމުގެ ހުވާ މިއަދު ކުރެއްވި ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއެޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ޖުމުހޫރިއްޔާގެ 8 ވަނަ ރައީސްކަމުގެ ހުވާ މިއަދު ޖުމުހޫރީ މައިދާނުގައި ކުރެއްވުމަށްފަހުއެވެ. ރައީސް އާއި ނާއިބު ރައީސް ހުވާކުރެއްވުމަށް މިއަދު ޖުމުހޫރީ މައިދާނުގައި ބޭއްވުނު މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ރާއްޖެއަށް އަވަސް އާމްދަނީ […]

އަދުލުގެ އިންސާފަށް ދެނެއް ސަރުކާރުގެ ނުފޫޒު ނުފޯރާނެ: ރައީސް ޑރ މުއިއްޒު

އަދުލު އިންސާފުގެ ތެރެއަށް މީގެފަހުން ސަރުކާރުގެ ނުފޫޒު ވަނަ ނުދޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމާ އަލަށް ހަވާލުވެ ވަޑައިގެންނެވި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ޑރ.މުއިއްޒު މިހެން ވިދާޅުވެފައިވަނީ ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު ފުރަތަމަ ފަހަރަށް ރައްޔިތުންނާއި މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ޑރ.މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ޔަގީންކުރައްވަން ބޭނުންވަނީ ބާރުތަކުގެ މިނިވަންކަން ކަމަށާއި، ވަކިން ހާއްސަކޮށް އަދުލު އިންސާފުގެ ނިޒާމުގެ ތެރެއަށް ސަރުކާރުގެ ކުޑަވެސް ނުފޫޒެއް ވަންނާނެ ޖާގަ ނުދިނުން ކަމަށެވެ. "މީގެ މާނައަކީ […]

ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ ހުވާ، ހުސައިންމުހައްމަދު ލަތީފް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ ހުވާ، ހުސައިން މުހައްމަދު ލަތީފް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ ކަމުގެ މަގާމުގެ ހުވާ ކުރައްވާފައިވަނީ އެކަމަށްޓަކައި ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެމަނިކުފާނަށް މަގާމުގެ ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރެވެ.

ރާއްޖޭގެ ރައީސްކަމުގެ ހުވާ، ޑރ މުއިއްޒު ކުރައްވައިފި

ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސުލްޖުމުހޫރިއްޔާ ކަމުގެ ހުވާ ޑރ. މުހައްމަދު މުއިއްޒު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ހުވާ ކުރެއްވީ އެކަމަށްޓަކައި ހާއްސަ ކުރެވިގެން ޖުމުހޫރީ މައިދާނުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ޑރ. މުއިއްޒު ރައީސުލްޖުމުހޫރިއްޔާގެ މަގާމަށް ހޮވި ވަޑައިގެންނެވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަ ކުރައްވައި %55 ގެ އަޣްލަބިއްޔަތުންނެވެ. އިންތިހާބުގެ ދެވަނަ ބުރަށް ރައީސް އިބްރާހީމް […]

ފަލާހާ ކާމިޔާބަށް އެދެނީނަމަ ނަމާދުތަކަށް ރައްކާތެރިވާށެވެ

ނަމާދަކީ އަޅާއާއި އޭނާގެ ވެރިރަސްކަލާނގެއާއި ގުޅުވައިދޭ އެންމެ މުހިންމު އަޅުކަމަށް ވީއިރު ނަމާދުގެ މާތްކަމާއި މަތިވެރިކަން ނޭނގޭ މުސްލިމަކު ނުހުންނާނެއެވެ. ނަމާދަކީ އިސްލާމްދީނުގެ ދެވަނަ ރުކުނެވެ. އަދި ފަރުޟު ނަމާދުތައް އަދާކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. ނަމާދުގެ މުހިންމުކަން ކީރިތި ގުރުއާނުންނާއި ރަސޫލާ (ޞޢޥ) ގެ ހަދީޘްފުޅުތަކުން ވެސް ހާމަ ވެގެންދެއެވެ.ﷲ  ރުއްސުންލެއްވި އަބްދުﷲ ބުން މަސްއޫދު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަރިހުން ރިވާ ކުރައްވާފައިވެއެވެ.  قال : سألت رسول […]

ޑިޕްރެޝަން: ހީކުރާ ވަރަށް ވުރެ މާ ނުރައްކާތެރި ބައްޔެއް!

ދުނިޔޭގެ ދިރިއުޅުމުގައި ހިތާމަތަކާއި ދަތި އުނދަގޫ އެތައް ކަމަކާ ކުރިމަތިލާން ޖެހެއެވެ. ހިތްދަތިވާ ވަގުތުތަކުގައި ނަފްސު ކެތްތެރިކުރުވައި ތިމާގެ އިހުސާސްތައް ހަމައިންނެޓިގެން ދިޔަނުދީ ހިފަހައްޓައިލަން އެނގެނީ ބައެއް މީހުންނަށެވެ. އަނެއްބަޔަކަށް މިފަދަ ކަންބޮޑުވުން ތަކަކީ ބޮޑު ބައްޔަކަށް ވެގެން ދެއެވެ. މުޖުތަމައުގައި ވަކި ހިއްޕާލާފައިވާ ބޮޑު ވަބާއަކަށް މިކަން ވެފައިވާ އިރުވެސް ގިނަ މީހުންގެ ނަޒަރުގައި ޑިޕްރެޝަނަކީ ކަންބޮޑުވާންޖެހޭ ކަމެއް ނޫނެވެ. އަދި އެފަދަ މީހުންނަކީ ވަރަށް ފިނޑި ބަޔަކު ކަމުގައިބުނެ 'ލޭބަލް' ވެސް ކޮށް އުޅެއެވެ. […]

އިންތިހާބީ ރައީސް ޑރ. މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު ބައިވެރިވެވަޑައިގަންނަވާނެ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތުގައި، ނިމިގެން މިދާ ސަރުކާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާނެކަން އެނގިއްޖެއެވެ. ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވިގޮތުގައި، މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބާއްވާ ދިވެހި ޖުމްހޫރިއްޔާގެ އަށް ވަނަ ރައީސް ޑރ. މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތައް ރައްޔިތުންގެ މަޖިލީހުން ފޮނުވާފައިވާ ދައުވަތު ރައީސް ސޯލިހު ވަނީ ގަބޫލު ކުރައްވައިފައެވެ. ރައީސް ޑރ. މުޢިއްޒުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު 4:45 […]

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy

Design By INCODE