ސެޕްޓެމްބަރ 20, 2024 06:31

މިދިޔަ މަހު ޖުމުލަ 159،141 ފަތުރުވެރިން ރާއްޖެ އައިސްފައިވޭ!

މިދިޔަ އޮކްޓޫބަރު މަހު ޖުމުލަ 159،141 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. އޮކްޓޫބަރު މަހު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ޗައިނާއިންނެވެ. އެއީ 17،406 ޓޫރިސްޓުންނެވެ. ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ރަޝިއާއިންނެވެ. އެއީ 17،032 ފަތުރުވެރިންނެވެ. 15،973 ފަތުރުވެރިންނާއެކު ތިންވަނައިގައި ޖަރުމަނު އޮތް އިރު ހަތަރުވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އަވައްޓެރި އިންޑިއާއިންނެވެ. އެއީ 14،664 ފަތުރުވެރިންނެވެ. އޮކްޓޫބަރު މަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ […]

ދަރިފުޅަށް ދެއަހަރު ވަންދެން ވަޒީފާ އަދާކުރުމަށް މައިންނަށް ލުއި ގޮތްތަކެއް ހަމަޖައްސައިދެނީ

ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރެއިން ޅަދަރިމައިންނަށް ވަޒީފާ އަދާކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދާ ދިނުމަށް ދިވެހި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމައިފިއެވެ. އެ ކޮމިޝަނުން މިއަދު ސަރުކާރުގެ އޮފީސްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ ޅަދަރިމައިވުމުގެ ސަބަބުން ކަނޑައެޅިފައިވާ ގަޑިތަކަށް އޮފީހަށް ނުކުމެ އުޅުމުގައި ދަތި އުނދަގޫވާ މުވައްޒަފުންނަށް "ފްލެކްސިބަލްކޮށް" މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސިވިލް ސާވިސް އިދާރާތަކުގެ މެދުގައި ހަމަހަމަ އުސޫލަކުން އަމަލުކުރުމަށް ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން، އެފަދަ މުވައްޒަފުންނަށް ފްލެކްސިބަލްކޮށް […]

ޑރ މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތަށް އަބްދުﷲއަފީފްގެ ދަރިކަލުން، ސީޝެލްސްގެ ނައިބުރައީސް ވަޑައިގެންފި

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، މާދަމާ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް، އަބްދުﷲ އަފީފުގެ ދަރިކަލުން، ސީޝެލްސްގެ ނައިބު ރައީސް އަހްމަދު އަފީފު ރާއްޖެ ވަޑައިގެންފިއެވެ. ސީޝަލްސްގެ ނައިބު ރައީސް ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންތިހާބީ ރައީސް މުއިއްޒުގެ އޮފީހުގެ ފަރާތުން ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. މޫސާ ޒަމީރަކީ މުއިއްޒުގެ ސަރުކާރުގައި ފޮރިން މިނިސްޓަރެވެ. އަހުމަދު އަފީފަކީ ދިވެހި ދައުލަތާ […]

މާދަމާރޭ މާލޭގައި ހަވާ އަރުވާނެ

މާލޭގައި މާދަމާ ރޭ ހަވާ އަރުވަން ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. އެމްއެންޑީއެފް އިން ވިދާޅުވީ މުއިއްޒުގެ ހުވާ ކުރުމުގެ ރަސްމިއްޔާތާ ގުޅިގެން މާދަމާރޭ ހަވާ އަރުވަން ހަމަޖެހިފައިވާ ކަމަށާއި، ހަވާ އެރުވުން އޮންނާނީ މާދަމާރޭ 9:00 ގައި އިއްޒުއްދީން ފާލަމާ ދިމާލުން ކަނޑުގެ ސަރަހައްދުގައި ކަމަށެވެ. އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމުގެ ޖަލްސާ އޮންނާނީ މާދަމާ ހަވީރު 16:45 ގައި ޖުމްހޫރީ މައިދާނުގައެވެ. ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާން ތައްޔާރުކުރުމުގެ މަސައްކަތް މިހާރު […]

ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅައިފި

މި އަހަރުގެ ބާކީ އޮތްތަނުގެ ހަރަދު ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހުގެ ބަޖެޓް ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. މި އަހަރަށް ލަފާކޮށް ފާސްކޮށްފައިވަނީ 42.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި 6.5 ބިލިއަން ރުފިޔާއާއި އެކު މިއަހަރުގެ ދައުލަތުގެ ބަޖެޓު 49.4 ބިލިއަން ރުފިޔާ އަށް އިތުރުވާނެއެވެ. ސަޕްލިމެންޓަރީ ބަޖެޓް ފާސް ކޮށްފައިވަނީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. ސަޕްލިމެންޓްރީ ބަޖެޓު މަޖިލިހަށް ހުށަހަޅުއްވައި ދެއްވަމުން ފިނޭންސް […]

ޑރ މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތުގައި ޔާމީން ބައިވެރިވެވަޑައިނުގަންނަވާ

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގަތުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ނިންމަވައިފިއެވެ. މުއިއްޒު ހުވާ ކުރައްވާ ރަސްމިއްޔާތުގައި ޔާމީން ބައިވެރިވެވަޑައިނުގަތުމަށް ނިންމެވީ މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރުއްޔާގެ ނައިބު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ޔާމީނަށް ދައުވަތު ފޮނުއްވާފައި ވަނިކޮށެވެ. މިކަން ހާމަކުރެއްވީރައީސް ޔާމީންގެ ވަކީލުންގެ ޓީމުންނެވެ. ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ވިދާޅުވީ ރަސްމިއްޔާތަށް ދައުވަތު […]

ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރި ނުވާން ރައީސް ޔާމީން ނިންމަވައިފި

އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެ ވަޑައިނުގަންނަވަން ނިންމަވައިފިއެވެ. މާދަމާ ހަވީރު 4:45 ގައި ޖުމްހޫރީ މައިދާނުގައި އޮންނަ މި ޖަލްސާއަށް ވަޑައިގަތުމަށް މަޖިލީހުގެ އިދާރާއިން ރައީސް ޔާމީނަށް ވަނީ ދައުވަތު އަރުވާފައެވެ. އެހެންނަމަވެސް ރައީސް ޔާމީން މި ރަސްމިއްޔާތަށް ވަޑައިގަތުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ހުއްދައަށް އެދިވަޑައިގެންފައެއް ނުވެއެވެ. ޔާމީނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް ވިދާޅުވީ އެ ޖަލްސާގައި ޔާމީނު ބައިވެރިވެ ވަޑައިނުގަންނަވަނީ ޖިނާއީ […]

އަންނަ ޖެނުއަރީ އިން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރަން އާ އޮނިގަނޑެއް އެކުލަވާލައިފި

ފުލުހުންނާއި ސިފައިންގެ މުސާރަ ޖެނުއަރީ މަހުން ފެށިގެން ބޮޑުކުރުމަށް ޕޭ ކޮމިޝަނުން މުސާރައިގެ އޮނިގަނޑު އެކުލަވާލައި އެ އިދާރާތަކަށް ފޮނުވާފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ. ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑު ކޮށްދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވައުދުވެވަޑައިގެންނެވީ ފުލުހުންގެ ހިދުމަތަށް 90 އަހަރު ފުރުން ފާހަގަކުރަން މި އަހަރުގެ އޭޕްރީލް 29 ގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސަލާމަތީ ބާރުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަކީ މިދިޔަ ސެޕްޓެމްބަރު […]

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy

Design By INCODE