ސެޕްޓެމްބަރ 20, 2024 06:37

މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭ އައިވީއެފް ފަރުވާއަށް އާސަންދަ ދޭން ހިމަނައިފި

އަންނަ ހުކުރު ދުވަހު ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގަންނަވާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ ކަންކަމުގެ ތެރޭގައި ދަރިމައި ނުވާ އަންހެނުންނަށް އައިވީއެފް ފަރުވާ ދިނުމަށް އާސަންދަ ދިނުން ހިމަނައިފިއެވެ. މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އިފްތިތާހުކޮށްފައިވާ "ހަފްތާ 14" މަގު ޗާޓުގައި އަށް ދާއިރާއެއް ހިމެނޭއިރު ދަރިމައިވުމުގެ އިތުރުން އެކަމާ ގުޅުން ހުރި އެހެނިހެން ފަރުވާ ވެސް އާސަންދައިގެ ތެރެއިން ލިބޭނެ އިންތިޒާމު ހަމަޖައްސާނެކަމަށް އިންތިހާބީ ރައީސްގެ މެނިފެސްޓޯގައި […]

ޑރ. މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން އިފްތިތާހުކޮށްފި

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން އިފްތިތާހު ކުރައްވައިފިއެެވެ. އިންތިޚާބީ ރައީސް ދާދި ފަހުން ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރެއްގައި ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށާއި ރައްޔިތުންނަށް ހިދުމަތްކުރަން ނުކުންނަ މީހަކު ފޮރުވަން ޖެހޭ ކަމެއް އޮވެގެން ނުވާނެ ކަމަށެވެ. މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ކެމްޕޭންގެ އެންމެ ފުރަތަމަ ދުވަހު ދެއްކި ވާހަކައިން ފެށިގެން މިއަދާއި ހަމައަށް ދެއްކި ހުރިހާ ވާހަކައެއް ވެސް ދިމާވާނެ ކަމަށާއި […]

އޮންލައިންކޮށް ކައިވެންޏާ ގުޅޭ ފޯމުތައް ހުށަހެޅޭ ކައިވެނި ޕޯޓަލް ތައާރަފްކޮށްފި

އޮންލައިންކޮށް ކައިވެންޏާ ގުޅޭ ފޯމުތައް ހުށަހެޅޭ ކައިވެނި ޕޯޓަލް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ތައާރަފްކޮށްފި އެވެ. ޑީޖޭއޭއިން ޔޫއެންޑީޕީ އާއި ބްރިޓިޝް ހައި ކޮމިޝަނާ ގުޅިގެން ފަރުމާކުރި މި ޕޯޓަލް ލޯންޗުކޮށްދެއްވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނެވެ. "ކާވެނި ޕޯޓަލް" ނަމުގައި ތައާރަފްކުރި މި ޕޯޓަލް އިން ކައިވެންޏާ ގުޅުންހުރި ކަންކަން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، އާންމުންނަށް ފަސޭހަކުރުމުގެ މަގްސަދުގައި ފަރުމާކޮށްފައިވާ ޕޯޓަލްއެއް ކަމަށް ޑީޖޭއޭއިން ބުންޏެވެ. މިއަދު ބޭނުން ކުރަން ފެށި މި ޕޯޓަލްގެ ފުރަތަމަ […]

ފުލުހުންގެ ޓިވް ރޭންކުގެ ފުރަތަމަ އަންހެން އޮފިސަރަކަށް ނަޝްވާ

ފުލުހުންގެ އެގްޒެކެޓިވް ރޭންކުގެ ފުރަތަމަ އަންހެން އޮފިސަރަކަށް ކުރިން ސުޕަރއިންޓެންޑެންޓުގެ މަގާމުގައި ހުންނެވި ފާތުމަތު ނަޝްވާ ޕްރޮމޯޓް ވެއްޖެއެވެ. މިއީ މިމަގާމަށް ފުރަތަމަ ފަހަަރަށް އަންހެން ބޭފުޅަކު ޕްރޮމޯޓު ވީ ފަހަރެވެ. ޗީފް ސުޕަރއިންޓެންޑެންޓުގެ މަގާމަށް ޕްރޮމޯޓް ކުރި ނަޝްވާ ވަނީ 2020 ވަނަ އަހަރު އަޕާ ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރުކަން ކުރައްވާފައެވެ. ތައުލީމް ހާސިލް ކުރެއްވީ ޔުނިވާސިޓީ އޮފް ސަދަން ކުއީންސްލޭންޑުގައި ޕަބްލިކް ރިލޭޝަންސް އިން ފުރަތަމަ ޑިގްރީ އަދި ފެޑެރޭޝަން ޔުނިވާސިޓީ އޮސްޓްރޭލިއާއިން […]

'ގެދޮރުވެރިޔާ' ސްކީމުގެ ފްލެޓުތަކުގެ ކުލި ކަނޑައަޅާ އިއުލާންކޮށްފި

'ގެދޮރުވެރިޔާ' ސްކީމުގެ ފްލެޓުތަކުގެ ކުލި ކަނޑައަޅާ މިއަދު އިއުލާންކޮށްފި އެވެ. ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް މިރޭ އިއުލާން ކުރިއިރު އެ އިއުލާނުގައި ވަނީ އެ ފްލެޓްތަކުގެ ކުލި ކަނޑައަޅާފައިވާ އަދަދުތައް ވެސް އާާންމުކޮށްފަ އެވެ. ޕްލޭނިން މިނިސްޓްރީން އެ އިއުލާނުގައި ހާމަކޮށްފައިވާ ގޮތުފގައު 3 ކޮޓަރީގެ ފުލެޓްގެ މަހު ކުއްޔަކީ 7،000ރުފިޔާ ކަމަށްވާއިރު، މަރާމާތު ފީގެ ގޮތުގައި މަހަކު 1،000ރުފިޔާއާ އެކު ކުއްޔަކީ ޖުމްލަ 8،000 ރުފިޔާއެވެ. 2 ކޮޓަރީގެ މަހު ކުއްޔަށް 5،000ރުފިޔާ […]

އިންތިހާބީ ރައީސް ހުވާކުރެއްވުން: ހުކުރުދުވަހު ހަވީރު 4:45 ގައި!

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ ހުކުރު ދުވަހު ހަވީރު 4:45 ގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ. މަޖިލިސް އިދާރާއިން ބުނީ ހުވާ ކުރުމުގެ ރަސްމިއްޔާތަށް 3500 އެއްހާ މީހުންނަށް ދައުވަތު ދޭނެ ކަމަށާއި އޭގެ ތެރޭގައި ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ވެރިން ވެސް ހިމެނޭ ކަމަށެވެ. ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުމްހޫރީ […]

ޑރ މުޢިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ބައިޑަންގެ ހާއްސަޓީމެއް

އަންނަ ހުކުރު ދުވަހު ރާއްޖޭގެ ރައީސްކަމާއި ހަވާލުވެވަޑައިގަންނަވާ ޑރ. މުއިއްޒުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ފަރާތްޕުޅުން ޚާއްސަ ވަފުދެއް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. އެމެރިކާގެ ވައިޓްހައުސްއިން ބުނެފައިވާ ގޮތުގައި އެ ވަފްދުގައި ހިމެނިވަޑައިގަންނަވަނީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ހޫގޯ ޔޮން އާއި، ސްޕެޝަލް އެސިސްޓެންޓް ޓު ދި ޕްރެޒިޑެންޓް އެންޑް ސީނިއާ ޑިރެކްޓާ ފޯ ކްލައިމެޓް އެންޑް އެނާޖީ، ނެޝަނަލް ސެކިއުރިޓީ، ސާރާ ލެޑިސްލޯއެވެ. މިވަފްދުގައި އެންމެ އިސް ބޭފުޅެއްގެ ގޮތުގައި […]

މުއިއްޒު އެދިލައްވަނީ ނަމާދަށް ހުރަސް ނޭޅޭ ގޮތަށް ހުވާކުރުން އިންތިޒާމް ކޮށްދޭން

ކުރިއަށް އޮތް ދައުރުގެ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ އެންމެހާ އިންތިޒާމްތައްވެސް އިސްލާމީ މަރުކަޒުގެ އެއްވެސް ބައެއް ނަމާދުކުރުމަށް ބޭނުން ކުރުމުގައި ދަތިނުވާގޮތަށް ހަމަޖައްސަވައި ދެއްވުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަަދު މުއިއްޒު އެދިވަޑައިގެންފިއެވެ. ޑރ މުއިއްޒު މިފަދައިން އެދިވަޑައިގެންނެވީ އިސްލާމިކް މިނިސްޓްރީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި، ހުކުރުދުވަހު އަސުރުނަމާދާއި އަދި މަޢުރިބް ނަމާދަށްދާ މީހުން އެ މިސްކިތުގެ ދެކުނުފަރާތް ބޭނުން ކުރުމަށް އެންގުމާ ގުޅިގެންނެވެ. އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ޖުމުހޫރީ މައިދާނުގައި ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާތީ […]

ރިޓަޔަރ ކުރައްވަމުން ސީޕީ ހަމީދު ފުލުހުންގެ ގަދަރާއި ޝަރަފު ނެގެހެއްޓެމަށް އިލްތިމާސްކުރައްވައިފި

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ފުލުހުންގެ ޚިދުމަތުުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވަމުން، ފުލުހުންގެ ގަދަރާއި ޝަރަފް ދެމެހެއްޓުމަށް އިލްތިމާސްކުރައްވައިފިއެވެ. ސީޕީހަމީދު ރިޓަޔަ ކުރައްވަން މިއަދު އިސްކަންދަރު ބިލްޑިންގ ގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އެވެ. މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދު، ދިވެހިރާއްޖޭގައި ތިއްބަވާ އެކި ގައުމުތަކުގެ ޑިޕްލޮމެޓުން، […]

ފުލުހުންނަށް ރޭ ދިނީ ކުރިން ދިނުމަށް ހަމަޖައްސާފައިވާ ޕްރޮމޯޝަންތަކެއް: ފުލުހުންގެ އިދާރާ

އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަން ނިމުމަށް ބާކީ 2 ދުވަހަށް ވެފައި ވަނިކޮށް ގިނަ އަދަދެއްގެ ފުލުހުންތަކަކަށް ދިން ޕްރޮމޯޝަންތަކަކީ މިއަހަރު އޭޕްރީލް މަހު ދިނުމަށް ހަމަޖެހިފައިވާ ޕްރޮމޯޝަންތަކެއް ކަމަށް ފުލުހުންގެ އިދާރާ އިން ބުނެފިއެވެ. މިކަމާ ގުޅިގެން ފުލުހުންގެ އިދާރާއިން އިތުރަށް ބުނީ އޭޕްރިލް މަހު ޕްރޮމޯޝަންތައް ހަވާލު ނުކުރީ އިންތިހާބާއި ކައިރިވެފައި އޮތުމުން ނޭދެވޭ ތަސައްވަރު ތަކެއް އުފެދިދާނެތީކަމަށެވެ. މި ޕްރޮމޯޝަންތައް ދީފައިމިވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިކަން މަޑު ޖައްސާލަން […]

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy

Design By INCODE