ސެޕްޓެމްބަރ 20, 2024 05:50

މިރޭ 9:00 ޖަހާއިރު ފަލަސްތީނަށްޓަކައި ދިދައެއް ހިފައިގެން ދޮރާށިދޮށަށް ނުކުންނަން ހިނގާ!

ފަލަސްތީނުގެ މުސްލިމުންނަށްޓަކައި މިރޭ ނުވައެއް ޖަހާއިރު ކޮންމެ ބަޔަކުވެސް އެބަޔަކު އުޅޭ ގޭގެ ދޮރުމައްޗަށް ފަލަސްތީނުގެ ދިދައެއް ހިފައިގެން ނުކުތުމަށް އެދި ދިވެހި ޒުވާނުންތަކެއް ދައުވަތު ދީފިއެވެ. "މިހެން" އަށް ކިޔައިދެމުން މިޒުވާނުން ބުނީ އުންމީދަކީ މިރޭ ވީހާވެސް ގިނަބަޔަކު ފަލަސްތީނަށްޓަކައި ނުކުތުން ކަމަށް ބުންޏެވެ. ފަލަސްތީނަށްޓަކައި އަޑުއުފުލުމަށް، އަދިވެސް ދިވެހިން މިތިބީ ފަލަސްތީނާއެކުގައި ކަން ހާމަކޮށް ޔަގީން ކޮށް ދިނުމަށްޓަކައި ވިސްނައި ނިންމުމަށްފަހު ދިވެހިންނަށް ދިން ދައުވަތެއް ކަމަށްވެސް އެޒުވާނުން ބުންޏެވެ. ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް، […]

މޯލްޑިވިއަންގެ ފްލައިޓެއްގައި ކާގޯ ވެހިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

ފުވައްމުލަކު އެއާޕޯޓުގައި އޮތް މޯލްޑިވިއަންގެ ފުލައިޓެއްގައި ކާގޯ ވެހިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. މިއަދު ހަވީރުގެ ވަގުތެއްގައި ހިނގާދިޔަ މި އެކްސިޑެންޓުގައި ކާގޯ ވެހިކަލް ދުއްވަން އިން މުވައްޒަފަށް ވަނީ އަނިޔާ ވެފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އަނިޔާ ލިބިފައިވަނީ 24 އަހަރުގެ ފިރިހެނަކަށެވެ. އަދި މި ހާދިސާ ހިނގާ ދިއުމުގެ ސަބަބުން ފްލައިޓަށް އަރަން ތައްޔާރަށް ތިބި ޕަސިންޖަރުން ވަނީ ބޯޑިން އޭރިޔާގައި މަޑު ކުރުވާފައެވެ. މި ހާދިސާއާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ މީޑިއާ […]

ހަތިޔާރެއް ފެނިގެން ލަންކާ އެއާޕޯޓުން ހައްޔަރު ކުރި ދިވެހި މީހާ ދޫކޮށްލައިފި

ސްރީލަންކާގެ މައި އެއާޕޯޓު ކަމުގައިވާ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓް (ބީއައިއޭ) އިން ފިސްތޯލައެއް ފަދަ އެއްޗެއް ފެނިގެން ރޭ ހައްޔަރު ކުރި ދިވެހި މީހާ ދޫކޮށްލައިފިއެވެ. އުމުރުން 58 އަހަރުގެ މި ދިވެހި ފިރިހެނާ ހައްޔަރު ކޮށްފައިވަނީ އެއާޕޯޓުގެ ޑިޕާޗާ ހޯލަށް ވަނުމުގެ ކުރިން ލަގެޖު ސްކޭން ކުރުމުގެ ތެރޭގައި ކަމަށް ލަންކާގެ ފުލުހުންނާއި ހަވާލާދީ އެ ގައުމުގެ ނޫސްތަކުގައި ވަނީ ރިޕޯޓު ކޮށްފައެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ހައްޔަރުކުރި މީހާ ފުލުހުންގެ ބަންދުން […]

އީވާއާއި އަފީފަށް ނަޝީދުގެ މައްސަލަތަކުގެ ރިޔާސަތު ނުބެލެހެއްޓޭ ގޮތް ހަދަން އަންގައިފި

ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމުން މުހައްމަދު ނަޝީދު ވަކިކުރަން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ އެޖެންޑާ ކުރާ މަޖިލިސް ޖަލްސާތަކުގެ ރިޔާސަތު މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ އާއި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފަށް ނުބެލެހެއްޓޭނެ ގޮތް ހަދަން، މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ފާސްކޮށް އެކަން އާއްމު ކޮމިޓީއަށް އަންގައިފިއެވެ. މިއަދު ހެނދުނު ބޭއްވި މަޖިލިސް ރައީސް ނަޝީދުގެ މައްސަލައިގައި އަފީފު، މަޖިލިސް ގަވާއިދާ ހިލާފުކަމަށް ވިދާޅުވެ ޖަލްސާ ނިންމަވައިލެއްވުމަށްފަހު އަދުގެ ދެވަނަ ޖަލްސާގައި އީވާ […]

އީވާއާއި އަފީފު މަޖިލިހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އާއި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް އިމްތިޔާޒާއި ސުލޫކު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. އީވާ އާއި އަފީފްގެ އިމްތިޔާޒުގެ މައްސަލައެއް އިމްތިޔާޒު ކޮމިޓީން ބަލަން ފެށީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ހުށަހަޅާފައިވާ ގަރާރު އޮތީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ އެއްގޮތަށް ނޫންކަމަށްބުނެ އެ ގަވާއިދު ބޭރުކޮށްލުމާއި ގުޅިގެންނެވެ. ހަސަން އަފީފު ރިޔާސަތާ ހަވާލުވެ، މިއަދުގެ މަޖިލިސް ފެށުމާއެކު، މަޖިލީހުގެ ރައީސް […]

އެންމެ މޮޅު ފެތުންތެރިންނަށް ރިހާނާއި ސައުސަން

ބީއެމްއެލް ގައުމީ 47 ވަނަ ފެތުމުގެ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ގައުމީ ފެތުމުގެ މުބާރާތް ކުރިއަށް ގެންދިޔައީ މިމަހުގެ ދެވަނަ ދުވަހުން ފެށިގެން މިދިޔަ ހަފުތާގެ ނިޔަލަށް ހުޅުމާލޭ ސްވިމިން ޕޫލުގައެވެ. މުބާރާތް ނިމި ރަސްމިއްޔާތުގައި ފެތުންތެރިންނަށް ތަށްޓާ އިނާމު ދިނުން އޮތީ ހުޅުމާލޭ ޕޫލްގައި ބޭއްވި ހާއްސަ އެވޯޑު ހަފުލާއެއްގައެވެ ފެތުންތެރިންނަށް އިނާމާއި ތަށި ހަވާލުކޮށްދެއްވީ ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފް ސްޓެރެޓެޖީ އެންޑް ޗޭންޖް މޫސާ މުންސިފް އަހުމަދު އަދި ބޭންކް އޮފް […]

އެންމެ ފަހުން ނަޝީދުގެ މައްސަލަ މަޖިލީހުންވެސް ޖެހުނީ ބޭރުކޮށްލަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ހުށަހަޅާފައިވާ ގަރާރު އޮތީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ އެއްގޮތަށް ނޫންކަމަށްބުނެ އެ ގަވައިދު ބޭރުކޮށްލައިފިއެވެ. މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވީ ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފްއެވެ. ހަސަން އަފީފު ރިޔާސަތާ ހަވާލުވެ، މަޖިލިސް ފެށުމާއެކު، ދަ ޑިމިކޮކްރެޓްސްގެ ފަރާތުން، އަލީ އާޒިމް ނެންގެވީ ނިޒާމީ މައްސަލައެއް، މަޖިލީހަށް ހުށަހަޅާފައިވަނީ ގަރާރެއްތޯ ނުވަތަ ބިލެއްތޯ ނުވަތަ ކުއްލި މައްސަލައެއްތޯ ސާފު ކުރުމަށް ހުށަހެޅިއެވެ. އަދި އޭގެ ފަހުން […]

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy

Design By INCODE