ކޮލަމް އިރުވައި: މިނިވަންކަމުގެ ދިފާޢުގައި ދިވެހީން (1)
ތާރީޚުން ހެކި ލިބޭ ގޮތުގައި ދިވެހިރާއްޖެ އަކީ އެންމެ އިހުއްސުރެ މިނިވަން މުސްތަޤިއްލު ޤައުމެކެވެ. ދިވެހި ރާއްޖޭގައި އޮތީ ޒަމާނުއްސުރެ އަމިއްލަވަންތަ ސިފަތަކެއް އޮތް އަމިއްލަ ވެރިކަމެކެވެ. ޤަދީމީ ޒަމާނުން ފެށިގެން މިއަދާ ހަމައަށްވެސް މިކަން އޮތީ މިހެންނެވެ. ނަމަވެސް، ޒަމާނުގައި ޖެހޭ ނުކިއްސަރު އެކި އޮއިވަރުތަކުގައި މި ދިވެހިރާއްޖެ ވެސް ޖެހުނެވެ. އަޅުވެތިކަމާއި އަތްގަދަ ކުރުންތައް ދިވެހިން ވެސް ތަޖުރިބާކުރަން ޖެހުނެވެ. އެހެނަސް، މިއިން ކޮންމެ ފަހަރެއްގައި ވެސް، މިނިވަންކަމުގެ ދިފާޢުގައި ދިވެހީން ވަނީ ތެދުވެފައެވެ. […]