ސެޕްޓެމްބަރ 20, 2024 04:11

ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރުމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް މަގޫދޫގައި

ފާއިޒާ ޙުސައިން
ޖެނުއަރީ 29, 2024
އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކުން ސްކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި އާންމު ރައްޔިތުން ރައްކާތެރިކުރުވުމަށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފ. މަގޫދޫގައި ކުރިއަށް ގެންގޮސްފިއެވެ.
އެ ޕްރޮގްރާމްގެ ތެރެއިން، މަގޫދޫ ސްކޫލު ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ސެޝަނުގައި އިންޓަނެޓް މެދުވެރިކޮށް ފުރާވަރުގެ ކުދިންނަށް އަމާޒުކޮށް ހިންގާ ތަފާތު އެކިކަހަލަ ކުށްތަކާއި އެފަދަ ކަންކަމުން ރައްކާތެރިވާނެ ގޮތްތައް ބުނެދީފައިވެއެވެ. އަދި ސޯޝަލް މީޑީއާ ބޭނުންކުރުމުގައި ދަރިވަރުން ސަމާލުކަންދޭންޖެހޭ ކަންކަން ބުނެދީފައިވެއެވެ. އަދި އިންޓަނެޓުން ބައްދަލުވާ ގޮތް ނޭނގޭ މީހުންނާ ވާހަކަ ނުދެއްކުމަށާއި ޒާތީ އެއްވެސް މައުލޫތެއް އެފަދަ މީހުންނާ ހިއްސާނުކުރުމަށާއި އިންޓަނެޓް މެދުވެރިކޮށް އެއްވެސް ކަމެއް ދިމާވެއްޖެނަމަ އެކަމެއް ސިއްރުނުކޮށް ބެލެނިވެރިންނާ ހިއްސާކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

ބެލެނިވެރިންނާއި ސަރުކާރު އިދާރާތަކުގެ މުވައްޒަފުންނާއި އާންމު ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ ސެޝަނުގައި އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިވެތިބުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތުދީފައިވެއެވެ. އަދި ދަރިން އިންޓަނެޓު ބޭނުންކުރާއިރު ބެލެނިވެރިން ސަމާލުކަންދޭންޖެހޭ ކަންކަން ބުނެދީފައިވެއެވެ. އަދި މަކަރާއި ހީލަތުން ފައިސާއާއި މުދާ ހޯދުމުގެ މައްސަލަތަކުން ރައްކާތެރިވެތިބުމަށް ވެސް މައުލޫމާތު ދީފައިވެއެވެ. އަދި އޯޓީޕީ ކޯޑާއި ކޭޝްކާޑުގެ މައުލޫމާތު އެއްވެސް މީހަކާ ހިއްސާނުކުރުމަށާއި ރައްކާތެރިކަމާއެކު އިންޓަނެޓް ބޭނުންކުރާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުވާލައި މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މި ހިނގާ ޖަނަވަރީ މަހުގެ 27 އަދި 28 ވަނަ ދުވަހު މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ މަގޫދޫ ޕޮލިހާއި ސައިބަރ ޕޮލިސިންގ ސެންޓަރު އަދި މަގޫދޫ ކައުންސިލާއި ސްކޫލު ގުޅިގެންނެވެ.

 

މި ލިޔުމާ ގުޅޭ

Registration No: 2336/2023, Republic of Maldives, Phone: +960 9676676, news@mihen.mv, Copyright © 2023 Mihen, Terms and conditions. Privacy Policy