މާލެއިން ގެއްލިގެން ހޯދަމުންދިޔަ މީހަކު މަރުވެފައި އޮތް ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވީ މަރުވެފައި އޮތް ފެނުނީ މާލެއަށް ޑޮކްޓަރަށް ދައްކަން އައިސް އުޅުނު 67 އަހަރު ދިވެހި ފިރިހެނެއް ކަމަށެވެ. އެ މީހާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ގެއްލިގެން ރިޕޯޓްކުރުމާއި ގުޅިގެން އެނާ ހުރި ގެއަށް ގޮސް ފުލުހުން ބެލިބެލުމުން ކަމަށެވެ.
ފުލުހުން ބުބުނީ މި މީހާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 8:50 ހާއިރުކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮތް މީހާ ފެނުނީ ކުރިކީލަމަގުގައި ހުރި ގެއަކުންނެވެ.
ފުލުހުން ބުނީ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
ޓެގް: ހަބަރު